ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު ލީގު، ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިރޭ ފަށާނެ އެވެ.
މިފަހަރުގެ ލީގުގައި 10 ޓީމު ވާދަކުރާއިރު، ފުރަތަމަ މެޗުގައި މިރޭ ވާދަކުރާނީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އޮޑި ސްޕޯޓްސް ކްލަބެވެ.
މި ދެޓީމުގެ އިތުރުން ލީގުގައި ވާދަކުރަނީ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ގދ. ގައްދޫ ސްޕޯޓްސް ކްލަބް، ވިކްޓްރީ ސްޕޯޓްސް ކްލަބް، ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް އީގަލްސް، ބިސް ބުރު ސްޕޯޓްސް ކްލަބް، ބުރު ސްޕޯޓްސް ކްލަބް އަދި ހއ. ދިއްދޫ ސްޕޯޓްސް ކްލަބެވެ.
މި ޓީމުތަކުގެ ތެރެއިން ދިއްދޫ އާއި ގައްދޫ އަދި ބިސް ބުރަކީ މިފަހަރު އަލަށް ޕްރޮމޯޓްވި ޓީމުތަކެވެ.
https://www.fahuminet.com/tournaments/dhivehi-premier-league-202627
މިފަހަރުގެ ދިވެހި ޕްރިމިއާ ލީގު ތަފާތުވާ އެންމެ ބޮޑު ސަބަބަކީ ވެސް މުބާރާތުގައި އަތޮޅުތެރޭގެ ޓީމުތައް ހިމެނުމެވެ. ގައްދޫ އާއި ދިއްދޫ ލީގުން ފުރުސަތު ހޯދީ އަތޮޅު މުބާރާތުގައި ވާދަކޮށް ރީޖަން ބުރު ވެސް ހުރަސްކޮށް ދިވެހި ޕްރިމިއާ ލީގުގެ ކޮލިފައިންގެ ގަދަ ހަތަރު ޓީމުގ ެތެރޭގައި ހިމެނިގެންނެވެ. އަދި ބިސް ބުރަކީ ވެސް މާލެ ސަރަހައްދުން މުބާރާތުގައި ވާދަކޮށް ދިވެހި ޕްރިމިއާ ލީގުން ޖާގަ ހޯދި ޓީމެކެވެ.
މިފަހަރުގެ ލީގު މެޗުތައް ރާވާފައިވާގޮތުން، ގައްދޫ އާއި ދިއްދޫގައި މެޗުތައް ކުޅޭގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެހެންވެ މި މެޗުތައް ކުޅުމަށް ފުރަތަމަ ޑިވިޝަނުގެ ޓީމުތަކުން އެެ ރަށްތަކަށް ދަތުރުކުރާނެ އެވެ.
މިފަހަރުގެ ފުޓްބޯޅަ ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ، ކަޕް ވިނާސް ކަޕް ކާމިޔާބުކުރީ މާޒިޔާ ސްޕޯޓްސް އިންނެވެ. އަދި އޭގެކުރިން ސީޒަން ހުޅުވަން ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މެޗު ވެސް ކާމިޔާބުކުރީ މާޒިޔާ އިންނެވެ. މި ދެ ކާމިޔާބީ ވެސް މާޒިޔާ އިން ހޯދީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ބަލިކޮށްގެންނެވެ.
"ފަހުމިނެޓް" ޕްރެޑިކްޝަން ޗެލެންޖުން އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު:
މިފަހަރުގެ ދިވެހި ޕްރިމިއާ ލީގަށް "ފަހުމިނެޓް" އިން ވަނީ ޕްރެޑިކްޝަން ޗެލެންޖެއް ހުޅުވާލާފަ އެވެ.

މި ޗެލެންޖުގައި ސްކޯ ދިމާކޮށް އެއް ވަނަ އަށް ހޮވޭ ފަރާތަކަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މި އިނާމަކީ މުޅި ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް ދޭ އިނާމެކެވެ.
ޕްރެޑިކްޝަން ލިންކް: https://www.fahuminet.com/predict