DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ސަތޭކަ ޕަސެންޓް ރެކޯޑަކާ އެކު ވެލާ ސްޕޯޓްސް ފައިނަލަށް
ސަތޭކަ ޕަސެންޓް ރެކޯޑަކާ އެކު ވެލާ ސްޕޯޓްސް ފައިނަލަށް
މިއަދުގެ މެޗުގައި ވެލާ ސްޕޯޓްސް އަށް ގޯލު ޖަހައިދިނުމަށް ފަހު ޖައުޝަން އުފާފާޅުކުރަނީ. ފޮޓޯ: އޭދަފުށި ކައުންސިލް

ސަތޭކަ ޕަސެންޓް ރެކޯޑަކާ އެކު ވެލާ ސްޕޯޓްސް ފައިނަލަށް

ފަހުމިނެޓް
ފަހުމިނެޓް
13 ގަޑިއިރު ކުރިން 11 ސެޕްޓެމްބަރު 2026

އޭދަފުށި ކަޕްގައި މިއަދު ހަވީރު ކުޅުނު މެޗުން ވެސް މޮޅުވެ، ސަތޭކަ ޕަސެންޓް ރެކޯޑަކާ އެކު ވެލާ ސްޕޯޓްސް ކްލަބް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފި އެވެ. 

މިއަދު އިރުމަތި އެފްސީއާ ވާދަކޮށް ވެލާ ސްޕޯޓްސް މޮޅުވީ 2-0 އިންނެވެ. 

މެޗުގެ ފުރަތަމަ ގޯލު 13 ވަނަ މިނެޓުގައި ޖެހީ އަހުމަދު ޖައުޝަން އަބްދުﷲ އެވެ. މިއީ މުބާރާތުގައި ޖައުޝާން ކާމިޔާބުކުރި ތިން ވަނަ ގޯލެވެ. 

ވެލާގެ ދެ ވަނަ ގޯލު ދެ ވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނެޓުގައި ޖެހީ އިޝާން އިބްރާހީމް (ސައްޓު) އެވެ. މިއަދުގެ ގޯލާ އެކު ސައްޓު ވަނީ މުބާރާތުގައި ހަތަރު ގޯލު ޖަހައިފަ އެވެ. 

ލީގު ބުރުގެ ފުރަތަމަ މެޗުގައި ވެލާ ސްޕޯޓްސް ވަނީ 1-5 އިން ހުސް ސޮނގުން ބަލިކޮށްފަ އެވެ. އަދި ދެ ވަނަ މެޗުގައި ޓީމް މިޑްލް އީސްޓް އަތުން 0-3 އިން މޮޅުވި އެވެ. 

މިއަހަރުގެ މުބާރާތް ކުޅެނީ ލީގު ބުރުގެ އެއް ވަނަ ހޯދާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭ ގޮތަށެވެ. ވެލާ ސްޕޯޓްސް ވަނީ ތިން މޮޅާ އެކު ލީގު ބުރުގެ އެއް ވަަނަ ކަށަވަރުކޮށްފަ އެވެ. 

https://fahuminet.com/tournaments/eydhafushi-cup-2026

ލީގު ބުރުގެ ފަހު މެޗުގައި މާދަމާ ބައްދަލުކުރާނީ ހުސް ސޮނގުންނާއި މިޑްލް އީސްޓް އެވެ. މުބާރާތުގައި މިޑްލް އީސްޓަށް ކުރިއަށްދެވޭނީ މާދަމާގެ މެޗުން މޮޅުވެގެންނެވެ. 

ފައިނަލުގެ ދެ ވަނަ ޖާގަ ލިބޭނީ، ދެ ވަނަ ޓީމާއި ތިން ވަނަ ޓީމު ކުޅެގެން މޮޅުވާ ޓީމަކަށެވެ. 

މާދަމާގެ މެޗަށް ފަހު ދެ ވަނަ ޓީމާއި ތިން ވަނަ ޓީމު ވާދަކުރާ މެޗު އޮންނާނީ އާދީއްތަ ދުވަހު އެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހު އެވެ. 

ކޮމެންޓްސް

Matches
7
Ongoing
1
Upcoming
Predict
Settings