ގާތްގަނޑަކަށް ތިން އަހަރެއްހާ ދުވަސް ފަހުން، އަލީ އަޝްފާގް (ދަގަނޑޭ) ގައުމީ ފުޓްބޯޅަ ޓީމުގައި ހިމެނިއްޖެ އެވެ.
ދަގަނޑޭ ހިމަނައިގެން އެކުލަވާލި ގައުމީ ޓީމުގެ ޕްރިލިމިނަރީ ސްކޮޑް މިއަދު ވަނީ އާއްމުކޮށްފަ އެވެ. ގައުމީ ޓީމު އެކުލަވާލަނީ، މި މަހުގެ 31 ވަނަ ދުވަހު އޭޝިއަން ކަޕް ކޮލިފައިންގައި ގަލޮޅު ދަނޑުގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ މެޗަށެވެ.
ގައުމީ ޓީމުގައި ދަގަނޑޭ އަލުން ހިމެނުނުއިރު، އެންމެ ފަހުން ދަގަނޑޭ ގައުމީ ޓީމަށް ކުޅުނީ 2023 ވަނަ އަހަރުގެ މާޗް މަހު ޕާކިސްތާނާ ދެކޮޅަށް ގައުމީ ޓީމު ކުޅުނު މެޗުގަ އެވެ. އެ މެޗު ކުޅުނީ ލ. އަތޮޅުގެ ޒޯން ސްޓޭޑިއަމްގަ އެވެ.
ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ މިހާރު ކުޅެމުން އަންނަނީ ނިއު ރޭޑިއަންޓަށެވެ. އަނިޔާއަށް ފަހު އެނބުރި އައިސް ދަގަނޑޭ އަންނަނީ ނިއުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.
މިފަހަރު އެކުލަވާލި ސްކޮޑުން ފުޓްސަލް ތަރި އަލީ ހާފިޒް (ހާއްޕެ) އަށް ވަނީ ފުރުސަތު ލިބިފަ އެވެ. މިދިޔަ އަހަރުތަކުގައި ފުރަތަމަ ޑިިވިޝަނާ ދުުރުގައި ހުރުމަށް ފަހު ހާއްޕެ އަންނަނީ މި ސީޒަނުގައި ކްލަބް އީގަލްސް އަށް ކުޅެމުންނެވެ.
ހާއްޕެގެ އިތުރުން ސްކޮޑުން ފުރުސަތު ލިބުނު ފާހަގަކޮށްލެވޭ އަނެއް ކުޅުންތެރިއަކީ އޮޑި ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އިބްރާހީމް ވަހީދު ހަސަން އެވެ. އިއްބެ އަކީ މީގެކުރިން ގައުމީ ޓީމުގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ.
ރާއްޖޭގައި ސާފް 20 އަހަރުން ދަށުގެ ޗެންޕިއަންޝިޕް އޮންނާނީ މީގެކުރިން ސީނިއާ ޓީމުގައި ހިމެނުނު ބައެއް ކުޅުންތެރިން މިފަހަރު ނުހިމަނަ އެވެ. އެކުޅުންތެރިން މިހާރު އަންނަނީ ޒުވާން ޓީމާ އެކު މި މަހުގެ 23 ވަނަ ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވަމުންނެވެ.
މެޗަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމު މިރޭ ވަނީ ފަރިތަކުރުންތައް ފަށައިފަ އެވެ. ކޮލިފައިން މެޗަށް ރާއްޖެ ނުކުންނާނީ މީގެކުރިން ރާއްޖޭގެ ޓީމަށް އިރުޝާދުދިން އިސްތަވާން އުރުބާނީގެ ކޯޗުކަމުގަ އެވެ.
ޓިމޯ ލެސްޓޭ މެޗަށް އެކުލަވާލި ޕްރިލިމިނަރީ ސްކޮޑް:
1- އަހުމަދު އަބްދުﷲ - ބުރު ސްޕޯޓްސް
2- ތޯއިފް ގާސިމް - ބުރު ސްޕޯޓްސް
3- މުހައްމަދު އަޝްވާން - ކްލަބް އީގަލްސް
4- އަލީ ހާފިޒް - ކްލަބް އީގަލްސް
5- އިބްރާހީމް މަހުދީ ހުސައިން - ކްލަބް އީގަލްސް
6- ހުސައިން ޝަރީފް - މާޒިޔާ ސްޕޯޓްސް
7- ސަމޫހު އަލީ - މާޒިޔާ ސްޕޯޓްސް
8- ހައިޝަމް ހަސަން - މާޒިޔާ ސްޕޯޓްސް
9- ހުސައިން ޝިފާއު - މާޒިޔާ ސްޕޯޓްސް
10- އިބްރާހީމް އައިސަމް - މާޒިޔާ ސްޕޯޓްސް
11- އަހުމަދު އައިހަމް - މާޒިޔާ ސްޕޯޓްސް
12- ހަމްޒާ މުހައްމަދު - މާޒިޔާ ސްޕޯޓްސް
13- ނާއިޒް ހަސަން - މާޒިޔާ ސްޕޯޓްސް
14- މުހައްމަދު ފައިސަލް - ނިއު ރޭޑިއަންޓް
15- މުހައްމަދު އިރުފާން - ނިއު ރޭޑިއަންޓް
16- މުހައްމަދު ނިޒާމް - ނިއު ރޭޑިއަންޓް
17- އަލީ ފާސިރު - ނިއު ރޭޑިއަންޓް
18- އަލީ އަޝްފާގް - ނިއު ރޭޑިއަންޓް
19- އަހުމަދު އައިހަމް - އޮޑި ސްޕޯޓްސް
20- އިބްރާހީމް ވަހީދު ހަސަން - އޮޑި ސްޕޯޓްސް
21- މުޒްދާން ހަސަން - އޮޑި ސްޕޯޓްސް
22- އަބްދުﷲ ލޫތު އިބްރާހީމް - އޮޑި ސްޕޯޓްސް
23- މުހައްމަދު ޝަފީއު - އޮޑި ސްޕޯޓްސް
24- އަމްދާން އަލީ - ވިކްޓްރީ
25- އަލީ ޝާމިސް - ވިކްޓްރީ
26- އަހުމަދު ރިޒުވާން - ވިކްޓްރީ