DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ގްރީން ވިންގްސް އުދުހިލާފައި ގޮސް އޯކިޑް ބިނދެލައިފި
ގްރީން ވިންގްސް އުދުހިލާފައި ގޮސް އޯކިޑް ބިނދެލައިފި
ގްރީން ވިންގްސް އިން އޯކިޑް ބަލިކުރި މެޗުގެ ތެރެއިން. ފޮޓޯ: ގޮއިދޫ ކައުންސިލް

ގްރީން ވިންގްސް އުދުހިލާފައި ގޮސް އޯކިޑް ބިނދެލައިފި

ފަހުމިނެޓް
ފަހުމިނެޓް
59 މިނެޓް ކުރިން 20 ސެޕްޓެމްބަރު 2026

ށ. ގޮައިދޫގައި މިހާރު ކުރިއަށްދާ ސްޕޯޓްސް ފިއެސްޓާގައި ހިމެނޭ ބަށި މުބާރާތުގެ ކުޅުން ކުރިއަށްދާއިރު، ދެ ވަނަ މެޗުގައި ގްރީން ވިންގްސް އިން އޯކިޑް ބަލިކޮށްފި އެވެ. 

އިއްޔެ ހަވީރު ކުޅުނު މެޗުން ގްރީން ވިންގްސް މޮޅުވީ 17 ލަނޑު 8 ލަނޑުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ގްރީން ވިންގްސް ޓީމުގެ އާމިނަތު ނަޒީރާ އެވެ. 

މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ވީރު އާއި އޯކިޑެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އަޒުމް ވަނީ ވީރު ބަލިކޮށްފަ އެވެ.

ފުރަތަމަ މެޗުން ބަލިވެފައި އޮތުމާއެކު، މިއަދުގެ މެޗަކީ ވީރު އާއި އޯކިޑަށް ވެސް ވަރަށް މުހިއްމު މެޗެކެވެ. 

https://www.facebook.com/permalink.php?story_fbid=pfbid02KeN4R1h7hmHvfzvUrpDwsZGJSXciiuZncoCLaqqinj2SAcMEH4YsviexmSWQDhYAl&id=100092262240406&__cft__[0]=AZjwkzeDSAXPex6rZcNZ64d03QaYSzIMk2TeKPYrdARuVL-so-l4LeDMgVjdl3TVdAJdo3BSbyL7qze7mFDzdCXEpdunVwz-KhuZGOxNZE5D_DirAdssG5Uq69eW_5JMs2hD2TzfcnqWbf2vGxg_UhRKQNN-Z7rwJzLTaYrM5Q8prcbEQONagYe319E&__tn__=%2CO%2CP-R

މި މުބާރާތުގެ ފައިނަލަށް ހޮވޭނީ ހަތަރު ޓީމުގެ މެޗުގައި ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ކުރި ހޯދާ ދެ ޓީމެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 25 ވަނަ ދުވަހު އެވެ. 

ށ. ގޮއިދޫ ސްޕޯޓްސް ފިއެސްޓާގެ ފޯރިގަދަ ފުޓްސަލް މުބާރާތް މިހާރު ވަނީ ނިމިފަ އެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އެފްސީ ޔުނީކް ބޯއީޒް އެވެ. 

މިފަހަރުގެ ބަށި މުބާރާތަކީ ސްޕޯޓްސް ފިއެސްޓާގައި ހިމަނައިގެން ކައުންސިލުން ކުރިއަށްގެންދާ ފުރަތަމަ ބަށި މުބާރާތެވެ. ގޮއިދޫ އަކީ ބަށި ކުޅުމުގައި ފާހަގަކޮށްލެވޭ، މީގެކުރިން ބޮޑެތި ބަށި މުބާރާތްތައް ބާއްވާފައިވާ ރަށެކެވެ. 

ކޮމެންޓްސް

Matches
4
Ongoing
1
Upcoming
Predict
Settings