Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ލަންކާއާ ވާދަކޮށް ރާއްޖޭގެ ޖޫނިއާ ޓީމަށް އުނދަގޫ ފެށުމެއް
ލަންކާއާ ވާދަކޮށް ރާއްޖޭގެ ޖޫނިއާ ޓީމަށް އުނދަގޫ ފެށުމެއް
ރާއްޖެއާ ލަންކާ ވާދަކުރި މެޗުގެ ފެށުމުގެ ކުރިން. ލަންކާ މޮޅުވީ ފަހަތުން އަރައި ތިން ގޯލު ޖަހައިގެން. ފޮޓޯ: ރައީސް އޮފީސް

ލަންކާއާ ވާދަކޮށް ރާއްޖޭގެ ޖޫނިއާ ޓީމަށް އުނދަގޫ ފެށުމެއް

ފަހުމިނެޓް
ފަހުމިނެޓް
3 ގަޑިއިރު ކުރިން 23 މާރޗް 2026

ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅުނު މެޗުގައި ސްރީ ލަންކާއާ ވާދަކޮށް ރާއްޖޭގެ ޓީމު 3-2 އިން ބަލިވެއްޖެ އެވެ. 

ގްރޫޕް އޭގައި ހިމެނޭ މި ދެޓީމުގެ ކުރިމަތިލުން ލަންކާއިން ކާމިޔާބުކުރީ ފަހަތުން އަރައި ޖެހި ގޯލުތަކުންނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ގޯލުން ރާއްޖެ ކުރީގައި އޮވެގެންނެވެ. މި ދެ ގޯލު ވެސް ކާމިޔާބުކޮށްދިނީ އަރަމުން އަންނަ ޒުވާން ތަރި މުހައްމަދު އިލާން އިމްރާނެވެ. އިލާން ފުރަތަމަ ގޯލު 28 ވަނަ މިނެޓުގައި ޖެހިއިރު ދެ ވަނަ ގޯލު ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ. 

ލަންކާއިން އެޓީމު ކޮޅަށް ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގައި މޮޅު ކުޅުމެއް ދައްކައިގެންނެވެ. އެޓީމުގެ ފުރަތަމަ ގޯލު ދެ ވަނަ ހާފުގެ ފުރަތަމަ މިނެޓުގައި ޖެހީ މުހައްމަދު ޚަތީމް އެވެ. ލަންކާއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ 65 ވަނަ މިނެޓުގައި އަހަމަދު ހިޖާޒީ ޖެހި ގޯލުންނެވެ. 

ރާއްޖޭގެ އިލާން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ އިލާން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފޮޓޯ: ރައީސް އޮފީސް

ލަންކާ މެޗުން މޮޅުވީ މެޗު ނިމެން ކައިރިވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ކެޕްޓަން ހުސައިން އަބްދުﷲ އެވެ. 

މި ގްރޫޕުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ނޭޕާލުން ވަނީ 1-2 އިން ބޫޓާން ބަލިކޮށްފަ އެވެ. 

ލަންކާ އަތުން ހައިރާންކުރުވަނިވި ގޮތަކަށް ރާއްޖެ ބަލިވިއިރު، މި މުބާރާތަށް ތައްޔާރުވުމަށް ރާއްޖޭގެ ޓީމުން ވަނީ ސިންގަޕޫރުގައި ކޭމްޕުކޮށް އެގައުމުގެ ޒުވާން ދެ ޓީމަކާ އެކު އެކުވެރިކަމުގެ ދެ މެޗު ކުޅެފަ އެވެ. ސިންގަޕޫރުގައި ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުން ރާއްޖެ މޮޅުވެސް ވި އެވެ. 

https://fahuminet.com/tournaments/saff-u20-championship-2026

ސާފް 20 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގައި މާދަމާ ކުޅޭނީ އެންމެ މެޗެވެ. ހަވީރު 3:45 ގައި ފަށާ އެ މެޗުގައި ޕާކިސްތާން ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. މި ދެ ޓީމު ހިމެނެނީ ގްރޫޕް ބީގަ އެވެ. 

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ދެން ކުޅޭ މެޗުގައި އަންނަ ބުދަ ދުވަހުގެ ރޭ ނުކުންނާނީ ބޫޓާންއާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރޭގަނޑު 8:30 ގަ އެވެ. 

ކޮމެންޓްސް

Matches
4
Ongoing
1
Upcoming
Settings