DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ޗެމްޕިއަން މާޒިޔާ އިން ތާރީހީ ލީގު ފެށީ މޮޅަކުން
ޗެމްޕިއަން މާޒިޔާ އިން ތާރީހީ ލީގު ފެށީ މޮޅަކުން
ގޯލު ޖެހުމަށް ފަހު މާޒިޔާގެ ކުޅުންތެރިން އުފާފާޅުކުރަނީ. ފޮޓޯ: މާޒިޔާ

ޗެމްޕިއަން މާޒިޔާ އިން ތާރީހީ ލީގު ފެށީ މޮޅަކުން

ފަހުމިނެޓް
ފަހުމިނެޓް
14 ގަޑިއިރު ކުރިން 11 ސެޕްޓެމްބަރު 2026

ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިރޭ ފެށިއިރު، ފުރަތަމަ މެޗުން ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މޮޅުވެއްޖެ އެވެ. 

ގަލޮޅު ދަނޑުގައި ކުޅުނު މެޗުން މާޒިޔާ މޮޅުވީ އޮޑި ސްޕޯޓްސް ކްލަބާ ވާދަކޮށް 0-1 އިންނެވެ. 

މި މެޗުގައި މާޒިޔާގެ ހަމައެކަނި ގޯލު ލިބުނު ޕެނަލްޓީއަކުން 11 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނައިޖީރިއާގެ ފޯވާޑް ބެންޖަމިން ކުކޫ އެވެ. ކުކޫ ކުޅެން އެއީ މާޒިޔާގެ އުންމީދީ ފޯވާޑް މުހައްމަދު އިލާން އިމްރާނަށް އަނިޔާވުމުން ބަދަލު ކުޅުންތެރިއެއްގެ ގޮތަށެވެ. 

މެޗުގެ ފަހުކޮޅު އޮޑި ސްޕޯޓްސްގެ އަބްދުﷲ ޖުނެއިދު (ޖެންނޭ) އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. ޖެންނޭ އަށް ރަތް ކާޑު ދެއްކީ މާޒިޔާގެ ބެނިން މިޑްފީލްޑަރު، ގޯމަށް ނުރައްކާތެރި ފައުލެއް ކުރުމުންނެވެ. 

މާޒިޔާ އިން މި ސީޒަނުގައި އޮޑި ބަލިކުރި މިއީ ދެ ވަނަ ފަހަރެވެ. މީގެކުރިން ކަޕް ވިނާސް ކަޕްގައި މާޒިޔާ ވަނީ 2-1 އިން އޮޑި ބަލިކޮށްފަ އެވެ. 

މާޒިޔާ މޮޅަކުން ސީޒަން ފެށިއިރު، އެޓީމުން ވަނީ މި ސީޒަނުގެ އެފްއޭ ޗެރިޓީ ޝީލްޑާއި ކަޕް ވިނާސް ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ. 

https://fahuminet.com/tournaments/dhivehi-premier-league-202627

ދިވެހި ޕްރިމިއާ ލީގުގައި މި ސީޒަނުގައި ވާދަކުރަނީ 10 ޓީމެވެ. މުބާރާތުގައި މާދަމާ ދެ މެޗު ކުޅޭނެ އެވެ. ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ގައްދޫ ސްޕޯޓްސް ކްލަބެވެ. ރޭގަނޑު ކުޅޭ މެޗުގައި ވިކްޓްރީ ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ވާދަކުރާނެ އެވެ. 

މާދަމާ ހަވީރު މެޗު ކުޅޭނީ ގދ. ގައްދޫގަ އެވެ. މިއީ އާ ފޯމެޓުގައި ކުޅޭ ދިވެހި ޕްރިމިއާ ލީގުގައި އަތޮޅުތެރޭ ކުޅޭ ފުރަތަމަ މެޗެވެ. 

ކޮމެންޓްސް

Matches
7
Ongoing
1
Upcoming
Predict
Settings