DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ށ. ގޮއިދޫ ފުޓްސަލް: އެމްޓީ ސްޕޯޓްސް ބަލިކޮށް ޔުނީކް ބޯއީޒް ފައިނަލަށް

ށ. ގޮއިދޫ ފުޓްސަލް: އެމްޓީ ސްޕޯޓްސް ބަލިކޮށް ޔުނީކް ބޯއީޒް ފައިނަލަށް

ފަހުމިނެޓް
ފަހުމިނެޓް
2 އަހަރު ކުރިން 23 ޖޫން 2024

ށ. ގޮއިދޫ ކައުންސިލް ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު ސެމީ ފައިނަލް މެޗު ކާމިޔާބުކޮށް ފައިނަލުގެ ފަހު ޖާގަ އެންމެ ފަހުގެ ޗެމްޕިއަން ޔުނީކް ބޯއީޒް ހޯދައިފި އެވެ.

ޔުނީކް ބޯއީޒް ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލް މެޗުގައި 0-2 އިން އެމްޓީ ސްޕޯޓްސް ކްލަބް ބަލިކޮށްގެންނެވެ. މުބާރާތުގެ ޗެމްޕިއަންކަން މިދިޔަ އަހަރު ހޯދިއިރު ފައިނަލުގައި ވެސް ޔުނީކް ބޯއީޒް އިން އެމްޓީ ސްޕޯޓްސް ކްލަބް ބަލިކުރި އެވެ. މިފަހަރުގެ މުބާރާތުގައި އެ ދެޓީމު ވާދަކުރި ލީގު ބުރުގެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ރޭގެ މެޗުގެ ގޯލުތައް ޔުނީކް ބޯއީޒް އަށް ކާމިޔާބުކޮށްދިނީ މުހައްމަދު އަހުޝަމް އާއި އަހުމަދު ހަލީމް (އައްމަޑޭ) އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޔުނީކް ބޯއީޒް ގޯލުގައި ތަފާތު ދެއްކި މުހައްމަދު އައްފާން އެވެ. މެޗުގައި އައްފާން މުހިއްމު ސޭވްތަކެއް ކުރި އެވެ. މެޗަށް ފަހު ޔުނީކް ބޯއީޒްގެ ޓީމުން ވަނީ އައްފާން ދެއްކި ކުޅުން ފާހަގަކޮށްފަ އެވެ.

image

މުބާރާތުގެ ފައިނަލުގެ ސީދާ ޖާގައެއް ހޯދީ ކެލިފޯނިއާ އެވެ. އެޓީމު ފައިނަލަށް ދަތުރުކުރީ ލީގު ބުރުގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ.

ގޮއިދޫ ފުޓްސަލް މުބާރާތުގައި އެރަށުގެ ފަސް ޓީމު ވާދަކުރި އެވެ. މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިރޭ 8:15 ގައި ފޮއިދޫ ފުޓްސަލް ދަނޑުގަ އެވެ.

ފައިނަލުގައި ކެލިފޯނިއާ އާއި ޔުނީކް ބޯއީޒް ވާދަކުރާއިރު ލީގު ބުރުގައި އެ ދެޓީމުގެ ކުރިމަތިލުން ކާމިޔާބުކުރީ ކެލިފޯނިއާ އެވެ.

މިރޭގެ ފައިނަލް މެޗު މުބާރާތުގެ ފޭސްބުޖް ޕޭޖުން ލައިވްކުރާނެ އެވެ.

ކޮމެންޓްސް

Matches
7
Ongoing
1
Upcoming
Predict
Settings