DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ކާމިޔާބީގެ އުފަލުގައި އިރުމަތި އެފްސީ އިން އޭދަފުށީގައި ހަވާ އަރުވައިފި
ކާމިޔާބީގެ އުފަލުގައި އިރުމަތި އެފްސީ އިން އޭދަފުށީގައި ހަވާ އަރުވައިފި
އޭދަފުށީގައި މީގެކުރިން ހަވާ އަރުވަނީ. އިރުމަތި އެފްސީ އިން ވަނީ ޗެމްޕިއަން ކަމުގެ އުފަލުގައި ރޭ އެރަށުގައި ހަވާ އަރުވާފައި. ފޮޓޯ: އޭދަފުށި ވޮއިސް

ކާމިޔާބީގެ އުފަލުގައި އިރުމަތި އެފްސީ އިން އޭދަފުށީގައި ހަވާ އަރުވައިފި

ފަހުމިނެޓް
ފަހުމިނެޓް
59 މިނެޓް ކުރިން 18 ސެޕްޓެމްބަރު 2026

އޭދަފުށި ކަޕްގެ ޗެމްޕިއަންކަން ހޯދުމުގެ އުފަލުގައި އިރުމަތި އެފްސީ އިން ރޭ އެރަށުގައި ހަވާ އަރުވައިފި އެވެ. 

އޭދަފުށި ކަޕްގެ ފައިނަލް މެޗު ކުޅުނީ ބުދަ ދުވަހުގެ ހަވީރު އެވެ. ފައިނަލް މެޗު އިރުމަތު އެފްސީ ކާމިޔާބުކުރީ ވެލާ ސްޕޯޓްސް ކްލަބާ ވާދަކޮށް 1-1 އިން އެއްވަރުވެ ޕެނަލްޓީ ޖަހައިގެން 8-7 އިންނެވެ. 

މިއީ އިރުމަތި އެފްސީ އަށް އޭދަފުށި ކަޕްގެ ޗެމްޕިއަންކަން ލިބުނު ފުރަތަމަ ފަހަރެވެ. އޭދަފުށި ކަޕްގެ ހަ ވަނަ މުބާރާތް ކާމިޔާބުކުރުމުގ ެއުފަލުގައި އިރުމަތި އެފްސީ އިން ރޭ އެރަށުގައި ހަވާއެރުވުމާއެކު، ކާމިޔާބީ ފާހަގަކުރުން އޮތެވެ. ހަވާ އެރުވުމުގެ ހާއްސަ ހަރަކާތް ބެލުމަށް އެރަށުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ސަރަހައްދަށް ޖަމާވެފަ އެވެ. 

އިރުމަތިން އޭދަފުށި ކަޕްގެ ޗެމްޕިއަންކަން ހޯދިއިރު، މިދިޔަ ދެ އަހަރު ވެސް ފައިނަލުގައި އެޓީމު ބަލިވީ ވެލާ ސްޕޯޓްސް އަތުންނެވެ. އަނެއްކޮޅުން ވެލާ ސްޕޯޓްސް މިފަހަރު ނުކުތީ ތިން ވަނަ ފަހަރަށް އިރުމަތި އެފްސީ ބަލިކޮށް، ޖެހިޖެހިގެން ތިން ތަށި ހޯދަން އަމާޒުހިފައިގެންނެވެ. އެ އަމާޒަށް ދިއުމަށް ވެލާ އިން މުބާރާތަށް ނެރުނީ ވެސް ވަރުގަދަ ޓީމެކެވެ. 

ފޯރިގަދަ ފައިނަލް މެޗު އެއްވަރުވިއިރު، ޕެނަލްޓީ ޝޫޓްއައުޓް ފެނުނީ ވަރަށް ވާދަވެރިކޮށެވެ. ފުރަތަމަ ފަސް ޕެނަލްޓީގެ ތެރެއިން، ފަސް ވަނަ ޕެނަލްޓީ ވައްދާލައިގެން ވެލާ ސްޕޯޓްސް އަށް ތަށި ހޯދަން ފަހި ފުރުސަތެއް ވެސް ލިބުނެވެ. އެކަމަކު އެ ޕެނަލްޓީ ބޭކާރުވީ އެވެ. އޭގެފަހުން ޖެހި ޕެނަލްޓީތައް އިތުބާރާއެކު ކާމިޔާބުކޮށް އިރުމަތި އެފްސީ އިން މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުކުރީ އެވެ. 

އޭދަފުށި ކަޕްގެ ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އެމްއޭ ޔުނައިޓެޑެވެ. ތިން ވަނަ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ހުސް ސޮނގުން ފުޓްބޯޅަ ޓީމެވެ. އޭގެފަހުން މިދިޔަ ދެ އަހަރުގެ ޗެމްޕިއަންކަން ހޯދީ ވެލާ ސްޕޯޓްސް ކްލަބެވެ. ވެލާ ސްޕޯޓްސް ވަނީ އޭދަފުށި ކަޕްގެ ހަ މުބާރާތުގެ ތެރެއިން ފަސް މުބާރާތުގެ ފައިނަލުގައި ވެސް ކުޅެފަ އެވެ. 

https://fahuminet.com/tournaments/eydhafushi-cup-2026

ކުޅިވަރު މުބާރާތްތަކުން ހޯދާ ކާމިޔާބީ ފާހަގަކުރަން މީގެކުރިން ވެސް އެރަށުގައި ވަނީ ހަވާގެ ހަރަކާތްތައް ބާއްވާފަ އެވެ. އޭދަފުއްޓަކީ ފުޓްބޯޅަ އާއި ފުޓްސަލްގައި އެރަށުގެ ޓީމުތަކުގެ މެދުގައި ވާދަވެރިކަން އޮންނަ ރަށެކެވެ. އަދި، މި ދެ ކުޅިވަރުގައި ވެސް ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ރަށަކީ އޭދަފުއްޓެވެ. 

ކޮމެންޓްސް

Matches
6
Ongoing
Upcoming
Predict
Settings