DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ޔުނީކް ބޯއީޒް ބަލިކޮށް ށ. ގޮއިދޫ ފުޓްސަލްގެ ޗެމްޕިއަންކަން ކެލިފޯނިއާ އަށް

ޔުނީކް ބޯއީޒް ބަލިކޮށް ށ. ގޮއިދޫ ފުޓްސަލްގެ ޗެމްޕިއަންކަން ކެލިފޯނިއާ އަށް

ފަހުމިނެޓް
ފަހުމިނެޓް
2 އަހަރު ކުރިން 24 ޖޫން 2024

ފައިނަލް މެޗު 3-3 އިން އެއްވަރުވެ ޕެނަލްޓީ ޖަހައިގެން 8-7 އިން ޔުނީކް ބޯއީޒް ބަލިކޮށް ށ. ގޮއިދޫ ކައުންސިލް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ކެލިފޯނިއާ ސްޕޯޓްސް ކްލަބް ހޯދައިފި އެވެ.

ވާދަވެރި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޔުނީކް ބޯއީޒްގެ އަހުމަދު ހަލީމް (އައްމަޑޭ) އެވެ. އައްމަޑޭ އަކީ ލ. ގަން ފުޓްސަލް ޓީމުގެ ކުޅުންތެރިއެކެވެ. ގަމާ އެކު ގޯލްޑަން ފުޓްސަލް ޗެލެންޖް ކާމިޔާބުކުރި އައްމަޑޭ ވަނީ މުބާރާތުގެ ޗެމްޕިއަންކަން އޭނާ ކުޅުނު ޔުނީކް ބޯއީޒް އަށް ނުލިބުނަސް މޮޅު ކުޅުމެއް ދައްކާފަ އެވެ.

ލީގު ބުރުގެ މެޗުގައި ވެސް ކެލިފޯނިއާ އިން ޔުނީކް ބޯއީޒް ބަލިކުރި އެވެ. ކެލިފޯނިއާއިން މުބާރާތް ކާމިޔާބުކުރީ މެޗަކުން ބަލިނުވެ އެވެ. އެޓީމު ހަމައެކަނި އެއްވަރުވީ ލީގު ބުރުގައި އެމްޓީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗެވެ.

image

މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމް ހޯދީ ކެލިފޯނިއާ އަށް ޗެމްޕިއަންކަން ހޯދައިދިން އަހުމަދު އަބްދުލްލަތީފް އެވެ. އެއްމެ އުއްމީދީ ކުޅުންތެރިއަކީ ޔުނީކް ބޯއީޒް ޓީމުގެ ޒުވާން ގޯލްކީޕަރު މުހައްމަދު އައްފާން އެވެ. އައްފާން ވަނީ ޔުނީކް ބޯއީޒް ފައިނަލަށް ދަތުރުކުރި ސެމީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ.

މުބާރާތުގައި ޖެހި 8 ގޯލާ އެކު ރަން ބޫޓު ހޯދީ ޔުނީކް ބޯއީޒްގެ ކެޕްޓަން މުހައްމަދު އަހުސަމް އެވެ. އެންމެ މޮޅު ގޯލްކީޕަރަކީ ކެލިފޯނިއާގެ އަބްދުﷲ ރިލްވާން އެވެ.

ފެއާޕްލޭ ޓީމަކަށް ކިންގްސް އެފްޓީ ހޮވުނުއިރު ބެސްޓް ސަޕޯޓާސް ޓީމުގެ އެވޯޑް ލިބުނީ ކެލިފޯނިއާ އަށެވެ.

image

އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ޔުނީކް ބޯއީޒްގެ އައްމަޑޭގެ އިތުރުން އެޓީމުގެ އަހުސަމް އާއި ޗެމްޕިއަން ކެލިފޯނިއާގައި މޮޅު ކުޅުމެއް ދެއްކި އިބްރާހީމް އަތީގް ހަސަން (އިއްބެ) އަދި އެމްޓީ ސްޕޯޓްސް ކްލަބުގެ އިބްރާހީމް ރިފްއަތު އާއި ކައްކަކަކޯގެ އަބްދުﷲ ވިސާމް އެވެ.

މުބާރާތުގެ ކިންގް އޮފް ދަ ޓޯނަމެންޓަށް ހޮވުނީ ކެލިފޯނިއާ އަށް ތަށި ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރި މުހައްމަދު ހުޝާމް އެވެ.

ގޮއިދޫ ކައުންސިލުން އިންތިޒާމުކުރި މުބާރާތުގައި އެރަށުގެ ފަސް ޓީމު ވާދަކުރި އެވެ.

ކޮމެންޓްސް

Matches
7
Ongoing
1
Upcoming
Predict
Settings