ފުރަތަމަ ސަފްޙާ / ޚަބަރު / ޗެލެންޖާސްގެ ދެ ވަނަ ފައިނަލް ކާމިޔާބުކުރަން ތަފާތު ފޯމެއްގައި އޮތް ގުޒެލްއާ ދެކޮޅަށް
ޗެލެންޖާސްގެ ދެ ވަނަ ފައިނަލް ކާމިޔާބުކުރަން ތަފާތު ފޯމެއްގައި އޮތް ގުޒެލްއާ ދެކޮޅަށް
ލީގު ބުރުގައި ގުޒެލް އާއި ޗެލެންޖާސް ވާދަކުރި މެޗުގެ ތެރެއިން. ފައިނަލުގައި މި ދެޓީމު މިރޭ ވާދަކުރާނެ. ފޮޓޯ: މާޅެންދޫ ކައުންސިލް

ޗެލެންޖާސްގެ ދެ ވަނަ ފައިނަލް ކާމިޔާބުކުރަން ތަފާތު ފޯމެއްގައި އޮތް ގުޒެލްއާ ދެކޮޅަށް

ފަހުމިނެޓް
ފަހުމިނެޓް
5 ގަޑިއިރު ކުރިން 6 ސެޕްޓެމްބަރު 2026

ނ. މާޅެންދޫގައި މިހާރު ކުރިއަށްދާ ހޭންޑްބޯލް މުބާރާތުގެ ފައިނަލްގައި މިރޭ ގުޒެލް އާއި ޗެލެންޖާސް ވާދަކުރަން ތައްޔާރުވެއްޖެ އެވެ.

މާޅެންދޫ ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން މިދިޔަ އަހަރު ބާއްވަން ފެށި ހޭންޑްބޯލް މުބާރާތުގެ ފައިނަލުން މިދިޔަ އަހަރުގެ ރަނަރަޕް މަގާމު ހޯދި ޗެލެންޖާސް މިފަހަރުގެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ މުބާރާތުގައި އެ ޓީމު ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށްގެންނެވެ.

މުބާރާތުގައި ޗެލެންޖާސް އިން ކުޅުނު ތިން މެޗުގައި ޖުމްލަ 41 ގޯލް ކާމިޔާބުކޮށްފައިވާއިރު އެ ޓީމު ކޮޅަށް މި މުބާރާތުގައި 52 ގޯލް ވަނީ ވަދެފަ އެވެ.

މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ގުޒެލްއިން ފައިނަލްގެ ޖާގަ ކަށަވަރުކޮށްފައިވަނީ އެ ޓީމު ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެންނެވެ. ގުޒެލްއިން މި މުބާރާތުގައި މިހާތަނަށް ޖުމްލަ 92 ގޯލް ކާމިޔާބުކޮށްފައިވާއިރު އެ ޓީމު ކޮޅަށް ވަދެފައިވަނީ 44 ގޯލެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ގުޒެލްއާއި ޗެލެންޖާސް ވާދަކުރި މެޗު ގުޒެލްއިން ކާމިޔާބުކޮށްފައިވަނީ 14-35 އިންނެވެ. މިއީ ގުޒެލްއިން މުބާރާތުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެންމެ ބޮޑު ފަރަގަކާއެކު ނިންމާލި މެޗެވެ.

https://www.facebook.com/permalink.php?story_fbid=pfbid02Yd97PJHcAYv5rmn6subMoH5bSjQFRDSAH9KDCZaetGxuAKHtiYMdU6zyDU1nyMLfl&id=100094286197374&__cft__[0]=AZg3qSuzno-oqR64LheMSLOvMunfeeDeThLL3I7kLVn38Eve48o0VfKXhIJ-16KKtGnE6rxhLufK2dH3Py4621ceohz6KUNcyX5tdJb-vDI5DgmiGuueZ3WnygJ3YF64XxHXQXf5Fs0qU3a6_gu0FKeAb0CIg9rPsAAUt-rgnaqes1qRTWfqYuWoBg&__tn__=%2CO%2CP-R

މުބާރާތުގައި ގުޒެލްއިން ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނައިރު އެޓީމުން ނެރެމުން އަންނަ ނަތީޖާތަކުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރާ އެއް ކުޅުންތެރިއަކީ އާމިނަތު މަލާޒާ އެވެ. މަލާޒާ ވަނީ މި މުބާރާތުގައި މިހާތަނަށް 51 ގޯލް ކާމިޔާބުކޮށްފަ އެވެ.

މަލާޒާގެ އިތުރުން އެ ޓީމުގެ އާއިޝަތު ސާއިނާ ވެސް އަންނަނީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ސާއިނާ މި މުބާރާތުގައި މިހާތަނަށް 37 ގޯލް ކާމިޔާބުކޮށްފައިވާއިރު މުބާރާތުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިންގެ ލިސްޓްގެ އެންމެ ކުރީގައި އުޅެނީ މަލާޒާ އާއި ސާއިނާ އެވެ.

https://fahuminet.com/tournaments/maalhendhoo-council-handball-tournament%202026

މިރޭގެ ފައިނަލްގައި ގުޒެލްއާ ވާދަކުރާ ޗެލެންޖާސް އިން މި މުބާރާތުގައި މިހާތަނަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިފައިވަނީ މިހާތަނަށް 24 ގޯލް ކާމިޔާބުކޮށްފައިވާ މަރިޔަމް ލަހުފާ އެވެ.

ޗެމްޕިއަން ޓީމަށް 30,000 ރުފިޔތާ އަދި ރަނަރަޕް ޓީމަށް 18,000 ރުފިޔާ ހުށަހަޅައިފައިވާ މި މުބާރާތުގެ ފައިނަލްގައި ގުޒެލް އާއި ޗެލެންޖާސް ވާދަކުރާ މެޗު ފަށާނީ މިރޭ 08:30 ގައެވެ.

ކޮމެންޓްސް

Matches
6
Ongoing
3
Upcoming
Predict
Settings