ފުރަތަމަ ސަފްޙާ / ޚަބަރު / އެފްއޭއެމް ފުޓްސަލް: ކ. އަތޮޅުގެ ފައިނަލްގައި ގާފަރާއި ހިންމަފުށި މިރޭ ވާދަކުރަނީ
އެފްއޭއެމް ފުޓްސަލް: ކ. އަތޮޅުގެ ފައިނަލްގައި ގާފަރާއި ހިންމަފުށި މިރޭ ވާދަކުރަނީ
ހިންމަފުއްޓާއި ގާފަރު ގްރޫޕް ސްޓޭޖުގައި ވާދަކުރި މެޗުގެ ތެރެއިން. ފައިނަލުގައި މި ދެޓީމު މިރޭ ވާދަކުރާނެ. ފޮޓޯ: ޕީއާރު ނެޓްވޯކް

އެފްއޭއެމް ފުޓްސަލް: ކ. އަތޮޅުގެ ފައިނަލްގައި ގާފަރާއި ހިންމަފުށި މިރޭ ވާދަކުރަނީ

ފަހުމިނެޓް
ފަހުމިނެޓް
1 ދުވަސް ކުރިން 29 އޮގަސްޓް 2026

މިހާރު ހިނގަމުންދާ އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕްގެ ކ. އަތޮޅުގައި ކުރިއަށްދާ ބުރުގެ ފައިނަލްގައި ގާފަރާއި، ހިންމަފުށި މިރޭ ވާދަކުރަން ތައްޔާރުވެއްޖެ އެވެ.

އެފްއޭއެމްއާއި ކްލަބް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ މި މުބާރާތުގެ ކ. އަތޮޅު ބުރުގެ ފައިނަލުން ގާފަރު ޖާގަ ހޯދާފައިވަނީ ހަތަރު ޓީމު ވާދަކޮށް ކުޅުނު ލީގު ބުރުން އެއްވަނަ ހޯދައިގެންނެވެ. މި ބުރުގައި ގާފަރުން ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށް ދެ މެޗު އެ ޓީމުން ވަނީ އެއްވަރުކޮށްފަ އެވެ.

މިރޭގެ ފައިނަލްގައި ގާފަރާ ދެކޮޅަށް ނުކުންނަ ހިންމަފުށި ވެސް ފައިނަލުން ޖާގަ ހޯދައިފައިވަނީ ގާފަރާ އެއްވަރަށް ޕޮއިންޓް ހޯދައިގެންނެވެ. މި ދެ ޓީމު ލީގު ބުރުގައި ކުޅުނު މެޗު 3-3 އިން ވީ އެއްވަރެވެ.

މި ދެ ޓީމުގެ އިތުރުން މި ބުރުގައި ވާދަކޮށްފައިވަނީ މާފުށްޓާއި، ގުރައިދޫ އެވެ. މާފުށިން ހަތަރު ޕޮއިންޓާއެކު ތިން ވަނައިގައި މި ބުރު ނިންމާލިއިރު ގުރައިދޫއަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.

މިރޭގެ މެޗަށް ގާފަރު ނުކުންނައިރު އެ ޓީމަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޓީމުގެ ސްކޮޑް ވަރުގަދަ ވުމެވެ. ގާފަރު ޓީމުގެ ގިނަ ކުޅުންތެރިންނަކީ ރާއްޖޭގެ ފުޓްސަލްގައި އެންމެ ނަން ހިނގާ ކުޅުންތެރިންނެވެ. އެ ޓީމުގައި ހިމެނޭ ޝަނާން ރަޝާދު މިއަހަރު އޮތް ކްލަބް މޯލްޑިވްސް ކަޕްގެ ކިންގުގެ މަގާމު ހޯދިއިރު އެ ޓީމުގެ އިބްރާހިމް ރިމާހް ވަނީ މިއަހަރު ބޭއްވި ކިންގްސް ކަޕާއި އަދި އޮފީސް ލީގުގެ ވެސް ކިންގުގެ މަގާމު ހޯދައިފަ އެވެ.

މިރޭގެ ފައިނަލްގައި ގާފަރާ ދެކޮޅަށް ނުކުންނައިރު ހިންމަފުށްޓަށް އޮތް އެންމެ ބޮޑު އެއް އެޑްވާންޓޭޖަކީ އަމިއްލަ ދަނޑުގައި މި މެޗު ކުޅެން ލިބުމެވެ. މި ބުރުގައި ހިންމަފުށްޓަށް ރަށުގެ ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު މިހާތަނަށް އެ ޓީމު ކުޅުނު ތިން މެޗުގައި ނުވަ ގޯލް ކާމިޔާބުކޮށްފައި އޮތުމަކީ ވެސް އެ ޓީމަށް ލިބޭނެ ބޮޑު ހިތްވަރެކެވެ.

https://www.fahuminet.com/tournaments/fam-k-atoll-futsal-championship

މި މުބާރާތުގައި ހިންމަފުޓަށްވުރެ އިތުރަށް ގާފަރަށް އެންމެ ގޯލެއް ކާމިޔާބުކުރެވިފައި އޮތް އިރު އެންމެ ފަހުން މި ދެ ޓީމު ވާދަކުރި މެޗުގައި 1-3 އިން ގާފަރު ކުރީގައި އޮއްވައި ފަހަތުން އަރައި ދެ ގޯލް ކާމިޔާބުކޮށްގެން މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުމަކީވެސް ހިންމަފުށްޓަށް މިރޭގެ މެޗަށް ނުކުންނައިރު ލިބޭނެ ބޮޑު އިތުބާރެކެވެ.

ވާދަވެރި ފައިނަލަކަށް ނުކުންނައިރު، މި ދެޓީމު ވެސް މިހާރު ވަނީ ޒޯން ބުރަށް ކޮލިފައިވެފަ އެވެ. ފުޓްސަލް ޗެމްޕިއަންޝިޕްގެ ގަވާއިދު ބުނާގޮތުން އަތޮޅު ފައިނަލުގައި ވާދަކުރާ ދެ ޓީމަށް ޒޯން ބުރުން ފުރުސަތު ލިބޭނެ އެވެ. 

ގާފަރާއި، ހިންމަފުށި ވާދަކުރާ ފައިނަލް މެޗު ފަށާނީ މިރޭ 9:00 ގަ އެވެ.    

ކޮމެންޓްސް

Matches
6
Ongoing
4
Upcoming
Predict
Settings