DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ގޮއިދޫ ފުޓްސަލް މުބާރާތުގެ ފޯރި ގަދަވެއްޖެ، ފައިނަލް ކުޅޭނެ ދެ ޓީމު އެނގޭނީ މިއަދު
ގޮއިދޫ ފުޓްސަލް މުބާރާތުގެ ފޯރި ގަދަވެއްޖެ، ފައިނަލް ކުޅޭނެ ދެ ޓީމު އެނގޭނީ މިއަދު
ގޮއިދޫ ފުޓްސަލްގައި ރޭ ކުޅުނު މެޗެއްގެ ތެރެއިން. ފައިނަލުގެ ވާދަވެރިކަން ވަނީ ބޮޑުވެފަ. ފޮޓޯ: ގޮއިދޫ ކައުންސިލް

ގޮއިދޫ ފުޓްސަލް މުބާރާތުގެ ފޯރި ގަދަވެއްޖެ، ފައިނަލް ކުޅޭނެ ދެ ޓީމު އެނގޭނީ މިއަދު

ފަހުމިނެޓް
ފަހުމިނެޓް
3 ގަޑިއިރު ކުރިން 14 ސެޕްޓެމްބަރު 2026

ށ. ގޮއިދޫ ސްޕޯޓްސް ފިއެސްޓާގައި ރޭ ކުޅުނު މެޗުތަކަށް ފަހު ފައިނަލުގެ ޖާގައިގެ ވާދަވެރިކަން ބޮޑުވެއްޖެ އެވެ. 

ޖުމްލަ ހަ ޓީމު ވާދަކުރާ މުބާރާތުގައި ރޭ ކުޅުނު ތިން މެޗަކީ ވެސް ފޯރިގަދަ އަދި ވާދަވެރި ތިން މެޗެވެ.

ފުރަތަމަ މެޗުގައި އިއްޔެ ހަވީރު އެމްޓީ ސްޕޯޓްސް ކްލަބް ވަނީ 1-4 އިން އެފްޓީ ކިންގްސް ބަލިކޮށްފަ އެވެ. ރޭ ކުޅުނު ފުރަތަމަ މެޗުގައި ޔުނިޓީ ރެކްރިއޭޝަން ކްލަބާއި އެފްސީ ޔުނީކް ބޯއީޒް ވާދަކުރި މެޗު ވީ 1-1 އިން އެއްވަރެވެ. އޭގެފަހުން ރޭ ކުޅުނު ފަހު މެޗުގައި ވަރަށް ވާދަވެރި މެޗަކަށް ފަހު ކްލަބް ބައިސާ އަތުން ރޯޔަލް ޗެލެންޖާސް މޮޅުވީ 4-3 އިންނެވެ. 

މިހާރު ތާވަލު ރޭވިފައިވާ ގޮތަށް ބަލާއިރު 10 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތީ ޔުނިޓީ އާރްސީ އެވެ. ދެ ވަނައިގައި އޮތް އެފްސީ ޔުނީކް ބޯއީޒް އަށް ލިބިފައިވަނީ 8 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ރޯޔަލް ޗެލެންޖާސް އަށް 7 ޕޮއިންޓް ލިބިފައިވާއިރު ހަތަރު ވަނައިގައި އޮތް އެމްޓީ ސްޕޯޓްސް ކްލަބަށް ލިބިފައިވަނީ 6 ޕޮއިންޓެވެ.

ފަސް ވަނައިގައި ތިން ޕޮއިންޓާ އެކު އޮތް ބައިސާ އާއި ޕޮއިންޓެއް ނުލިބި ފުލުގައި އޮތް އެފްޓީ ކިންގްސް މިހާރު ވަނީ މުބާރާތުން ކަޓައިފަ އެވެ. 

މިހާރު އޮތްގޮތުން ހަތަރު ޓީމަށް އޮތީ ފައިނަލުގެ ފުރުސަތު ހުޅުވިފަ އެވެ. އެއީ ޔުނިޓީ އާއި ޔުނީކް ބޯއީޒްގެ އިތުރުން ރޯޔަލް ޗެލެންޖާސް އަދި އެމްޓީ ސްޕޯޓްސް ކްލަބެވެ. އެހެންވެ މިއަދުގެ މެޗުތައް ވެގެންދާނީ ފައިނަލުގެ ޖާގަތައް ކަށަވަރުވާނެ ފޯރިގަދަ މެޗުތަކަކަށެވެ. 

އިއްޔެ ހަވީރު އެމްޓީ ސްޕޯޓްސް އިން 1-4 އިން މޮޅުވި މެޗުގައި އެޓީމަށް ގޯލުތައް ކާމިޔާބުކޮށްދިނީ ހުސައިން ސިމާހު އާއި މުހައްމަދު ޒިމާމްގެ އިތުރުން ހުސައިން ވިޔާމް އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އިސްމާއީލް ނިހާން އެވެ. އެފްޓީ ކިންގްސްގެ ހަމައެކަނި ލަނޑު ޖެހީ ހުސައިން ވަހީދު އެވެ. 

ޔުނިޓީ އާއި ޔުނީކް ބޯއީޒް 1-1 އިން އެއްވަރުވި މެޗުގައި، ޔުނިޓީގެ ގޯލު ޖެހީ ށ. ކަނޑިތީމުގެ ފުޓްސަލް ތަރި ރައުލް ނިޔާޒް އެވެ. ޔުނީކް ބޯއީޒްގެ ގޯލު ޖެހީ ތިމަރަފުއްޓަށް ނިސްބަތްވާ އަބްދުﷲ ޒިޔާން (ޖަންކީ) އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޔުނިޓީގެ މުހައްމަދު ހުޝާމް އެވެ. 

ރޭ ކުޅުނު ފަހު މެޗު 4-3 އިން ނިމުނުއިރު ކްލަބް ބައިސާގެ ދެ ގޯލު ޖެހީ މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި އަޔާޒް އަބްދުﷲ އެވެ. އެޓީމުގެ އަނެއް ގޯލަކީ ރޯޔަލް ޗެލެންޖާސް ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ރޯޔަލް ޗެލެންޖާސްގެ ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ މުހައްމަދު އިޒާން އެވެ. އަނެއް ދެ ގޯލު ޖެހީ އިބްރާހީމް އަތީގު ހަސަން (އިއްބެ) އާއި އިބްރާހީމް ސަނޫން އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ރޯޔަލް ޗެލެންޖާސްގެ އިބްރާހީމް އައިމަން އެވެ. 

https://fahuminet.com/tournaments/sh-goidhoo-council-sports-fiesta-futsal

ގޮއިދޫ ސްޕޯޓްސް ފިއެސްޓާގެ ފުޓްސަލް މުބާރާތް ކައުންސިލުން ކުރިއަށްގެންދާތާ މިއީ 9 ވަނަ އަހަރެވެ. މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް އެވެ. 

ކޮމެންޓްސް

Matches
8
Ongoing
Upcoming
Predict
Settings