DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ފްލޯފިކްސް ހަންޏާސް ކަޕް: ޝަނާންގެ ހެޓްރިކާއެކު ޗެމްޕިއަން ނެކްސަސް އަށް ކާމިޔާބު ފެށުމެއް
ފްލޯފިކްސް ހަންޏާސް ކަޕް: ޝަނާންގެ ހެޓްރިކާއެކު ޗެމްޕިއަން ނެކްސަސް އަށް ކާމިޔާބު ފެށުމެއް
ރޭގެ މެޗުގައި ހެޓްރިކް ހެދި ޝަނާން ބޯޅަ ހިފައިގެން. ހަންޏާސް ކަޕްގައި މިއަހަރު ހަތް ޓީމު ވާދަކުރޭ. ފޮޓޯ: ހަންޏާސް ކަޕް

ފްލޯފިކްސް ހަންޏާސް ކަޕް: ޝަނާންގެ ހެޓްރިކާއެކު ޗެމްޕިއަން ނެކްސަސް އަށް ކާމިޔާބު ފެށުމެއް

ފަހުމިނެޓް
ފަހުމިނެޓް
1 ދުވަސް ކުރިން 15 ސެޕްޓެމްބަރު 2026

އދ. ހަންޏާމީދޫގައި ފްލޯފިކްސް ހަންޏާސް ކަޕްގެ ކުޅުން އިއްޔެ ފެށިއިރު މަޝްހޫރު ފުޓްސަލް ތަރި ޝަނާން ރަޝާދުގެ ހެޓްރިކާ އެކު ނެކްސަސް އިން ފެށުން ރަނގަޅުކޮށްފި އެވެ. 

ހަންޏާސް ކަޕްގައި މިއަހަރު ހަތް ޓީމު ވާދަކުރެ އެވެ. މުބާރާތް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.

ގްރޫޕް އޭގައި ހިމެނެނީ ދަ ކްލަބް އާއި މިޑްލް ކްރައުޑްގެ އިތުރުން ޒިލެފީ އެވެ. ގްރޫޕް ބީގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ނެކްސަސް އާއި ނެމިސް ސްޕޯޓްސް ކްލަބުގެ އިތުރުން ކަޓައްޕާ އެފްޓީ އަދި ރިއަލިޓީ އެވެ. 

މުބާރާތުގައި އިއްޔެ ވަނީ ތިން މެޗު ކުޅެފަ އެވެ. ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ޒިލެފީއާ ވާދަކޮށް ދަ ކްލަބް ވަނީ 2-6 އިން މޮޅުވެފަ އެވެ. މެޗުގައި ދަ ކްލަބްގެ އިބްރާހީމް ސާތިރު ވަނީ ހެޓްރިކް ހަދައިފަ އެވެ. އަނެއް ދެ ގޯލު ޖެހީ އާދަމް ފަހުމާން އެވެ. ޒިލެފީގެ ދެ ގޯލު ޖެހީ ގާސިމް ސައްމާމު އާއި މުހައްމަދު ހާޖިދު ޝަހީމް އެވެ. މި ދެޓީމަކީ ވެސް މަހިބަދޫ އަށް ނިސްބަތްވާ ދެ ޓީމެވެ. 

އިއްޔެގެ މެޗުގައި ގޯލު ޖެހުމަށް ފަހު ދަ ކްލަބްގެ ކުޅުންތެރިން އުފާފާޅުކުރަނީ. ފޮޓޯ: ހަންޏާސް ކަޕް
އިއްޔެގެ މެޗުގައި ގޯލު ޖެހުމަށް ފަހު ދަ ކްލަބްގެ ކުޅުންތެރިން އުފާފާޅުކުރަނީ. ފޮޓޯ: ހަންޏާސް ކަޕް

ރޭ ވަނީ މުބާރާތުގައި ދެ މެޗު ކުޅެފަ އެވެ. ރޭގެ ފުރަތަމަ މެޗުގައި ހަންޏާމީދޫ އަށް ނިސްބަތްވާ ޗެމްޕިއަން ނެކްސަން ވަނީ 5-0 އިން ރިއަލިޓީ ބަލިކޮށްފަ އެވެ. މި މެޗުގައި ކ. ގާފަރަށް ނިސްބަތްވާ ޝަނާން ރަޝީދު ވަނީ ހެޓްރިކް ހަދައިފަ އެވެ. ޝަނާން އަކީ މިއަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ކިންގުގެ މަގާމް ހޯދި ކުޅުންތެރިޔާ އެވެ. އެޓީމަށް އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ އަހުނަފް ޒާހިރު އާއި އިބްރާހީމް ރިމާހު (ރިމޭ) އެވެ. 

ރޭ އެންމެ ވާދަވެރި މެޗަކަށްވީ ނެމިސް ސްޕޯޓްސް ކްލަބާއި ކަޓައްޕާ އެފްޓީ ވާދަކުރި މެޗެވެ. މި މެޗު ނެމިސް އިން ކާމިޔާބުކުރީ 1-2 އިންނެވެ. ނެމިސްގެ ދެ ގޯލު ޖެހީ ހަސަން މާދު އާއި ހަސަން ޖިނާން އިބްރާހީމް އެވެ. ކަޓައްޕާގެ ހަމައެކަނި ގޯލު ޖެހީ އަހުމަދު ޔާނިޝް އިބްރާހީމް ޝަކީބް އެވެ. 

ހަންޏާސް ކަޕްގައި މިއަދު ވެސް ތިން މެޗު ކުޅޭނެ އެވެ. ހަވީރު ކުޅޭ މެޗުގައި ވާދަކުރާނީ ނެކްސަސް އާއި ނެމިސް އެވެ. މިރޭ ކުޅޭ ފުރަތަމަ މެޗުގައި ޒިލެފީ އާއި މިޑްލް ކްރައުޑް ކުޅޭއިރު މިރޭގެ ފަހު މެޗުގައި ބައްދަލުކުރާނީ ރިއަލިޓީ އާއި ކަޓައްޕާ އެފްޓީ އެވެ. 

ހަންޏާސް ކަޕަކީ އދ. ހަންޏާމީދޫގެ އަމިއްލަ ގްރޫޕަކުން އެރަށުގައި ކުރިއަށްދާ ފޯރިގަދަ ފުޓްސަލް މުބާރާތެކެވެ. މުބާރާތް އިންތިޒާމުކުރަނީ ހަންޏާމީދޫގެ މުއައްސަސާތަކާއި ޒުވާނުންގެ އެހީތެރިކަމާ އެކު އެވެ. އަދި މިއަހަރުގެ މުބާރާތް އިންތިޒާމުކުރަނީ ރާއްޖޭގައި އެންމެ ގިނަ ފުޓްސަލް މުބާރާތްތައް ބާއްވާ ކްލަބް މޯލްޑިވްސްއާ ގުޅިގެންނެވެ. 

https://fahuminet.com/tournaments/hanyaax-cup-2026

ހަންޏާސް ކަޕް އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދޭ ގޮތުގައި މިއަހަރުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 5000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.

ހަންޏާސް ކަޕްގެ މިއަހަރުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ފަހުމިނެޓް" އެވެ.  

ކޮމެންޓްސް

Matches
8
Ongoing
Upcoming
Predict
Settings