DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ށ. ގޮއިދޫ ސްޕޯޓްސް ފިއެސްޓާ: ފުރަތަމަ މޮޅު ހޯދައި ވީރުން އުންމީދު އާކޮށްފި
ށ. ގޮއިދޫ ސްޕޯޓްސް ފިއެސްޓާ: ފުރަތަމަ މޮޅު ހޯދައި ވީރުން އުންމީދު އާކޮށްފި
ވީރު ކުޅުނު ފުރަތަމަ މެޗުގައި އެޓީމުގެ ކުޅުންތެރިން. ދެ ވަނަ މެޗުގައި އޯކިޑް އަތުން ވީރު ވަނީ މޮޅުވެފަ. ފޮޓޯ: ގޮއިދޫ ކައުންސިލް

ށ. ގޮއިދޫ ސްޕޯޓްސް ފިއެސްޓާ: ފުރަތަމަ މޮޅު ހޯދައި ވީރުން އުންމީދު އާކޮށްފި

ފަހުމިނެޓް
ފަހުމިނެޓް
12 ގަޑިއިރު ކުރިން 21 ސެޕްޓެމްބަރު 2026

ށ. ގޮއިދޫގައި މިހާރު ކުރިއަށްދާ ސްޕޯޓްސް ފިއެސްޓާގެ ބަށި މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗު ވީރު ކާމިޔާބުކޮށްފި އެވެ. 

އިއްޔެގެ މެޗުގައި ބައްދަލުކުރީ ވީރު އާއި އޯކިޑް އެވެ. މި މެޗުގައި ވީރުން 13 ލަނޑު 11 ފޯލި ހަދާފައިވެ އެވެ. އޯކިޑަށް ހެދުނީ 13 ލަނޑު 9 ފޯއްޔެވެ. މިއާއެކު ވީރަށް މެޗު ލިބުނީ ކުޑަ ފަރަގަކުންނެވެ. މިއީ މުބާރާތުގައި މިހާތަނަށް އެންމެ ވާދަވެރިކޮށް ފެނުނު މެޗެވެ. 

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އޯކިޑްގެ ފާއިޒާ ސައީދު އެވެ. 

ވީރު ވަނީ ފުރަތަމަ މެޗުގައި އަޒުމް އަތުން ބަލިވެފަ އެވެ. އަދި އިއްޔެގެ މެޗުން ބަލިވުމާ އެކު އޯކިޑް މިވަނީ ފުރަތަމަ ދެ މެޗުން ވެސް ބަލިވެފަ އެވެ. ފުރަތަމަ މެޗުގައި އެޓީމު ބަލިވީ ގްރީން ވިންގްސްއާ ވާދަކޮށެވެ. 

މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރީން ވިންގްސް އާއި އަޒުމް އެވެ. މި ދެ ޓީމު ވެސް ވަނީ ފުރަތަމަ މެޗު ކާމިޔާބުކޮށްފަ އެވެ. އެހެންވެ މިއަދުގެ މެޗު ވެގެންދާނީ ޔަގީނުން ވެސް ވާދަވެރި މެޗަކަށެވެ. 

ސްޕޯޓްސް ފިއެސްޓާގެ ބަށި މުބާރާތުގެ ފައިނަލަށް ހޮވޭނީ ލީގު ބުރުން އެންމެ ކުރި ހޯދާ ދެ ޓީމެވެ. މި ދެޓީމުގެ މެދުގައި ކުޅޭ ފައިނަލް މެޗު އޮންނާނީ ސެޕްޓެމްބަރު 25 ވަނަ ދުވަހު އެވެ. 

ކޮމެންޓްސް

Matches
4
Ongoing
1
Upcoming
Predict
Settings