DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ބަށްޓާއި، ފުޓްސަލް ހިމަނައިގެން ށ. ގޮއިދޫ ސްޕޯޓްސް ފިއެސްޓާ މިއަދު ފަށަނީ
ބަށްޓާއި، ފުޓްސަލް ހިމަނައިގެން ށ. ގޮއިދޫ ސްޕޯޓްސް ފިއެސްޓާ މިއަދު ފަށަނީ
ގޮއިދޫ ކައުންސިލް ފުޓްސަލް މުބާރާތުގެ 2024 ވަނަ އަހަރުގެ ޗެމްޕިއަން ޓީމް. ސްޕޯޓްސް ފިއެސްޓާ މިއަދު ހަވީރު އެރަށުގައި ފަށާނެ. ފޮޓޯ: ގޮއިދޫ ކައުންސިލް

ބަށްޓާއި، ފުޓްސަލް ހިމަނައިގެން ށ. ގޮއިދޫ ސްޕޯޓްސް ފިއެސްޓާ މިއަދު ފަށަނީ

ފަހުމިނެޓް
ފަހުމިނެޓް
2 ގަޑިއިރު ކުރިން 10 ސެޕްޓެމްބަރު 2026

ށ. ގޮއިދޫ ކައުންސިލުން އިންތިޒާމުކޮށްގެން އެރަށުގައި ކުރިއަށްގެންދާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2026 މިއަދު ފަށާނެ އެވެ. 

ގޮއިދޫގައި ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މި ސްޕޯޓްސް ފިއެސްޓާގައި މިއަހަރު ފުޓްސަލް މުބާރާތުގެ ބަށި މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މިއަދު ފަށާނީ ފިއެސްޓާގައި ހިމެނޭ ފޯރިގަދަ ފުޓްސަލް މުބާރާތެވެ. 

މިއީ ގޮއިދޫ ކައުންސިލުން ފުޓްސަލް މުބާރާތް ބާއްވާ ނުވަ ވަނަ އަހަރެވެ. މި މުބާރާތުގައި ރާއްޖޭގެ މަޝްހޫރު ފުޓްސަލް ކުޅުންތެރިންގެ އިތުރުން އަތޮޅުތެރެއިން ފާހަގަކޮށްލެވޭ މަޝްހޫރު ކުޅުންތެރިން ވެސް ކުޅޭނެ އެވެ. 

މިއަހަރު ބާއްވާ ބަށި މުބާރާތަކީ މި ފިއެސްޓާގައި މުޅިން އަލަށް ހިމެނި ކުޅިވަރެކެވެ. ބަށި ކުޅުމަކީ މީގެކުރިން އެރަށުގައި ފޯރި އާއި ޖޯޝާ އެކު ކުރިއަށްދިޔަ ކުޅިވަރެކެވެ. 

ގޮއިދޫ ކައުންސިލުން ބުނިގޮތުގައި ސްޕޯޓްސް ފިއެސްޓާ ބޭއްވުމުގެ މައިގަނޑު މަގްސަދަކީ އެރަށުގެ ދެ ޖިންސުގެ ޒުވާނުންގެ މެދުގައި ކުޅިވަރު ކުޅުމަށް ލޯބި ޖެއްސުމާއި އެފަރާތްތަކުގެ ހުނަރު ތަރައްގީކުރުމަށް ފުރުސަތުތައް ފަހިކޮށްދިނުމާއެކު ސިއްހީގޮތުން ދުޅަހެޔޮކަން އާލާކުރުމެވެ. 

މީގެ އިތުރުން މި ފިއެސްޓާގެ ތެރެއިން ކުޅޭ ފުޓްސަލް މުބާރާތަކީ މިރަށުގައި ބޭއްވޭ އެންމެ ބޮޑު މުބާރާތަށްވުމާއި، ފުޓްސަލްއަކީ މުޅިރާއްޖޭގެ ޒުވާނުންގެ މެދުގައިވެސް އެންމެ ފޯރިއާއި ޖޯޝާއެކު ކުޅެމުން އަންނަ ކުޅިވަރަށްވާތީ، އަދި މިފަދަ މުބާރާތެއް ބޭއްވުމުގެ ސަބަބުން އެކި ފަންތީގެ ކުޅުންތެރިންނާއިއެކު ކުޅެ ތަޖުރިބާ ހޯދުމުގެ ފުރުސަތުތައް ހޯދައިދިނުމާއި، ޒުވާނުންނަށްވެސް ވާދަވެރި، މާހައުލެއްގައި ފެންވަރު ރަނގަޅު އިންތިޒާމުތަކާއެކު ބޭއްވޭ މުބާރާތެއްގެ ތެރެއިން މުބާރާތުގައި ކުޅުމުގެ ފުރުސަތު ފަހިކޮށްދިނުން

ސްޕޯޓްސް ފިއެސްޓާ ބާއްވާ މަގްސަދާ ގުޅޭގޮތުން ގޮއިދޫ ކައުންސިލުން އިތުރަށް ބުނެފައިވެއެވެ. 

ފޯރިގަދަ ބަށި މުބާރާތެއް ބާއްވަން ކައުންސިލުން ނިންމިއިރު، މީގެކުރިން އެރަށުގައި ވަނީ ދާއިރާ ބަށި ބޯޅަ މުބާރާތް ވެސް ވަރަށް ވަރުގަދަ ރޫހަކާ އެކު ބާއްވައިފަ އެވެ. އެހެންވެ، އަންހެން ކަނބަލުންގެ މެދުގައި ކުރިން އޮތް އެ ޖޯޝާއި ފޯރި އަލުން ގެނައުމަކީ މިފަހަރު ބަށި މުބާރާތެއް ސްޕޯޓްސް ފިއެސްޓާގައި ހިމެނި މުހިއްމު ސަބަބެކެވެ. 

ފުޓްސަލް މުބާރާތް: 

ގޮއިދޫ ފުޓްސަލް މުބާރާތުގައި 6 ޓީމު ވަނީ ބައިވެރިވެފަ އެވެ. އެއީ ކްލަބް ބައިސާ، އެފްޓީ ކިންގްސް، ޔުނިޓި ރެކްރިއޭޝަން ކްލަބް، އެފްސީ ޔުނީކް ބޯއީޒް، ރޯޔަލް ޗެލެންޖާސް އަދި އެމްޓީ ސްޕޯޓްސް ކްލަބެވެ. 

މުބާރާތް ކުރިއަށްދަނީ ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ކުރި ހޯދާ ދެ ޓީމަށް ފައިނަލުގެ ފުރުސަތު ލިބޭ ގޮތަށެވެ. 

https://www.fahuminet.com/tournaments/sh-goidhoo-council-sports-fiesta-futsal

މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރާނީ އެފްސީ ޔުނީކް ބޯއީޒް އާއި ކްލަބް ބައިސާ އެވެ. މިރޭ ކުޅޭ އެއް މެޗުގައި އެމްޓީ ސްޕޯޓްސް ކްލަބާއި ރޯޔަލް ޗެލެންޖާސް ވާދަކުރާއިރު އަނެއް މެޗުގައި ޔުނިޓީ އާރްސީ ނުކުންނާނީ އެފްޓީ ކިންގްސްއާ ދެކޮޅަށެވެ. 

ލީގު ބުރުގެ މެޗުތަކަށް ފަހު އެންމެ ކުރި ހޯދާ ދެ ޓީމު ވާދަކުރާ ފައިނަލް މެޗު އޮންނާނީ ސެޕްޓެމްބަރު 16 ވަނަ ދުވަހު އެވެ. 

ގޮއިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާގެ މިއަހަރުގެ މީޑިއާ ޕާޓްނަރަކީ "ފަހުމިނެޓް" އެވެ. މި ނޫހުން ފުޓްސަލް މުބާރާތުގެ ލައިވްސްކޯގެ އިތުރުން މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް ތާޒާކަމާއެކު ގެނެސްދޭނެ އެވެ. 

ކޮމެންޓްސް

Matches
7
Ongoing
1
Upcoming
Predict
Settings