DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ހިންނަވަރާއި އިނގުރައިދޫ އަށް ޒޯންގައި ވަރުގަދަ ފެށުމެއް
ހިންނަވަރާއި އިނގުރައިދޫ އަށް ޒޯންގައި ވަރުގަދަ ފެށުމެއް
ްމަނަދޫ ކޮޅަށް ގޯލު ޖެހުމަށް ފަހު ހިންނަވަރު ކުޅުންތެރިން އުފާފާޅުކުރަނީ. ފޮޓޯ: މަނަދޫ ކައުންސިލް

ހިންނަވަރާއި އިނގުރައިދޫ އަށް ޒޯންގައި ވަރުގަދަ ފެށުމެއް

ފަހުމިނެޓް
ފަހުމިނެޓް
5 ގަޑިއިރު ކުރިން • 25 ސެޕްޓެމްބަރު 2026

އެފްއޭއެމް ފުޓްސަލް މުބާރާތުގެ އުތުރުގެ ޒޯން ދޭއްގެ ކުޅުން މިއަދު ފެށިއިރު ފުރަތަމަ މެޗުތަކުން ޅ. ހިންނަވަރާއި ރ. އިނގުރައިދޫ މޮޅުވެއްޖެ އެވެ. 

އުތުރުގެ ޒޯން ދޭއްގައި ހަތް ޓީމު ވާދަކުރެ އެވެ. މެޗުތައް ކުރިއަށްދަނީ ނ. މަނަދޫގަ އެވެ. 

މި ޒޯނުގެ ކުޅުން ކުރިއަށްގެންދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ހިމެނެނީ ޒޯން ބުރުގެ މެޗުތައް ކުރިއަށްދާ މަނަދޫ އާއި ހިންނަވަރުގެ އިތުރުން އިނގުރައިދޫ އަދި ބ. ތުޅާދޫ އެވެ. 

ގްރޫޕް ބީގައި ހިމެނެނީ ބ. އޭދަފުއްޓާއި ރ. ދުވާފަރު އަދި ނ. މަގޫދޫ އެވެ. މި ތިން ޓީމަކީ ވެސް އަތޮޅު ޗެމްޕިއަންކަން ހޯދި ތިން ޓީމެވެ. 

ޒޯން ބުރުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ވާދަކުރީ ހިންނަވަރާއި މަނަދޫ އެވެ. މި މެޗު 5-0 ގެ ބޮޑު ތަފާތަކުން ކާމިޔާބުކުރީ ހިންނަވަރެވެ. މެޗުގައި ހިންނަވަރުން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި މަނަދޫން ވެސް ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރި އެވެ. 

މިރޭ ކުޅުނު މެޗުގައި އިނގުރައިދޫން ތުޅާދޫ ބަލިކުރީ 5-2 އިންނެވެ. މި މެޗުގައި ތުޅާދޫ އިން އިނގުރައިދޫ ހުއްޓުވަން ވަރަށް ހިތްވަރުކުރި އެވެ. އަދި މެޗުގައި ތުޅާދޫ އަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ލިބި ބޭކާރުވި އެވެ. 

އިނގުރައިދޫ ޓީމުގައި އެރަށަށް ނިސްބަތްވާ އަލީ ހާފިޒް (ހާއްޕެ) ގެ އިތުރުން ބިދޭސީ ފުޓްސަލް ތަރި އުލާން ވެސް ހިމެނެ އެވެ. މި ދެ ކުޅުންތެރިން ވެސް މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި އެވެ. 

ޒޯން ދޭއްގެ އުތުރު ޒޯންގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ އޭދަފުއްޓާއި ދުވާފަރެވެ. މިއީ ވާދަވެރި މެޗަކަށް ޔަގީނުން ވެސް ވާނެ އެވެ. 

ކޮންމެ ގްރޫޕަކުން ވެސް އެންމެ ކުރި ހޯދާ ދެ ޓީމު ސެމީ ފައިނަލަށް ހޮވޭއިރު، ފައިނަލުން ޖާގަ ހޯދާ ދެ ޓީމަށް އުތުރުގެ ސަރަހައްދީ ބުރުން ފުރުސަތު ލިބޭނެ އެވެ. 

https://www.fahuminet.com/tournaments/fam-futsal-north-zone-2

އުތުރުގެ ޒޯން ދޭއްގެ މެޗުތައް މަނަދޫގައި ކުރިއަށްދާއިރު އުތުރުގެ ޒޯން އެކެއްގެ މެޗުތައް ކުރިއަށްދާނީ ނައިވާދޫގަ އެވެ. 

އަތޮޅު ފުޓްސަލް ބުުރު ނިމުމަށް ފަހު މިހާރު ކުރިއަށްދަނީ ޒޯން ބުރުގެ މެޗުތަކެވެ. ޒޯން ބުރަށް ފަހު ކޮންމެ ސަރަހައްދެއްގައި ވެސް ސަރަހައްދީ ބުރު ކުރިއަށްދާނެ އެވެ. 

ކޮމެންޓްސް

Matches
5
Ongoing
1
Upcoming
Predict
Settings