DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ގޮއިދޫ ފުޓްސަލް މުބާރާތުގެ ފައިނަލުން ޔުނިޓީ އާއި ޔުނީކް ބޯއީޒް ޖާގަ ހޯދައިފި
ގޮއިދޫ ފުޓްސަލް މުބާރާތުގެ ފައިނަލުން ޔުނިޓީ އާއި ޔުނީކް ބޯއީޒް ޖާގަ ހޯދައިފި
ޔުނީކް ބޯއީޒްގެ ޖަންކީ ބޯޅަ ހިފައިގެން. އެޓީމު ފައިނަލުގައި ނުކުންނާނީ ޔުނިޓީ ރެކްރިއޭޝަން ކްލަބާ ދެކޮޅަށް. ފޮޓޯ: ގޮއިދޫ ކައުންސިލް

ގޮއިދޫ ފުޓްސަލް މުބާރާތުގެ ފައިނަލުން ޔުނިޓީ އާއި ޔުނީކް ބޯއީޒް ޖާގަ ހޯދައިފި

ފަހުމިނެޓް
ފަހުމިނެޓް
1 ދުވަސް ކުރިން 15 ސެޕްޓެމްބަރު 2026

ވަރުގަދަ ކުރިމަތިލުންތަކަކަށް ފަހު ގޮއިދޫ ފުޓްސަލްގެ ފައިނަލުން ޔުނިޓީ ރެކްރިއޭޝަން ކްލަބާއި އެފްސީ ޔުނީކް ބޯއީޒް ޖާގަ ހޯދައިފި އެވެ. 

ލީގު ބުރުގެ ކުޅުން ނިމުނުއިރު ޔުނިޓީ އާރްސީ އެއް ވަނަ ހޯދީ 13 ޕޮއިންޓާ އެކު އެވެ. ދެ ވަނަ ހޯދީ 11 ޕޮއިންޓާ އެކު ޔުނީކް ބޯއީޒް އެވެ. ތިން ވަނަ ލިބުނީ 10 ޕޮއިންޓާ އެކު ނިންމާލި ރޯޔަލް ޗެލެންޖާސް އަށެވެ. ހަތަރު ވަނަ ލިބުނީ 6 ޕޮއިންޓް ލިބުނު އެމްޓީ ސްޕޯޓްސް ކްލަބަށެވެ. 

ކްލަބް ބައިސާ އަށް 3 ޕޮއިންޓާ އެކު ފަސް ވަނަ ލިބުނުއިރު، ފުލަށް ދިޔަ އެފްޓީ ކިންގްސް ވަނީ ކުޅުނު ފަސް މެޗުން ވެސް ބަލިވެފަ އެވެ. 

އިއްޔެ ހަވީރު ކުޅުނު މެޗުގައި ޔުނިޓީ އާރްސީ ވަނީ ކްލަބް ބައިސާ 4-5 އިން ބަލިކޮށްފަ އެވެ. ވާދަވެރި ކުޅުމެއް ފެނުނު މެޗުގައި ޔުނިޓީގެ ގޯލުތައް ކާމިޔާބުކޮށްދިނީ، މުހައްމަދު ހުޝާމް، ރައުލް ނިޔާޒް، އަހުމަދު ސާނީހް މުހައްމަދު އަދި މުހައްމަދު ޝާން އެވެ. ކްލަބް ބައިސާގެ ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ އަޔާޒް އަބްދުﷲ އެވެ. ދެން ގޯލު ޖެހީ އަހުމަދު އަތޫފް އަދި އަލީ ޒައިން އެވެ. 

ރޭ ރޯޔަލް ޗެލެންޖާސް އިން އެފްޓީ ކިންގްސް ބަލިކުރީ 11-1 އިންނެވެ. މެޗުގައި ރޯޔަލް ޗެލެންޖާސްގެ އިބްރާހީމް އައިމަން ވަނީ ހަތް ގޯލު ޖަހައިފަ އެވެ. މި ހަތް ގޯލާ އެކު މިވަގުތު ލަނޑު ލިސްޓުގެ އެއް ވަނައިގައި އޮތީ ވެސް އައިމަން އެވެ. ރޯޔަލް ޗެލެންޖާސްގެ އިބްރާހީމް އަތީގް ހަސަން (އިއްބެ) ދެ ގޯލު ޖެހިއިރު ދެން ގޯލު ޖެހީ މުހައްމަދު އަޔާން އިބްރާހީމް އާއި މުހައްމަދު އިޒާން އެވެ. 

ރޭ ކުޅުނު ފަހު މެޗުގައި އެމްޓީ ސްޕޯޓްސް ކްލަބުގެ މައްޗަށް އެފްސީ ޔުނީކް ބޯޒީޒް ކުރި ހޯދީ 4-7 އިންނެވެ. މެޗުގައި ޔުނީކް ބޯއީޒްގެ ތަފާތަކަށްވީ މަޝްހޫރު ފުޓްސަލް ތަރި އަލީ ހާފިޒް (ހާއްޕެ) އެވެ. ހާއްޕެ ވަނީ މެޗުގައި ހަތަރު ގޯލު ޖަހައިފަ އެވެ. އަދި އެޓީމުގެ އަބްދުﷲ ޒިޔާން (ޖަންކީ) ހެޓްރިކް ހެދި އެވެ. އެމްޓީ ސްޕޯޓްސްގެ އިސްމާއީލް ނިހާން ތިން ގޯލު ޖެހިއިރު އަނެއް ގޯލު ޖެހީ ހުސައިން ނަސީމް އެވެ. 

https://fahuminet.com/tournaments/sh-goidhoo-council-sports-fiesta-futsal

ގޮއިދޫ ފުޓްސަލްގެ ފައިނަލް މެޗު އޮންނާނީ މާދަމާ ހަވީރު އެވެ. މި މެޗުގައި ޔުނިޓީ ރެކްރިއޭޝަން ކްލަބާއި އެފްސީ ޔުނީކް ބޯއީޒް ކުޅޭއިރު ފެންނާނީ ވާދަވެރި ފައިނަލެއްކަން ޔަގީނެވެ. ހާއްސަކޮށް ޔުނީކް ބޯއީޒްގައި ހާއްޕެ މިހާރު ހިމެނުމާއެކު އެޓީމުގެ ވަރުގަދަކަން ވަނީ އިތުރުވެފަ އެވެ. 

ގޮއިދޫ ކައުންސިލުން ބާއްވާ ސްޕޯޓްސް ފިއެސްޓާގައި ފުޓްސަލް މުބާރާތެއްގެ އިތުރުން ބަށި މުބާރާތެއް ވެސް މިފަހަރު ވަނީ ހިމަނައިފަ އެވެ. މިއީ ކައުންސިލުން އިންތިޒާމުކޮށްގެން ފުޓްސަލް މުބާރާތް ބާއްވާ ނުވަ ވަނަ ފަހަރެވެ. 

ކޮމެންޓްސް

Matches
8
Ongoing
Upcoming
Predict
Settings