DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ށ. ގޮއިދޫ ފުޓްސަލް: ރޭގެ ދެ މެޗު އެއްވަރުވެ ވާދަވެރިކަން ބޮޑުވެއްޖެ

ށ. ގޮއިދޫ ފުޓްސަލް: ރޭގެ ދެ މެޗު އެއްވަރުވެ ވާދަވެރިކަން ބޮޑުވެއްޖެ

ފަހުމިނެޓް
ފަހުމިނެޓް
2 އަހަރު ކުރިން 21 ޖޫން 2024

ށ. ގޮއިދޫ ކައުންސިލް ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު ދެ މެޗު އެއްވަރުގެ ފައިނަލުގެ ޖާގަތަކަށް ވާދަވެރިކަން ބޮޑުވެއްޖެ އެވެ.

މުބާރާތުގެ ރޭ ކެލިފޯނިއާ އާއި އެމްޓީ ސްޕޯޓްސް ކްލަބް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ކެލިފޯނިއާ ވަނީ މުބާރާތުގެ ފުރަތަމަ ދެ މެޗުން މޮޅުވެފަ އެވެ. ރޭ މޮޅުވިނަމަ އެޓީމަށް އެއް ވަނަ ޓީމުގެ ގޮތުގައި ފައިނަލުގެ ޖާގަ ޔަގީންވީހެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހުސައިން ނިހާލް އެވެ.

ވާދަވެރި ކުޅުމަކަށް ފަހު ކައްކަކައޯ އާއި އެފްޓީ ކިންގްސް ކުޅުނު މެޗު އެއްވަރުވީ 4-4 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އިބްރާހީމް އަލީ އެވެ.

image

ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭނީ ލީގު ބުރުގެ އެއްވަނަ ހޯދާ ޓީމަށެވެ. އަނެއް ޖާގަ ލިބޭނީ ދެ ވަނަ އަދި ތިން ވަނަ ޓީމު ކުޅޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.

އެއް ވަނައިގައި މިވަގުތު އޮތީ ހަތް ޕޮއިންޓް ހޯދާފައިވާ ކެލިފޯނިއާ އެވެ. ދެ ވަނައިގައި އޮތީ 5 ޕޮއިންޓާ އެކު އެމްޓީ ސްޕޯޓްސް ކްލަބެވެ. ތިން ވަނައިގައި އޮތް ކައްކަކަކޯ އާއި ހަތަރު ވަނައިގައި އޮތް އެފްސީ ޔުނީކް ބޯއީޒް އަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ފުލުގައި އޮތީ ޕޮއިންޓެއް ލިބިފައިވާ އެފްޓީ ކިންގްސް އެވެ.

ލީގު ބުރުގެ ފަހު މެޗުތައް ކުޅޭނީ މިރެ އެވެ. މިރޭ 8:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ އެފްސީ ޔުނީކް ބޯއީޒް އާއި އެފްޓީ ކިންގްސް އެވެ. އަނެއް މެޗުގައި 9:30 ގައި ބައްދަލުކުރާނީ ކައްކަކަކޯ އާއި ކެލިފޯނިއާ އެވެ.

ސެމީ ފައިނަލް މެޗު އޮންނާނީ މާދަމާ ރޭ 8:30 ގަ އެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެ ރެ އެވެ.

ކޮމެންޓްސް

Matches
7
Ongoing
1
Upcoming
Predict
Settings