Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ރިލެކްސް ލޮޖުން ހުށަހަޅަނީ ހިލޭ ހުރުމާ އެކު ހިތްގައިމު ތޮއްޑޫ ދަތުރެއް
ރިލެކްސް ލޮޖުން ހުށަހަޅަނީ ހިލޭ ހުރުމާ އެކު ހިތްގައިމު ތޮއްޑޫ ދަތުރެއް
ތޮއްޑޫގައި ހުންނަ ރިލެކްސް ލޮޖް ގެސްޓް ހައުސް. ކިންގްސް ކަޕްގެ ސްކޯ ދިމާކޮށްގެން އެއް ވަނަ ލިބޭ ފަރާތަކަށް ރިލެކްސް ލޮޖް އިން ވަނީ ހާއްސަ އިނާމެއް ކަނޑައަޅާފަ. ފޮޓޯ: ރިލެކްސް ލޮޖް

ރިލެކްސް ލޮޖުން ހުށަހަޅަނީ ހިލޭ ހުރުމާ އެކު ހިތްގައިމު ތޮއްޑޫ ދަތުރެއް

ފަހުމިނެޓް
ފަހުމިނެޓް
10 ގަޑިއިރު ކުރިން 22 މެއި 2026

މިރޭ ފަށާ ކިންގްސް ކަޕް ފުޓްސަލް މުބާރާތުގެ މެޗުތަކުގެ ސްކޯ ދިމާކޮށްގެން އިނާމު ހޯދުމުގެ ފުރުސަތު "ފަހުމިނެޓް" އިން ހުޅުވާލާފައިވާ އިރު އެ ފުރުސަތުގެ ބޭނުން ހިފައިގެން އެއްވަނައަށް ހޯދާ ފަރާތަކަށް ވަރަށް ހާއްސަ އިނާމެއް ތޮއްޑޫ ރިލެކްސް ލޮޖުން ހުށަހަޅައިފި އެވެ.

ކްލަބް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ ކިންގްސް ކަޕްގެ މެޗުތަކު ސްކޯ، މި ނޫހުގެ ފަރާތުން ތައްޔާރުކޮށްފައިވާ ސްކޯ ޕްރިޑިކްޓާ ގައި ރިލެކްސް ލޮޖް ގެސްޓް ހައުސްގެ ނަމުގައި ހިމަނާފައިވާ ލީގުގެ ތެރެއިން ސްކޯ ދިމާކޮށްގެން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކަށް ހުށަހަޅާފައިވާ އިނާމަކީ ހިލޭ ދަތުރާ އެކު ދެ މީހަކަށް ގެސްޓް ހައުސްގައި ދެ ދުވަހު ހިލޭ ހުރުމުގެ ފުރުސަތެވެ.

ތޮއްޑޫއަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ފަތުރުވެރިންގެ މެދުގައި އެންމެ މަގްބޫލް އެއް ރަށެވެ. އަދި، މިއީ ގިނަ ދިވެހިންގެ ހިތްތަކުންވެސް ޖާގަ ހޯދާފައިވާ ރަށެކަށްވާއިރު ރިލެކްސް ލޮޖަކީ ތޮއްޑޫގެ އެންމެ ފެންވަރު ރަގަޅު ގެސްޓް ހައުސްތަކުގެ ތެރޭގައި ހިމެނޭ އެއް ތަނެވެ.

https://fahuminet.com/predict/leagues/relax-lodge-thoddoo-yel9b/share

 ކިންގްސް ކަޕްގެ މެޗުތަކުގެ ސްކޯ ދިމާކޮށްގެން އިނާމު ހޯދުމުގެ ފުރުސަތު "ފަހުމިނެޓް" އިން މިހާރު ހުޅުވާލާފައިވާއިރު މިކަމަށްޓަކައި  މި ނޫހުގެ ފަރާތުން ވަނީ ވެބްސައިޓްގައި ހާއްސަ ޕޯޓަލެއް ހަދައިފަ އެވެ.

މުޅިން ހިލޭ ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ މި ފުރުސަތުގައި، މުބާރާތުގެ ކޮންމެ މެޗެއް ފެށުމާ ހަމައަށް އެ މެޗެއްގެ ލަފާކުރާ ސްކޯ ޖެހުމުގެ ފުރުސަތު އޮންނާނެ އެވެ. ސްކޯ ދިމާކޮށްގެން އެ މީހަކަށް ލިބޭ ޕޮއިންޓާއި، އެމީހަކު ވާދަކުރާ ލީގެއްގައި އޮތް ވަނަ، މެޗު ނިމުމާއެކު ވަގުތުން ފެންނަން ހުންނާނެ އެވެ.

ކިންގްސް ކަޕަށް ފަހުމިނެޓް ސްކޯ ޕްރިޑިކްޓާ ޕޯޓަލްގައި ލީގު ސްޕޮންސާކޮށް އިނާމު ހުށަހެޅުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލެވިފަ އެވެ.  

 

 

ކޮމެންޓްސް

Matches
4
Ongoing
Upcoming
Settings