ފުރަތަމަ ސަފްޙާ / ޚަބަރު / ފޯރިގަދަވާނެ ފައިނަލެއް ނިލަންދޫ އާއި ކުޑަހުވަދޫ އިން ފެންމަަތިކޮށްފި
ފޯރިގަދަވާނެ ފައިނަލެއް ނިލަންދޫ އާއި ކުޑަހުވަދޫ އިން ފެންމަަތިކޮށްފި

ފޯރިގަދަވާނެ ފައިނަލެއް ނިލަންދޫ އާއި ކުޑަހުވަދޫ އިން ފެންމަަތިކޮށްފި

ފަހުމިނެޓް
ފަހުމިނެޓް
9 ގަޑިއިރު ކުރިން • 24 ނޮވެމްބަރު 2026

އެފްއޭއެމް ފުޓްސަލް މުބާރާތުގެ ސެންޓްރަލް ޒޯން ދޭއްގެ ފައިނަލުން ފ. ނިލަންދޫ އާއި ދ ކުޑަހުވަދޫ ޖާގަ ހޯދައިފި އެވެ.

ޖުމްލަ ހަ ޓީމަކުން ވާދަކުރަމުން އައި މި ޒޯންގެ ފައިނަލުން ނިލަންދޫ ޖާގަ ހޯދީ ރޭ ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ވ. ކެޔޮދޫއާ ވާދަކޮށް 2-3 އިން މެޗު ކާމިޔާބުކޮށްގެންނެވެ. ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ކެޔޮދޫގެ މައްޗަށް ނިލަންދޫއިން ކުރި ހޯދީ ކެޔޮދޫއިން ދެ ފަހަރު މަތިން ލީޑް ނަގައިފައި ވަނިކޮށެވެ.

ރޭ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުވެސް ދިޔައީ ދެވަނަ މެޗު ހާ ވާދަވެރިކޮށެވެ. ކުޑަހުވަދޫއިން ފައިނަލްގެ ޖާގަ ކަށަވަރުކުރީ ފ. ދަރަނބޫދޫއާ ވާދަކޮށް 2-3 އިން މެޗު ކާމިޔާބުކޮށްގެންނެވެ.  ކުޑަހުވަދޫއިން މި މެޗުގައި ދަރަނބޫދޫ ބަލިކޮށްފައިވަނީ ދަރަނބޫދޫއިން ދެ ލަނޑު ޖަހައި ކުރި ހޯދާފައިވަނިކޮށް ފަހަތުން އަރަ އެވެ.

ދިވެހި ފުޓްބޯޅައިގެ އެންމެ ޝަރަފްވެރި ލީގު ކަމަށްވާ ދިވެހި ޕްރިމިއާ ލީފުގައި ވެސް މީގެ ކުރިން ވާދަކޮށްފައިވާ ނިލަންދޫ އާއި ކުޑަހުވަދޫ ވާދަވެރި ފުޓްސަލް ފައިނަލަކަށް މަގުކޮށައިފައިވާ އިރު މި ދެ ޓީމު ވާދަކުރާ ފައިނަލް މެޗު ކުޅޭ ގޮތަށް ހަމަޖެހިފައިޮވަނީ މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ރެ އެވެ.

އެފްއޭއެމުން އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ ޒޯން ފުޓްސަލް މުބާރާތްތަކުގެ ތެރެއިން މިހާތަނަށް ތިން މުބާރާތެއް ނިމިފައިވާއިރު އެންމެ ފަހުން ނިމިފައިވަނީ ރޭ ފައިނަލް ކުޅުނު ސައުތު ޒޯން ދޭއްގެ މުބާރާތެވެ. މި މުބާރާތުގެ ފައިނަލްގައި ރޭ ގދ. ވާދޫއާ ވާދަކޮށް 0-2 އިން މޮޅުވެގެން ފުވައްމުލަކުން ވަނީ އެ ޒޯންގެ ތަށި އުފުލާލައިފަ އެވެ.

https://fahuminet.com/tournaments/fam-futsal-central-zone-2

މިހާތަނަށް އައިއިރު ފައިނަލްގައި ކުޅޭ ޓީމުތައް ކަށަވަރު ނުވެ އޮތް ހަމައެކަނި ޒޯން ކަމަށްވާ ސައުތު ޒޯން އެކެއްގެ ސެމީ ފައިނަލް މެޗުތައް މިރޭ ތިމަރަފުށި ގައި ކުޅޭގޮތަށް ހަމަޖެހިފައިވާއިރު މިރޭ ކުޅޭ ސެމީގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ތ. ތިމަރަފުއްޓާއި ލ. އިސްދޫ އެވެ. ދެވަނަ ސެމީ ފައިނަލްގައި ކުޅޭނީ ތ. ވޭމަންޑޫ އާއި ގއ. ދެއްވަދޫ އެވެ. 

ސެންޓްރަލް ޒޯން އެކެއްގެ ފައިނަލުން ކ. ގާފަރާއި، އއ، ބޮޑުފޮޅުދޫ ޖާގަ ހޯދައިފައިވާއިރު އެ ދެ ޓީމުގެ ކުރިމަތިލުން އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭ ކ. ހިންމަފުށީގަ އެވެ.

 

ކޮމެންޓްސް

Matches
7
Ongoing
Upcoming
Predict
Settings