DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ހަތް ޓީމާއެކު ހަންޏާސް ކަޕް މިއަދު ފަށަނީ، މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް
ހަތް ޓީމާއެކު ހަންޏާސް ކަޕް މިއަދު ފަށަނީ، މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް
ހަންޔާސް ކަޕްގެ މިދިިޔަ އަހަރުގެ މުބާރާތުގެ ތެރެއިން. ހަންޔާސް ކަޕްގެ ހަތް ވަނަ މުބާރާތް މިއަދު ހަވީރު ފަށާނެ. ފޮޓޯ: ހަމްޔާސް ކަޕް

ހަތް ޓީމާއެކު ހަންޏާސް ކަޕް މިއަދު ފަށަނީ، މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް

ފަހުމިނެޓް
ފަހުމިނެޓް
2 ގަޑިއިރު ކުރިން 14 ސެޕްޓެމްބަރު 2026

ހަތް ޓީމަކުން ވާދަކުރާ ހަންޏާސް ކަޕްގެ ކުޅުން މިއަދު ހަވީރު އދ. ހަންޏާމީދޫގައި ފަށާނެ އެވެ. 

ހަންޏާސް ކަޕް މިއަދު ހަވީރު ފަށަން ތައްޔާރުވާއިރު މުބާރާތުގެ އެންމެ ފަހުގެ އިންތިޒާމުތައް މިހާރު އަންނަނީ ހަމަޖައްސަމުންނެވެ. 

ހަންޏާސް ކަޕަކީ އދ. ހަންޏާމީދޫގެ އަމިއްލަ ގްރޫޕަކުން އެރަށުގައި ކުރިއަށްދާ ފޯރިގަދަ ފުޓްސަލް މުބާރާތެކެވެ. މުބާރާތް އިންތިޒާމުކުރަނީ ހަންޏާމީދޫގެ މުއައްސަސާތަކާއި ޒުވާނުންގެ އެހީތެރިކަމާ އެކު އެވެ. އަދި މިއަހަރުގެ މުބާރާތް އިންތިޒާމުކުރަނީ ރާއްޖޭގައި އެންމެ ގިނަ ފުޓްސަލް މުބާރާތްތައް ބާއްވާ ކްލަބް މޯލްޑިވްސްއާ ގުޅިގެންނެވެ. 

ކްލަބް މޯލްޑިވްސް އަކީ ރާއްޖޭގައި އެންމެ ގިނަ ފުޓްސަލް މުބާރާތްތައް އިންތިޒާމުކުރާ ޓީމެވެ. އެހެންވެ ހަންޏާސް ކަޕް މިއަހަރު ވަނީ އިތުރަށް ހާއްސަވެފަ އެވެ. 

މިއީ ހަންޏާސް ކަޕްގެ ހަތް ވަނަ މުބާރާތެވެ. ހަންޏާސް ކަޕް 2020 ވަނަ އަހަރު ފެށިއިރު، މިއަހަރުގެ މުބާރާތުގައި ހަތް ޓީމު ވާދަކުރާނެ އެވެ. ގްރޫޕް އޭގައި ހިމެނެނީ ދަ ކްލަބް، ޒިލެފީ އައި މިޑްލް ކްރައުޑް އެވެ. ގްރޫޕް ބީގައި ހިމެނެނީ ރިއަލިޓީ، ނެކްސަސްގެ އިތުރުން ނެމިސް ސްޕޯޓްސް ކްލަބް އަދި ކަޓައްޕާ އެފްޓީ އެވެ. 

މި ޓީމުތަކުގެ ތެރެއިން ރިއަލިޓީ އާއި ކަޓައްޕާ އަދި ޒެލިފީ އަކީ މުޅިން އަލަށް މުބާރާތުގައި ވާދަކުރާ ތިން ޓީމެވެ. މި ތިން ޓީމުގެ ތެރެއިން ކަޓައްޕާ އާއި ދަ ކްލަބް ނިސްބަތްވަނީ ރާއްޖޭގެ ފުޓްބޯޅައިގައި މަޝްހޫރު ރަށެއް ކަމަށްވާ މަހިބަދޫ އަށެވެ. ރިއަލިޓީ އަކީ އެ އަތޮޅު މަންދޫގެ ޓީމެކެވެ. 

އެހެން ޓީމުތަކަށް ބަލާއިރު، މިޑްލް ކްރައުޑް ނިސްބަތްވަނީ އޮމަދޫ އަށެވެ. ނެމިސް އާއި ނެކްސަސް އަކީ މުބާރާތް ބާއްވާ ހަންޏާމީދޫގެ ދެ ޓީމެވެ. 

ކޮންމެ ޓީމެއްގައި ވެސް ރަށުން ބޭރުން ދެ ކުޅުންތެރިން ހިމެނޭގޮތަށް ގަވައިދުގައި ހިމަނާފައިވާއިރު މިއަހަރުގެ މުބާރާތުގައި ވެސް މަޝްހޫރު ފުޓްސަލް ތަރިން ފެންނާނެ އެވެ. 

މިދިޔަ އަހަރު އޮތް ހަންޏާސް ކަޕްގައި ވާދަކުރީ ފަސް ޓީމެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންކަން ނެކްސަސް ހޯދިއިރު ރަނަރަޕް ޓީމަކީ މިޑްލް ކްރައުޑް އެވެ. މި މުބާރާތުގެ ޗެމްޕިއަންކަން 2023 އަދި 2024 ވަނަ އަހަރު ހޯދީ ލަކުޑި ޓީމެވެ. އެކަމަކު އެޓީމު މިފަހަރުގެ މުބާރާތުގައި ވާދަކޮށްފައެއްނުވެ އެވެ. 

މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ޖެހިޖެހިގެން ތިން ފަހަރު މުބާރާތް ކާމިޔާބުކުރީ އެފްސީ ސްލޭޔާސް އެވެ. އެކަމަކު އެޓީމުގެ ނަމުގައި މިއަހަރުގެ މުބާރާތުގައި ވާދައެއްނުކުރެ އެވެ. 

ހަންޏާސް ކަޕް އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދޭ ގޮތުގައި މިއަހަރުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 5000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. 

https://fahuminet.com/tournaments/hanyaax-cup-2026

މުބާރާތް ފެށުމުގެ ގޮތުން ކުޅޭ މެޗުގައި މިއަދު ހަވީރު ވާދަކުރާނީ ދަ ކްލަބް އާއި ޒިލެފީ އެވެ. މިރޭ ކުޅޭ ފުރަތަމަ މެޗުގައި ރިއަލިޓީ އާއި ނެކްސަސް ވާދަކުރާއިރު މިރޭގެ ފަހު މެޗުގައި ނެމިސް ސްޕޯޓްސް ކްލަބް ނުކުންނާނީ ކަޓައްޕާ އެފްޓީއާ ދެކޮޅަށެވެ. 

ހަންޏާސް ކަޕްގެ މިއަހަރުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ފަހުމިނެޓް" އެވެ. މި ނޫހުގެ ފަރާތުން މުބާރާތުގެ ލައިވްސްކޯ އާއި އެންމެ ފަހުގެ ހަބަރުތައް ގެނެސްދޭނެ އެވެ. 

ކޮމެންޓްސް

Matches
8
Ongoing
Upcoming
Predict
Settings