DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ށ. ގޮއިދޫ ފުޓްސަލް: ފައިނަލުގެ ފުރަތަމަ ޖާގަ ކެލިފޯނިއާ އަށް

ށ. ގޮއިދޫ ފުޓްސަލް: ފައިނަލުގެ ފުރަތަމަ ޖާގަ ކެލިފޯނިއާ އަށް

ފަހުމިނެޓް
ފަހުމިނެޓް
2 އަހަރު ކުރިން 22 ޖޫން 2024

ށ. ގޮއިދޫ ކައުންސިލް ފުޓްސަލް މުބާރާތުގެ ފައިނަލުގެ ސީދާ ޖާގައެއް ކެލިފޯނިއާ ސްޕޯޓްސް ކްލަބް ހޯދައިފި އެވެ.

ކެލިފޯނިއާ ފައިނަލުގެ ޖާގަ ކަށަވަރުކުރީ ރޭ ކުޅުނު މެޗުގައި 1-6 ގެ ބޮޑު ތަފާތަކުން ކައްކަކަކޯ ބަލިކޮށްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ކެލިފޯނިއާ ޓީމުގެ އިބްރާހީމް އަތީގް ހަސަން (އިއްބެ) އެވެ.

ރޭ ކުޅުނު އަނެއް މެޗުގައި އެފްސީ ޔުނީކް ބޯއީޒް ވަނީ 1-7 އިން އެފްޓީ ކިންގްސް ބަލިކޮށްފަ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މުހައްމަދު އަހުސަމް އެވެ.

ލީގު ބުރުގެ މެޗުތައް ރޭ ނިމުނުއިރު ފައިނަލުގެ ސީދާ ޖާގަ ކެލިފޯނިއާއަށް ލިބުނީ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. އެޓީމު ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހޯދާފަ އެވެ. ކެލިފޯނިއާ ތިން މެޗު ކާމިޔާބު ކުރިއިރު އެއްވަރުވީ އެމްޓީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗެވެ.

image

ފައިނަލުގެ ދެ ވަނަ ޖާގަ ކަށަވަރުވާނީ ދެ ވަނަ ހޯދި އެފްސީ ޔުނީކް ބޯއީޒް އާއި އެމްޓީ ސްޕޯޓްސް ކްލަބް މިރޭ ވާދަކުރާ މެޗުންނެވެ. ޔުނީކް ބޯއީޒް ލީގު ބުރުގެ ދެވަނަ ހޯދީ ހަތް ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނަ އަށް ދިޔަ އެމްޓީ ސްޕޯޓްސް ކްލަބަށް ލިބުނީ ފަސް ޕޮއިންޓެވެ.

ލީގު ބުރުން ކެޓީ ހަތަރު ޕޮއިންޓާ އެކު ހަތަރު ވަނަ ލިބުނު ކައްކަކަކޯ އާއި ޕޮއިންޓަކާ އެކު ފުލަށްދިޔަ އެފްޓީ ކިންގްސް އެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗު ކުޅޭނީ މިރެ އެވެ. އެ މެޗު ފަށާނީ ރޭގަނޑު 8:30 ގަ އެވެ. މިރޭގެ ސެމީގައި ވާދަކުރާ ދެ ޓީމަކީ މިދިޔަ އަހަރުގެ ފައިނަލުގައި ވާދަކުރި ދެ ޓީމެވެ. ފައިނަލުގައި އެމްޓީ ސްޕޯޓްސް ކްލަބް ބަލިކޮށް މިދިޔަ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޔުނީކް ބޯއީޒް އެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރެ އެވެ. ފައިނަލް މެޗު ފަށާނީ ރޭގަނޑު 8:15 ގަ އެވެ.

ކޮމެންޓްސް

Matches
7
Ongoing
1
Upcoming
Predict
Settings