ފުރަތަމަ ސަފްޙާ / ޚަބަރު / ރިދަން އެކެޑަމީ ޗެމްޕިއަންޝިޕްގެ ހުރިހާ ތަށްޓެއް ފްރެންޑްސް ފުޓްބޯލް އެކެޑަމީ އަށް
ރިދަން އެކެޑަމީ ޗެމްޕިއަންޝިޕްގެ ހުރިހާ ތަށްޓެއް ފްރެންޑްސް ފުޓްބޯލް އެކެޑަމީ އަށް
ފްރެންޑްސް ފުޓްބޯލް އެކެޑަމީން ތަށި އުފުލާލަނީ. މުބާރާތުގެ ހުރިހާ ތައްޓެއް ހޯދީ އެ އެކެޑަމީން. ފޮޓޯ: ރިދަން އެކެޑަމީ

ރިދަން އެކެޑަމީ ޗެމްޕިއަންޝިޕްގެ ހުރިހާ ތަށްޓެއް ފްރެންޑްސް ފުޓްބޯލް އެކެޑަމީ އަށް

ފަހުމިނެޓް
ފަހުމިނެޓް
10 ގަޑިއިރު ކުރިން 25 ޖުލައި 2026

ތޮއްޑޫގައި ކުރިއަށްދިޔަ ރިދަން އެކެޑަމީ ޗެމްޕިއަންޝިޕްގެ 14 އަހަރުން ދަށާއި 17 އަހަރުން ދަށުގެ ޗެމްޕިއަންކަން ފްރެންޑްސް ފުޓްބޯލް ފެމިލީ އެކެޑަމީން ހޯދައިފި އެވެ.

ތޮއްޑޫގައި ހިންގާ ރިދަން ސްޕޯޓްސް އެކެޑަމީން އިންތިޒާމްކޮށްގެން ބޭއްވި މި މުބާރާތުގެ 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ފްރެންޑްސް އެކެޑަމީއިން ހޯދީ އިއްޔެ ހެނދުނު ތޮއްޑޫ ފުޓްބޯޅަ ދަނޑުގައި ރިދަން ސްޕޯޓްސް އެކެޑަމީގެ ޓީމާ ވާދަކޮށް ކުޅުނު މެޗު 0-5 އިން ކާމިޔާބުކޮށްގެންނެވެ.

މި މެޗުގައި ފްރެންޑްސް އެކެޑަމީން ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދީފައި ވަނީ އަހްމަދު އިޔާސް އެވެ. ފްރެންޑްސް އެކަޑަމީން އިއްޔެގެ މެޗުގައި ޖެހި އަނެއް ތިން ލަނޑު ކާމިޔާބުކޮށްދީފައިވަނީ މުހައްމަދު އިޔާސް އާއި ޔޫސުފް މަސީހްގެ އިތުރުން އިސްމާއީލް ނައުފް އެވެ.

މުބާރާތުގެ 14 އަހަރުން ދަށުގެ ފައިނަލްގައި ކުޅުނު ފްރެންޑްސް ޓީމު މުބާރާތުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކުރި އިރު އެ ޓީމުން ވަނީ ޖުމްލަ 36 ގޯލު ޖަހައިފަ އެވެ. ބައިކޮޅަށް ޖުމްލަ ހަތް މެޗުގައި ވަދެފައިވަނީ އެންމެ ފަސް ގޯލެވެ.  

14 އަހަރުން ދަށުގެ ރަނަރަޕް މަގާމު ހޯދި ރިދަން އެކެޑަމީ މުބާރާތުގައި ކުޅުނު ހަތް މެޗުގެ ތެރެއިން ހަމައެކަނި ބަލިވެފައިވަނީ ފްރެންޑްސްއާ އެކު ކުޅުނު މެޗުތަކުން އެކަންޏެވެ.

ރިދަން އެކެޑަމީ ޗެމްޕިއަންޝިޕްގެ 14 އަހަރުން ދަށުގެ އުމުރުފުރާއިން އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ އަހްމަދު އިޔާސް އިލްޔާސް އެވެ. މި އުމުރުފުރާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ އިޔާސް އެވެ.

ރިދަން ސްޕޯޓްސް އެކެޑަމީން އިންތިޒާމުކޮށްގެން މި މަހުގެ 18 އިން 24 އަށް ކުރިއަށްގެންދިޔަ ރިދަން އެކެޑަމީ ޗެމްޕިއަންޝިޕްގެ 17 އަހަރުން ދަށުގެ ޗެމްޕިއަންކަން ފްރެންޑްސް ފުޓްބޯލް އެކެޑަމީން ހޯދީ އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުގައި އުކުޅަސް ސްޕޯޓްސް އެކެޑަމީއާ ވާދަކޮށް 0-1 އިން މޮޅުވެގެންނެވެ. މި މެޗުގައި ފްރެންޑްސް އެކެޑަމީއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ ފުރަތަމަ ހާފުގެ ނުވަ ވަނަ މިނެޓްގައި ކާމިޔާބުކުރީ ޒާކީ މުޖުތަބާ އެވެ. 

ރިދަން އެކެޑަމީ ޗެމްޕިއަންޝިޕްގެ 17 އަހަރުން ދަށުގެ ތަށި ވެސް ފްރެންޑްސް އިން އުފުލާލައިފައި މިވަނީ އެއްވެސް މެޗަކުން ބަލި ނުވެ އެވެ. މުބާރާތުގައި އެ ޓީމު ޖުމްލަ ހަތް މެޗު ކުޅުނު އިރު ހަ މެޗު ކާމިޔާބުކޮށް އެއް މެޗު އެއްވަރުކޮށްފައިވެ އެވެ. ފައިނަލްގައި ފްރެންޑްސް އެކެޑަމީއާ ވާދަކުރި އުކުޅަސް އެކެޑަމީ ވަނީ މި މުބާރާތުގައި ފައިނަލް މެޗުގެ ކުރިން އެ ޓީމު ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބުކޮށްފަ އެވެ.

https://fahuminet.com/tournaments/ridhan-academy-u17-championship-2026

މި އުމުރުފުރާއިން އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކަށް ހޮވުނީ އުކުޅަސް އެކެޑަމީގެ އަލާއު ބިން އާދަމް ނަސީރެވެ. މުޅި މުބާރާތުގެ 17 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފްރެންޑްސް އެކެޑަމީގެ މުހައްމަދު ޒައިދާން ޒައިން އެވެ.

މިފަހަރުގެ ރިދަން އެކެޑަމީ ޗެމްޕިއަންޝިޕްގެ 14 އަހަރުން ދަށުގެ ބައިގައި ޖުމްލަ ހަތް ޓީމަކުން ވާދަކޮށްފައިވާއިރު އެ އުމުރުފުރާގެ މެޗުތައް ކުރިއަށްގެންގޮސްފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. 17 އަހަރުން ދަށުގެ އުމުރު ފުރާގައި ހަ ޓީމަކުން ވާދަކުރި އިރު އެ އުމުރުފުރާގެ މެޗުތައް ކުރިއަށްގެންދިޔައީ ލީގު އުސޫލުންނެވެ.

https://fahuminet.com/tournaments/ridhan-academy-u14-championship-2026

ރިދަން ސްޕޯޓްސް އެކެޑަމީން މައުލޫމާތު ދިން ގޮތުގައި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި 10 އަހަރުން ދަށާއި އަދި 12 އަހަރުން ދަށުގެ އުމުރުފުރާގެ މުބާރާތްވެސް ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

 

ކޮމެންޓްސް

Matches
7
Ongoing
2
Upcoming
Predict
Settings