Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / އެފްސީ އަމިގޯސް އާއި ހެލޯ ބޭބީ ސޯސަން ފުޓްސަލް ކަޕްގެ ފައިނަލަށް
އެފްސީ އަމިގޯސް އާއި ހެލޯ ބޭބީ ސޯސަން ފުޓްސަލް ކަޕްގެ ފައިނަލަށް
ހެލޯ ބޭބީއާއި ކާންޓް ޕްލޭ ކުޅުނު ސެމީ ފައިނަލް މެޗުގެ ތެރެއިން. ފައިނަލުގައި ހެލޯ ބޭބީ ނުކުންނާނީ އެފްސީ އަމިގޯސްއާ ދެކޮޅަށް. ފޮޓޯ: ރިލެކްސް ކަމަނަ ސޯސަން ފުޓްސަލް ކަޕް

އެފްސީ އަމިގޯސް އާއި ހެލޯ ބޭބީ ސޯސަން ފުޓްސަލް ކަޕްގެ ފައިނަލަށް

ފަހުމިނެޓް
ފަހުމިނެޓް
1 ދުވަސް ކުރިން 23 މާރޗް 2026

އއ. ތޮއްޑޫގައި މިހާރު ކުރިއަށްދާ ރިލެކްސް ކަމަނަ ސޯސަލް ފުޓްސަލް ކަޕްގެ ފައިނަލަށް 2024 ވަނަ އަހަރު މުބާރާތް ކާމިޔާބުކުރި ހެލޯ ބޭބީ އާއި މުބާރާތުގެ ތަށި ދެ ފަހަރު އުފުލާލައިފައިވާ އެފްސީ އަމިގޯސް ދަތުރުކޮށްފި އެވެ.

ތޮއްޑޫ ސޯސަން ކްލަބުން އިންތިޒާމުކޮށްގެން މިއަހަރުގެ ފިތުރު އީދު ބަންދާ ދިމާކޮށް ކުރިއަށްގެންދާ މި މުބާރާތުގެ ފައިނަލުން ހެލޯ ބޭބީ ޖާގަ ހޯދީ މިރޭ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ކާންޓް ޕްލޭއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން 6-7 އިން މޮޅުވެގެންނެވެ.

ދެޓީމުގެ ފަރާތުންވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެސް ހެލޯ ބޭބީއިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ގްރޫޕް ސްޓޭޖުގައި ހެލޯ ބޭބީއިން ކުޅުނު ތިން މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކި ޔޫސުފް ސިދާމް އަލީ (ސިއްކޮ) އެވެ. އެކަމަކު ހެލޯ ބޭބީއިން ލީޑު ނެގިތާ ހަތަރު މިނެޓް ފަހުން ކާންޓް ޕްލޭގެ މުހައްމަދު އިސާމް (ޝަންޓޭ) ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ.

މެޗުގެ ނަތީޖާ ބަދަލުކުރަން ދެ ޓީމުށްވެސް ރަގަޅު ހަމަލާތަކެއް އުފެއްދިއިރު މި މެޗުގައި ދެ ޓީމުގެ ގޯލްކީޕަރުންގެ ފަރާތުން ރަނގަޅު ސޭވްތަކެއް ވަނީ ފެނިފަ އެވެ. ވަކިން ހާއްސަ ގޮތެއްގައި މި މެޗު ހެލޯ ބޭބީއަށް ކާމިޔާބުކޮށްދިނުމުގައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހެލޯ ބޭބީގެ ގޯލްކީޕަރު ހުސައިން ސާއިލް ދެއްކި ހުށިޔާރުކަން މުހިންމު ދައުރެއް އަދާކުރި އެވެ.

ސޯސަން ފުޓްސަލް ކަޕްގެ ފައިނަލްގެ ދެވަނަ ޖާގަ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އެފްސީ އަމިގޯސް އިން ކަށަވަރުކުރީ މިރޭ ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗުގައި އެންމެ ފަހުގެ ރަނަރަޕް ޔަންގް ސްޓާއާ ވާދަކޮށް 0-2 އިން މޮޅުވެގެންނެވެ.

https://fahuminet.com/tournaments/relax-kamana-sosun-futsal-cup-2026

މި މެޗުގައި އެފްސީ އަމިގޯސްއިން ކާމިޔާބުކުރި ދެ ލަނޑުވެސް ޖަހާފައިވަނީ ފަހު ހާފުގަ އެވެ. ފުރަތަމަ ލަނޑު މެޗުގެ ފަހު ހާފުގެ 12 ވަނަ މިނެޓްގައި އަމިގޯސްއަށް ކާމިޔާބުކޮށްދިނީ އިސްމާއިލް މުނީޒް އެވެ. ފައިނަލްގެ ޖާގަ އެފްސީ އަމިގޯސް އަށް ކަށަވަރު ކޮށްދިން ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޔަންގް ސްޓާގެ ގޯލަށް ވައްދާލީ ޝަނާން ރަޝާދެވެ.

މުބާރާތުގެ ފައިނަލް މެޗު މާދަމާ ރޭ ކުޅޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. 

ރިލެކްސް ކަމަނަ ސޯސަން ފުޓްސަލް ކަޕަކީ މިއަހަރު އެންމެ ގިނަ ތަރިން އެއް ރަށަކުން ފެންނަ އެއް މުބާރާތެވެ. މާދަމާ ރޭ ވާދަވެރި ފައިނަލަށް ނުކުންނަ ދެ ޓީމުގައި ވެސް ރާއްޖޭގެ މަޝްހޫރު ފުޓްސަލް ތަރިން ހިމެނެ އެވެ. 

ކޮމެންޓްސް

Matches
3
Ongoing
1
Upcoming
Settings