ށ. ގޮއިދޫގައި ކުރިއަށްދިޔަ ބަށި މުބާރާތުގެ ޗެމްޕިއަންކަން އަޒުމް އިން ހޯދައިފި އެވެ.
ގޮއިދޫ ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ސްޕޯޓްސް ފިއެސްޓާގައި ހިމެނުނު ބަށި މުބާރާތުގެ ތަށި އަޒުމް އިން އުފުލާލީ އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުގައި ގްރީން ވިންގްސްގެ މައްޗަށް ކުރި ހޯދައިގެންނެވެ.
އިއްޔެ ހަވީރު ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި ގްރީން ވިންގްސް އިން 16 ލަނޑު 12 ފޯލި ކާމިޔާބުކުރި އިރު އަޒުމް އިން ވަނީ މި މެޗުގައި 17 ލަނޑު ހަދައިފަ އެވެ. މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ކާމިޔާބުކުރީ ގްރީން ވިންގްސް އެވެ.
ޖުމްލަ ހަތަރު ޓީމަކުން ވާދަކުރި ގޮއިދޫ ބަށި މުބާރާތުގެ ފައިނަލް މެޗު ނިމުމުން ވަނަވަނައަށް އައި ޓީމުތަކަށާއި، ކުޅުންތެރިންނަށް ޓްރޮފީ އާއި އިނާމު ހަވާލުކުރުމުގެ ރަސްމިއްޔާތު ވަނީ ކުރިއަށްގެންގޮސްފަ އެވެ.
މުބާރާތުގެ އެންމެ ގިނަ ލަނޑު ހެދި ކުޅުންތެރިޔާގެ މަގާމާއި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ގްރީން ވިންގްސްގެ އާމިނަތު ފަރުޒާނާ އެވެ.
މުބާރާތުގައި އެންމެ ގިނަ ބޯޅަ ހިފި ކުޅުންތެރިޔަކަށް ހޮވުނީ ގްރީން ވިންގްސްގެ އާމިނަތު ނަޒީރާ އެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމު އޯކިޑްގެ މިންހާ އިބްރާހީމް ހޮވުނުއިރު އެންމެ މޮޅު ކޯޗަކަށް ހޮވުނީ އަޒުމްގެ ކޯޗު ހުދާ ޢަބްދުﷲ އެވެ.
https://www.facebook.com/permalink.php?story_fbid=pfbid021p9WjdUCmBu9nFKNxGjESsWQ1nt3UDcKshFbVHGrVo68XJahbjCgvk35AD4SYxR1l&id=100092262240406&__cft__[0]=AZhV_wBfM7SmqAic2ObK5kOa9BFoWz3GxjQI8x_giRHOA3RwaPfMo2HrDbCpN3OGxQkjUt1Ce2jZ42YFOUjJV1NEBjFBAsyZEw6LfhjuG59EWZxxeYkeSfx8X9ignor8bkkAyf-cBBdIyei7ngIzoOcHwFGCMQ6KclaO1H1yDPr5n2teYdUeyxa1yD4&__tn__=%2CO%2CP-R
ހަފްތާއެއްގެ މުއްދަތަށް ކުރިއަށްދިޔަ ބަށި މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް އޯކިޑް ހޮވައިފައިވާއިރު މުބާރާތުގެ އެންމެ މޮޅު ނުވަ ކުޅުންތެރިންވެސް ވަނީ ހޮވައިފަ އެވެ. މި ނުވަ ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ގްރީން ވިންގްސް އާއި މުބާރާތުގެ ތިންވަނަ ހޯދި ވީރުގެ ތިން ކުޅުންތެރިންނާއި، އަޒުމްގެ ދެ ކުޅުންތެރިންގެ އިތުރުން އޯކިޑްގެ ކުޅުންތެރިއެކެވެ.
ގޮއިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާގައި ހިމަނައިގެން ފުޓްސަލް މުބާރާތެއް ވެސް ވަނީ ކުރިއަށްގެންގޮސްފަ އެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައިވަނީ އެފްސީ ޔުނީކް ބޯއީޒް އެވެ.