DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ޔުނިޓީން ކުރިއަށް ޖެހިލި އިރު ބައިސާއިން ފުރަތަމަ މޮޅު ހޯދައިފި
ޔުނިޓީން ކުރިއަށް ޖެހިލި އިރު ބައިސާއިން ފުރަތަމަ މޮޅު ހޯދައިފި
ގޯލު ޖެހުމަށް ފަހު ޔުނިޓީ ކުޅުންތެރިން އުފާފާޅުކުރަނީ. ދެ މެޗަށް ފަހު އެޓީމު އޮތީ ލީގު ބުރުގެ އެއް ވަނައިގައި. ފޮޓޯ: ގޮއިދޫ ކައުންސިލް

ޔުނިޓީން ކުރިއަށް ޖެހިލި އިރު ބައިސާއިން ފުރަތަމަ މޮޅު ހޯދައިފި

ފަހުމިނެޓް
ފަހުމިނެޓް
1 ގަޑިއިރު ކުރިން 12 ސެޕްޓެމްބަރު 2026

ށ. ގޮއިދޫ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާގެ ފުޓްސަލް މުބާރާތް ފޯރިއާއެކު ކުރިއަށްދާއިރު، އިއްޔެ ކުޅުނު މެޗުތަކުން މޮޅުވެ ޔުނިޓީ ރެކްރިއޭޝަން ކްލަބާއި ކްލަބް ބައިސާއިން ކުރިއަށް ޖެހިލައިފި އެވެ. 

އިއްޔެ ވެސް ވަނީ މުބާރާތުގެ ތިން މެޗު ކުޅެފަ އެވެ. އިއްޔެ ހަވީރު ކުޅުނު މެޗުގައި ރޯޔަލް ޗެލެންޖާސް އާއި އެފްސީ ޔުނީކް ބޯއީޒް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މި މެޗުގައި ރޯޔަލް ޗެލެންޖާސްގެ ހަމައެކަނި ގޯލު ޖެހީ އިބްރާހީމް ތަމާމް އެވެ. ޔުނީކް ބޯއީޒްގެ ގޯލު ޖެހީ އަބްދުﷲ ރިޒާން އެވެ. 

ދެ ވަނަ މެޗުގައި އެމްޓީ ސްޕޯޓްސް ކްލަބާ ވާދަކޮށް ޔުނިޓީ މޮޅުވީ 2-0 އިންނެވެ. މި މެޗުގައި ޔުނިޓީގެ ދެ ގޯލު ޖެހީ މުހައްމަދު ޝައުފާން އާއި މުހައްމަދު ހުސާމް އެވެ. 

އެންމެ ވާދަވެރިކޮށް ފެނުނީ ރޭ އެފްޓީ ކިންގްސް އާއި ކްލަބް ބައިސާ ވާދަކުރި މެޗެވެ. މި މެޗު ބައިސާ އިން ކާމިޔާބުކުރީ 5-3 އިންނެވެ. 

މެޗުގައި ބައިސާގެ އަޔާޒް ވަނީ ހެޓްރިކް ހަދައިފަ އެވެ. އަނެއް ދެ ގޯލު ޖެހީ ޒައިން އާއި ނިޒާލް އެވެ. އެފްޓީ ކިންގްސްގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ މިފްރާހު އާއި ފުވާދު އެވެ. އަނެއް ގޯލަކީ ބައިސާގެ ޒައިން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. 

އިއްޔެގެ މެޗުތަކަށް ފަހު ޔުނިޓީން ވަނީ ދެ މޮޅު ހޯދައި ލީގު ބުރުގެ އެއް ވަނަ އަށް އަރައިފަ އެވެ. ދެ ވަނައިގައި އޮތް ޗެލެންޖާސް އާއި ތިން ވަނައިގައި އޮތް ޔުނީކް ބޯއީޒް އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ބައިސާ އިން ރޭ ހޯދި މޮޅާ އެކު ތިން ޕޮއިންޓް އެޓީމަށް ވަނީ ލިބިފަ އެވެ. ފަސް ވަނައިގައި އޮތް އެމްޓީ ސްޕޯޓްސް ކްލަބާއި ހަ ވަނައިގައި އޮތް އެފްޓީ ކިންގްސް އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. 

https://www.facebook.com/permalink.php?story_fbid=pfbid0dub6V66BKNYbJ9B58YthC5kRhKfornqHiALnwY4CfuZFP8e2CkfEniakVcLMiavgl&id=100092262240406&__cft__[0]=AZhXkpXIv96JIwFY-3m4CDBfmMCyq8ThOGzHUQHZ9wr_HymAaJ1QlYZXGJGe67_CyHpg1A4fNzEQELdVxj-s64bw-9gULgfwfFnkKASnIQ4Catw7lx3bOIFb3L8ijOa55_PvZQJx1PfpaANrAY5eGLcOHfW0GJT2s2iCyi0O7lYiUYosCVmK2NNAndA&__tn__=%2CO%2CP-R

ގޮއިދޫ ފުޓްސަލްގައި މިއަދު ވެސް ތިން މެޗު ކުޅޭނެ އެވެ. މުބާރާތުގެ ފައިނަލުގައި ވާދަކުރާނީ ލީގު ބުރުގެ އެންމެ ކުރި ހޯދާ ދެ ޓީމެވެ. 

ކޮމެންޓްސް

Matches
8
Ongoing
1
Upcoming
Predict
Settings