ފުރަތަމަ ސަފްޙާ / ޚަބަރު / ވެލާ ސްޕޯޓްސް އިން ފޯމު ދަމަހައްޓައި، ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި
ވެލާ ސްޕޯޓްސް އިން ފޯމު ދަމަހައްޓައި، ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި
މިއަދުގެ މެޗުގައި ގޯލު ޖެހުމަށް ފަހު ވެލާ ސްޕޯޓްސްގެ ކުޅުންތެރިން އުފާފާޅުކުރަނީ. ފޮޓޯ: ވެލާ ސްޕޯޓްސް

ވެލާ ސްޕޯޓްސް އިން ފޯމު ދަމަހައްޓައި، ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި

ފަހުމިނެޓް
ފަހުމިނެޓް
16 ގަޑިއިރު ކުރިން 8 ސެޕްޓެމްބަރު 2026

އޭދަފުށި ކަޕްގައި މިއަދު ހަވީރު ކުޅުނު މެޗުގައި ވެލާ ސްޕޯޓްސް ކްލަބުން ޓީމް މިޑްލް އީސްޓް ބަލިކޮށް ފައިނަލުގެ ޖާގައެއް ހޯދުމުގެ ފުރުސަތު ބޮޑުކޮށްފި އެވެ. 

އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗު ވެލާ ސްޕޯޓްސް އިން ކާމިޔާބުކުރީ 0-3 އިންނެވެ. 

މިއަދުގެ މެޗުގެ ފުރަތަމަ ހާފު ވެލާ ސްޕޯޓްސް އިން ނިންމާލީ އެއް ގޯލު ކުރީގައި އޮވެގެންނެވެ. މި ގޯލު 14 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަހުމަދު ޖައުޝާން އަބްދުﷲ (ޖައު) އެވެ. ހުސައިން ޝަރީފް ޖައްސާލި ބޯޅަ އޭރިޔާ ބޭރުގައި ހުރެފައި ކޮންޓްރޯލް ކޮށްލުމަށް ފަހު ޖައުޝަން ބޯޅަ ވައްދާލީ ގޯލުގެ ތިރީ ކަނަށެވެ. 

ވެލާ ސްޕޯޓްސް އިން މެޗުގެ ލީޑު ފުޅާކުރީ ދެ ވަނަ ހާފު ފެށިގެން ދެ ވަނަ މިނެޓުގަ އެވެ. މި ގޯލު ވެސް ކާމިޔާބުކޮށްދިނީ ޖައުޝަން އެވެ. އޭރިޔާ ބޭރުން ލިބުނު ބޯޅަ ޖައުޝަން ގޯލަށް ވައްދާލީ ކީޕަރު ބޯމަތިން ޖަހަ އެވެ. 

ވެލާ ސްޕޯޓްސްގެ ތިން ވަނަ ގޯލު 55 ވަނަ މިނެޓުގައި ޖެހީ އަހުމަދު ޝުހައިލް (ބަންބުޗް) އެވެ. މިއީ ޖައުޝަން ޖައްސާލި ބޯޅައެއް އޭރިޔާ ތެރޭ ހުުހަށް ހުރެ ބަންބުޗް ވައްދާލި ގޯލެކެވެ. 

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ދެ ގޯލު ޖެހި ޖައުޝަން އެވެ. 

އޭދަފުށި ކަޕްގައި ހަތަރު ޓީމު ވާދަކުރާއިރު ލީގު ބުރުގެ އެއް ވަނަ ހޯދާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭނެ އެވެ. ވެލާ ސްޕޯޓްސް އިން ވަނީ ފުރަތަމަ މެޗުގައި 1-5 އިން ހުސް ސޮނގުން ފުޓްބޯޅަ ޓީމު ބަލިކޮށްފަ އެވެ. 

ލީގު ބުރުގެ ފަހު މެޗުގައި ވެލާ ސްޕޯޓްސް ނުކުންނާނީ ހުކުރު ދުވަހު އިރުމަތި އެފްސީއާ ދެކޮޅަށެވެ. އޭގެކުރިން އިރުމަތި އެފްސީ އާއި ހުސް ސޮނގުން ވާދަކުރާ މެޗު މާދަމާ ކުޅޭނެ އެވެ. 

ދެ މެޗުން މޮޅުވުމާ އެކު ލީގު ބުރުގެ އެއް ވަނަ ހޯދުމުގެ ފުރުސަތު ވެލާ ސްޕޯޓްސް އަށް ވަނީ ބޮޑުވެފަ އެވެ. 

https://fahuminet.com/tournaments/eydhafushi-cup-2026

އޭދަފުށި ކަޕްގެ ފައިނަލުގެ ދެ ވަނަ ޖާގަ ލިބޭނީ ލީގު ބުރުގެ ދެ ވަނަ އާއި ތިން ވަނަ ޓީމު ވާދަކުރާ މެޗުން މޮޅުވާ ޓީމަކަށެވެ. އެ މެޗު ސެޕްޓެމްބަރު 13 ވަނަ ދުވަހު ކުޅޭއިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 15 ވަނަ ދުވަހު އެވެ. 

އޭދަފުށި ކަޕް ފުޓްބޯޅަ މުބާރާތް ފެށީ 2021 ވަނަ އަހަރު އެވެ. ފުރަތަމަ ދެ އަހަރުގެ ޗެމްޕިއަންކަން ހޯދީ އެރަށު އެމްއޭ ޔުނައިޓެޑެވެ. ތިން ވަނަ މުބާރާތުގެ ޗެމްޕިއަންކަން ހުސް ސޮންގުން ހޯދިއިރު މިދިޔަ ދެ އަހަރުގެ މުބާރާތް ކާމިޔާބުކުރީ ވެލާ ސްޕޯޓްސް އިންނެވެ.  

ތިން ވަނަ ފަހަރަށް ތަށި ހޯދަން ވެލާ ސްޕޯޓްސް އިން މިއަހަރުގެ ވަނީ ޓީމު އިތުރަށް ވަރުގަދަކޮށްފަ އެވެ. 

ކޮމެންޓްސް

Matches
3
Ongoing
5
Upcoming
Predict
Settings