ފުރަތަމަ ސަފްޙާ / ޚަބަރު / ފޯރިގަދަ ފައިނަލަކަށް ފަހު ބ. އަތޮޅުގެ ތަށި އޭދަފުއްޓަށް، ކިންގަކީ ސައްޓު
ފޯރިގަދަ ފައިނަލަކަށް ފަހު ބ. އަތޮޅުގެ ތަށި އޭދަފުއްޓަށް، ކިންގަކީ ސައްޓު
އެފްއޭއެމް ފުޓްސަލްގެ ބ. އަތޮޅުގެ ޗެމްޕިއަން ޓްރޮފީ އޭދަފުށިން އުފުލާލަނީ. ފޮޓޯ: ކްލަބް މޯލްޑިވްސް

ފޯރިގަދަ ފައިނަލަކަށް ފަހު ބ. އަތޮޅުގެ ތަށި އޭދަފުއްޓަށް، ކިންގަކީ ސައްޓު

ފަހުމިނެޓް
ފަހުމިނެޓް
4 ގަޑިއިރު ކުރިން 16 އޮގަސްޓް 2026

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ފުރަތަމަ ފަހަރަށް ބާއްވަން ފެށި އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕްގެ ބ. އަތޮޅުގެ ޗެމްޕިއަންކަން އޭދަފުށިން ހޯދައިފި އެވެ. 

ފުޓްސަލްގައި ވެސް މަޝްހޫރުކަން ހޯދާފައިވާ އޭދަފުށިން އަތޮޅު ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި ތުޅާދޫއާ ވާދަކޮށް 0-2 އިން މޮޅުވެގެންނެވެ. 

އޭދަފުށީ ފުޓްސަލް ސްޓޭޑިއަމްގައި ކުޅުނު މެޗު ބެލުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ދިޔަ އެވެ. މައުލޫމާތު ލިބުނު ގޮތުގައި ތުޅާދޫ އިން އެކަނި ވެސް 600 އަށް ވުރެ ގިނަ މީހުން ފައިނަލް ބަލަން އޭދަފުއްޓަށް ދިޔަ އެވެ. އަދި އަތޮޅުގެ އެހެން ރަށްރަށުގެ މީހުން ވެސް ފައިނަލަށް އެރަށަށް ދިޔަ އެވެ. 

އޭދަފުށި ޗެމްޕިއަންކަން ހޯދީ ފުރަތަމަ ހާފުގައި ގާތްގާތުގައި ޖެހި ދެގޯލާ އެކު އެވެ. އެޓީމުގެ ފުރަތަމަ ގޯލު ޖެހީ މުހައްމަދު ފާސިރު (ފާއްޓެ) އެވެ. ދެ ވަނަ ގޯލު އޭގެ މިނެޓެއް ފަހުން ޖެހީ އިޝާން އިބްރާހީމް (ސައްޓު) އެވެ. 

ބ. އަތޮޅު ބުރުގެ އެންމެ މޮޅު ފަސް ކުޅުންތެރިން. ފޮޓޯ: ކްލަބް މޯލްޑިވްސް
ބ. އަތޮޅު ބުރުގެ އެންމެ މޮޅު ފަސް ކުޅުންތެރިން. ފޮޓޯ: ކްލަބް މޯލްޑިވްސް

އޭދަފުށިން ޗެމްޕިއަންކަން ހޯދިއިރު އެންމެ ފާހަގަކުރެވުނީ އެޓީމަށް ދިމާވި ކީޕަރުންގެ ދަތިކަން ހައްލުކުރުމަށް އިންޑިއާގެ ގައުމީ ފުޓްސަލް ޓީމުގެ ކީޕަރު ގެނައުމެވެ. އެޓީމުގެ އެއް ނަންބަރު ކީޕަރަކީ އަބްދުﷲ ނާސިހު އެވެ. ބަދަލު ކީޕަރަކީ މުހައްމަދު ޝާން އެވެ. މުބާރާތް ފެށި ދުވަސްވަރު އަމިއްލަ ކަމެއްގައި މި ދެކީޕަރުން ވެސް ތިބީ ރާއްޖޭން ބޭރުގަ އެވެ. އެހެންވެ، ރަނގަޅު ކީޕަރެއް ހޯދަން އެރަށަށް މަޖުބޫރުވި އެވެ. 

ނާސިހު އަކީ ގޯލްޑަން ފުޓްސަލް އިން އެންމެ ފަހުން ހޮވި ރާއްޖޭގެ އެންމެ މޮޅު ފުޓްސަލް ގޯލްކީޕަރެވެ. އޭނާ ނެތްތައް ފޫބައްދަން އިންޑިއާ ގައުމީ ފުޓްސަލް ޓީމުގެ ކީޕަރު ސިލްވާ އޮޒެން ވިވިއަން އޭދަފުށިން ގެނައީ ސެމީ ފައިނަލާ ހަމައިންނެވެ. އޮޒެން ވިވިއަން ވަނީ ސެމީ އާއި ފައިނަލުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. 

ވާދަވެރިކޮށް ފެނުނު ބ. އަތޮޅު ފުޓްސަލް މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސައްޓު އެވެ. އޭދަފުށިން ޗެމްޕިއަންކަން ހޯދި ދަތުރުގައި ސައްޓު ވަނީ މިފަހަރުވެސް މޮޅު ކުޅުމެއް ދައްކައި މުހިއްމު ގޯލުތަކެއް ޖަހައިފަ އެވެ. 

ބ. އަތޮޅު ފުޓްސަލްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާ ސައްޓު ހަވާލުވަނީ. ފޮޓޯ: ކްލަބް މޯލްޑިވްސް
ބ. އަތޮޅު ފުޓްސަލްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާ ސައްޓު ހަވާލުވަނީ. ފޮޓޯ: ކްލަބް މޯލްޑިވްސް

މުބާރާތުގެ ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި ސައްޓުގެ އިތުރުން ހިމެނުނީ އެޓީމުގެ ފާއްޓެ އާއި އިމްތިސާލް އަބްދުއްރަހީމްގެ އިތުރުން ތުޅާދޫގެ އާދިލް އަބްދުއްރަހްމާން އަދި ތުޅާދޫގެ ގޯލްކީޕަރު އިސްމާއީލް ރަޝީދު އެވެ. 

އެންމެ މޮޅު ކޯޗުގެ މަގާމް ހޯދީ އޭދަފުށީގެ ކޯޗު މުހައްމަދު ފުހައިދު (ޑޯޓު) އެވެ. 

https://www.fahuminet.com/tournaments/fam-b-atoll-futsal-championship

އަތޮޅު ބުރުގެ ޗެމްޕިއަން އޭދަފުއްޓާއި ރަނަރަޕް ތުޅާދޫ ވަނީ ޒޯން ބުރަށް ކޮލިފައިވެފަ އެވެ. 

އެފްއޭއެމް އެޓޯލް ފުޓްސަލްގެ ދެ އަތޮޅުގެ ކުޅުން މިހާތަނަށް ވަނީ ނިމިފަ އެވެ. އޭދަފުށީގެ އިތުރުން އަތޮޅު ޗެމްޕިއަންކަން ހޯދީ ހއ. އިހަވަންދޫ އެވެ. ދެ ރަށުން ވާދަކުރި ހއ. އަތޮޅު ފައިނަލްގެ ޗެމްޕިއަންކަން އިހަވަންދޫން ހޯދީ ފައިނަލުގައި ހއ. ފިއްލަދޫ ބަލިކޮށްގެންނެވެ. 

ކޮމެންޓްސް

Matches
6
Ongoing
6
Upcoming
Predict
Settings