ފުރަތަމަ ސަފްޙާ / ޚަބަރު / މެސީގެ ތާރީހީ ހެޓްރިކާއެކު ރޮނާލްޑޯގެ ސަޕޯޓަރުން ޕްރެޝަރަށް، މިރޭ ވާނީ ކިހިނެއް؟
މެސީގެ ތާރީހީ ހެޓްރިކާއެކު ރޮނާލްޑޯގެ ސަޕޯޓަރުން ޕްރެޝަރަށް، މިރޭ ވާނީ ކިހިނެއް؟
އަލްޖީރިއާ ކޮޅަށް ގޯލު ޖެހުމަށް ފަހު މެސީ އުފާފާޅުކުރަނީ. މެޗުގައި މެސީ ހެޓްރިކް ހެދި

މެސީގެ ތާރީހީ ހެޓްރިކާއެކު ރޮނާލްޑޯގެ ސަޕޯޓަރުން ޕްރެޝަރަށް، މިރޭ ވާނީ ކިހިނެއް؟

ފަހުމިނެޓް
ފަހުމިނެޓް
10 ގަޑިއިރު ކުރިން 17 ޖޫން 2026

ވޯލްޑް ކަޕް 2026 ގައި ލިއޮނެލް މެސީގެ ހެޓްރިކާ އެކު އާޖެންޓީނާ އިން ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އަލްޖީރިއާ 0-3 އިން ބަލިކޮށްފި އެވެ. 

އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ކުރިއަށްދާ ވޯލްޑް ކަޕް ގައި އާޖެންޓީނާ އިން ހޯދި ބޮޑު މޮޅުގައި މެސީގެ ތަފާތު މޮޅު ކުޅުމެއް ވަނީ ފެނިފަ އެވެ. 

އެމެރިކާގައި މިއަދު ހެނދުނު ކުޅުނު މެޗުގައި މެސީ ހެޓްރިކް ހެދީ 17، 60 އަދި 76 ވަނަ މިނެޓުގައި ޖެހި ގޯލުތަކުންނެވެ.

މިއަދުގެ މޮޅާ އެކު މެސީ އަށް ވަނީ ގިނަ ރެކޯޑްތަކެއް ލިބިފަ އެވެ. މިއީ މެސީ ޖެހިޖެހިގެން ކުޅުނު 6 ވަނަ ވޯލްޑް ކަޕެވެ. މިއާއެކު މެސީ ވެފައިވަނީ 6 ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ ކުޅުންތެރިޔާއަށެވެ. މި ރެކޯޑް ހެދުމުގެ ފުރުސަތު ދެން ލިބިފައި އޮތީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށެވެ. 

މެސީ އާއި ރޮނާލްޑޯގެ އިތުރުން 6 ވޯލްޑް ކަޕްގައި ގައުމީ ޓީމުގައި ހިމެނުނު އަނެއް ކުޅުންތެރިއަކީ މެކްސިކޯގެ ގޯލްކީޕަރު ގުއިލަމޯ އޮޗޯއާ އެވެ. އެކަމަކު މެކްސިކޯގެ ސްކޮޑުގައި ހިމެނުނަސް ދެ ވޯލްޑް ކަޕެއްގައި އޮޗޯއާ ކުޅެފައެއްނުވެ އެވެ. 

މިއަދުގެ ހެޓްރިކަކީ މެސީ ވޯލްޑް ކަޕްގައި ހެދި ފުރަތަމަ ހެޓްރިކެވެ. އަނެއްކޮޅުން މި ހެޓްރިކާ އެކު މެސީ ވަނީ ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލު ޖެހި މިރޯސްލާވް ކްލޯސާގެ ރެކޯޑާ އަރައި ހަމަކޮށްފަ އެވެ. މި ދެކުޅުންތެރިން ވެސް ވޯލްޑް ކަޕް ތާރީހުގެ ލަނޑުގެ ލިސްޓުގެ އެއް ވަނައިގައި އޮތީ 16 ގޯލާ އެކު އެވެ. 

މެސީގެ ފަހަތުން މިވަގުތު މި ލިސްޓުގައި ހިމެނޭ އެކްޓިވް ކުޅުންތެރިޔަކީ ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ އެވެ. އެމްބާޕޭ ވަނީ ވޯލްޑް ކަޕްގައި 14 ގޯލު ޖަހައިފަ އެވެ. 

ކޮންމެއަކަސް މެސީގެ ޖާދުލާ އެކު އާޖެންޓީނާ އަނެއްކާވެސް މޮޅުވުމަކީ އާދައިގެ ކަމެއް ނޫނެވެ. މެސީގެ މޮޅު ގޯލުތަކަށް ޖަވާބުދޭން އެންމެ ބޮޑު ޕްރެޝަރެއް ކުރިމަތީވާނީ ރޮނާލްޑޯއަށެވެ. 

މި ދެކުޅުންތެރިން ބަހުސް އަދިވެސް ކުރެވޭއިރު، މެސީ މިވަނީ އޭނާގެ ފެންވަރު މާބޮޑަށް ވެސް ސާބިތުކޮށްދީފަ އެވެ. މިފަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ޕޯޗުގަލް ގޮވައިގެން ރޮނާލްޑޯ ނުކުންނަ ފުރަތަމަ މެޗު އޮންނާނީ މިރެ އެވެ. މިރޭ 10 ޖަހާއިރު ޕޯޗުގަލް ނުކުންނާނީ ކޮންގޯއާ ދެކޮޅަށެވެ. 

ސުވާލަކީ ގައުމީ ޖާޒީގައި މެސީ އެ ދެއްކި ޖާދޫ، ރޮނާލްޑޯ އަށް މިރޭ ދެއްކިދާނެތޯ އެވެ؟. 

ކޮމެންޓްސް

Matches
4
Ongoing
Upcoming
Predict
Settings