ފުރަތަމަ ސަފްޙާ / ޚަބަރު / ސައްޓުގެ ހެޓްރިކާ އެކު ވެލާ ސްޕޯޓްސް އަށް ބަރާބަރު ފެށުމެއް
ސައްޓުގެ ހެޓްރިކާ އެކު ވެލާ ސްޕޯޓްސް އަށް ބަރާބަރު ފެށުމެއް
ހެޓްރިކް ހެދި ސައްޓު ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފޮޓޯ: ވެލާ ސްޕޯޓްސް

ސައްޓުގެ ހެޓްރިކާ އެކު ވެލާ ސްޕޯޓްސް އަށް ބަރާބަރު ފެށުމެއް

ފަހުމިނެޓް
ފަހުމިނެޓް
19 ގަޑިއިރު ކުރިން 5 ސެޕްޓެމްބަރު 2026

އޭދަފުށީގައި މިއަދު ހަވީރު ފެށި އޭދަފުށި ކަޕް ފުޓްބޯޅަ މުބާރާތް ހުޅުވުމުގެ ގޮތުން ކުޅުނު މެޗު އެންމެ ފަހުގެ ޗެމްޕިއަން ވެލާ ސްޕޯޓްސް ކްލަބް ކާމިޔާބުކޮށްފި އެވެ. 

އޭދަފުށީގައި ގާއިމުކޮށްފައިވާ ފެންވަރު ރަނގަޅު ފުޓްބޯޅަ ސްޓޭޑިއަމްގައި ހުސް ސޮނގުން ފުޓްބޯޅަ ޓީމާ ދެކޮޅަށް ކުޅުނު މެޗު ވެލާ ސްޕޯޓްސް އިން ކާމިޔާބުކުރީ 1-5 އިންނެވެ. 

މިއަދުގެ މެޗުގައި އޭދަފުށީގެ ތަރި އިޝާން އިބްރާހީމް (ސައްޓު) ވަނީ ހެޓްރިކް ހަދައިފަ އެވެ. 

މެޗުގެ ފުރަތަމަ ގޯލު 26 ވަނަ މިނެޓުގައި ސައްޓު ޖެހީ އަހުމަދު ޝުހައިލް (ބަންބުޗް) ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސައްޓުގެ އެހީގައި ބަންބުޗް ވަނީ އިތުރު ގޯލެއް ޖަހައި ނަތީޖާ ފުޅާކޮށްފަ އެވެ. 

ދެ ވަނަ ހާފު ފެށިގެން ހަތް ވަނަ މިނެޓުގައި ވެލާގެ ތިން ވަނަ ގޯލު ވެސް ކާމިޔާބުކޮށްދިނީ ސައްޓު އެވެ. މިއީ ހާޒިމް ފައުޒީ ނަގައިދިން ބޯޅަ އޭރިޔާ ބޭރުގައި ހުރެފައި އެއްފަހަރުން ޖަހައި ސައްޓު ވައްދާލި ހިތްގައިމު ގޯލެކެވެ. ވެލާގެ ހަތަރު ވަނަ ގޯލު އަދި ސައްޓުގެ ހެޓްރިކް ފުރިހަމަކުރީ 77 ވަނަ މިނެޓުގަ އެވެ. އޭރިޔާ ތެރެއިން ލިބުނު ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ސައްޓު ވައްދާލީ ގޯލުގެ ކައިރި ކަނަށެވެ. 

ވެލާ އިން ހަތަރު ގޯލުގެ ލީޑެއްގައި އޮއްވައި ހުސް ސޮނގުންގެ އަލީ ޝަމާލް އަބްދުﷲ (ޝަންމު) ވަނީ އެޓީމަށް ގޯލެއް ޖަގައި ފަރަގު ކުޑަކޮށްފަ އެވެ. 

މެޗުގެ އިތުރު ވަގުތުގައި ވެލާގެ ފަސް ވަނަ ގޯލު ކާމިޔާބުކޮށްދިނީ ޒުވާން ކުޅުންތެރިޔާ މުހައްމަދު އަޒްދާން ޝާކިރު އެވެ. 

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހެޓްރިކް ހަދައި އިތުރު ގޯލެއް ޖަހަން މަގުފަހިކޮށްދިން ސައްޓު އެވެ.

https://www.fahuminet.com/tournaments/eydhafushi-cup-2026 

ވެލާ ސްޕޯޓްސް އަކީ މިދިޔަ ދެ އަހަރު ވެސް އޭދަފުށީގެ ޗެމްޕިއަނުންނެވެ. އެހެންވެ މިއަހަރު އެޓީމު ނުކުތީ ޖެހިޖެހިގެން ތިން ތަށި ހޯދަން ޓީމު އިތުރަށް ވަރުގަކޮށްގެންނެވެ. 

އޭދަފުށި ކަޕްގައި ހަތަރު ޓީމު ބައިވެރިވިއިރު މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީމް މިޑްލް އީސްޓާއި އިރުމަތި އެފްސީ އެވެ. 

ކޮމެންޓްސް

Matches
6
Ongoing
3
Upcoming
Predict
Settings