DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ޔުނީކް ބޯއީޒް، ރޯޔަލް ޗެލެންޖާސް އަދި ޔުނިޓީ އަށް ފުރިހަމަ ފެށުމެއް
ޔުނީކް ބޯއީޒް، ރޯޔަލް ޗެލެންޖާސް އަދި ޔުނިޓީ އަށް ފުރިހަމަ ފެށުމެއް
ރޯޔަލް ޗެލެންޖާސް ހޯދި މޮޅުގައި އެޓީމު ކުޅުންތެރިން އުފާފާޅުކުރަނީ. ފޮޓޯ: ށ. ގޮއިދޫ ކައުންސިލް

ޔުނީކް ބޯއީޒް، ރޯޔަލް ޗެލެންޖާސް އަދި ޔުނިޓީ އަށް ފުރިހަމަ ފެށުމެއް

ފަހުމިނެޓް
ފަހުމިނެޓް
13 ގަޑިއިރު ކުރިން 11 ސެޕްޓެމްބަރު 2026

ށ. ގޮއިދޫގައި އިއްޔެ ހަވީރު ފެށި ސްޕޯޓްސް ފިއެސްޓާގައި ހިމެނޭ ފުޓްސަލް މުބާރާތުގެ ފުރަތަމަ މެޗުތަކުން އެފްސީ ޔުނީކް ބޯއީޒް އާއި ރޯޔަލް ޗެލެންޖާސްގެ އިތުރުން ޔުނިޓީ ރެކްރިއޭޝަން ކްލަބް މޮޅުވެއްޖެ އެވެ. 

މުބާރާތް ހުޅުވުމުގެ ގޮތުން އިއްޔެ ހަވީރު ކުޅުނު މެޗުގައި ޔުނީކް ބޯއީޒް އިން ވަނީ ކްލަބް ބައިސާ 1-4 އިން ބަލިކޮށްފަ އެވެ. 

ހުޅުވުމުގެ ރަސްމިއްޔާތު ހަވީރު އޮތްއިރު، ރޭގަނޑު ވަނީ އިތުރު ދެ މެޗު ކުޅެފަ އެވެ. އެއް މެޗުގައި އެމްޓީ ސްޕޯޓްސް ކްލަބާ ވާދަކޮށް ރޯޔަލް ޗެލެންޖާސް މޮޅުވީ 4-0 އިންނެވެ. ރޭ ކުޅުނު ފަހު މެޗުގައި ޔުނިޓީ އިން ވަނީ އެފްޓީ ކިންގްސް 1-6 އިން ބަލިކޮށްފަ އެވެ. 

ގޮއިދޫ ފުޓްސަލް މުބާރާތުގައި މިއަދު ވެސް ތިން މެޗު ކުޅޭނެ އެވެ. 

ގޮއިދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ފުޓްސަލް މުބާރާތުގައި މިއަހަރު ހަ ޓީމު ވަނީ ބައިވެރިވެފަ އެވެ. މުބާރާތް ކުރިއަށް ދަނީ ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ކުރި ހޯދާ ދެ ޓީމަށް ފައިނަލުގެ ޖާގަ ލިބޭ ގޮތަށެވެ.

މިއަހަރުގެ މުބާރާތުގައި ވެސް ރާއްޖޭގެ މަޝްހޫރު ފުޓްސަލް ކުޅުންތެރިން އަންނަނީ ކުޅެމުންނެވެ. 

https://fahuminet.com/tournaments/sh-goidhoo-council-sports-fiesta-futsal

ފުޓްސަލް މުބާރާތެއްގެ އިތުރުން މިއަހަރުގެ ސްޕޯޓްސް ފިއެސްޓާގައި ބަށި މުބާރާތެއް ވެސް ވަނީ ހިމަނައިފަ އެވެ. މިއީ މި ފިއެސްޓާގައި ބަށި މުބާރާތެއް ހިމެނި ފުރަތަމަ ފަހަރެވެ. 

ކުޅިވަރުގައި ފާހަގަކޮށްލެވޭ ގޮއިދޫގައި ސްޕޯޓްސް ފިއެސްޓާ ކުރިއަށްގެންދަނީ ކައުންސިލުންނެވެ. 

ކޮމެންޓްސް

Matches
7
Ongoing
1
Upcoming
Predict
Settings