DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ފަހު ފުރުސަތު ގެއްލުވާނުލައި ހުސް ސޮނގުން ސެމީ ފައިނަލް މެޗުން ޖާގަ ހޯދައިފި
ފަހު ފުރުސަތު ގެއްލުވާނުލައި ހުސް ސޮނގުން ސެމީ ފައިނަލް މެޗުން ޖާގަ ހޯދައިފި
މުބާރާތުގެ މެޗެއްގައި ގޯލު ޖެހުމަށް ފަހު ހުސް ސޮނގުން ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ. ފޮޓޯ: އޭދަފުށި ކައުންސިލް

ފަހު ފުރުސަތު ގެއްލުވާނުލައި ހުސް ސޮނގުން ސެމީ ފައިނަލް މެޗުން ޖާގަ ހޯދައިފި

ފަހުމިނެޓް
ފަހުމިނެޓް
15 ގަޑިއިރު ކުރިން 12 ސެޕްޓެމްބަރު 2026

މިހާރު ކުރިއަށްދާ އޭދަފުށި ކަޕްގެ ސެމީ ފައިނަލް މެޗުން ހުސް ސޮނގުން ފުޓްބޯޅަ ޓީމު ޖާގަ ހޯދައިފި އެވެ. 

ހުސް ސޮނގުންނަށް ސެމީ ފައިނަލް މެޗުގެ ޖާގަ ލިބުނީ މިއަދު ހަވީރު އޭދަފުށީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި މިޑްލް އީސްޓާ ވާދަކޮށް 2-2 އިން އެއްވަރުވުމުންނެވެ. 

އޭދަފުށި ކަޕްގައި ހަތަރު ޓީމު ކުޅޭއިރު ފައިނަލުގެ ފުރަތަމަ ޖާގަ ލިބުނީ ލީގު ބުރުގެ އެއް ވަނަ ހޯދި ވެލާ ސްޕޯޓްސް ކްލަބަށެވެ. ފައިނަލުގެ ދެ ވަނަ ޖާގަ ލިބޭނީ ލީގު ބުރުގެ ދެ ވަނަ ޓީމާއި ތިން ވަނަ ޓީމު ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ.

ލީގު ބުރުގެ ކުޅުން މިއަދު ނިމުނުއިރު ދެ ވަނަ ލިބުނީ 4 ޕޮއިންޓާ އެކު އިރުމަތި އެފްސީ އަށެވެ. ހުސް ސޮނގުންނަށް ތިން ވަނަ ލިބުނީ 2 ޕޮއިންޓާ އެކު އެވެ. މިއަދުގެ މެޗުން އެއްވަރުވުމުން 1 ޕޮއިންޓާ އެކު މިޑްލް އީސްޓަށް މުބާރާތް މިހިސާބުން ނިމުނީ އެވެ. 

ސެމީ ފައިނަލް މެޗުގައި ހުސް ސޮނގުންނާ ދެކޮޅަށް ނުކުންނާނީ އިރުމަތި އެފްސީ އެވެ. 

https://fahuminet.com/tournaments/eydhafushi-cup-2026

މިއަދުގެ މެޗުގެ ފުރަތަމަ ގޯލު ޖެހީ ހުސް ސޮނގުން ޓީމުގެ މުހައްމަދު ޚަލީލް އެވެ. އެޓީމުގެ ދެ ވަނަ ގޯލު ކާމިޔާބުކޮށްދިނީ އަލީ ޒުބައިރު އެވެ. މިޑްލް އީސްޓުން ނަތީޖާ ހަމަހަމަކުރީ ފަހަތުން އަރައި ޖެހި ދެ ގޯލުންނެވެ. އެޓީމުގެ ފުރަތަމަ ގޯލު ބިދޭސީ ކުޅުންތެރިޔާ ރިފާތު މުހައްމަދު ކާމިޔާބުކޮށްދިންއިރު އަނެއް ގޯލު ޖެހީ ރަޝާދު އަބްދުލްމަތީން އެވެ. 

މެޗު އެއްވަރުވިއިރު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ހުސް ސޮނގުން ޓީމުގެ މުހައްމަދު އަޖުފާނަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. އެހެންވެ ދެ ވަނަ ހާފުގައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމުން ހުސް ސޮނގުން ޓީމަށް އުނދަގޫވި އެވެ. 

އިރުމަތި އެފްސީ އާއި ހުސް ސޮނގުން ވާދަކުރާ ސެމީ ފައިނަލް މެޗު އޮންނާނީ މާދަމާ އެވެ. މި މެޗުން މޮޅުވާ ޓީމެއް ފައިނަލުގައި ވެލާ ސްޕޯޓްސްއާ ދެކޮޅަށް ނުކުންނާނީ އަންގާރަ ދުވަހު އެވެ. 

ކޮމެންޓްސް

Matches
8
Ongoing
1
Upcoming
Predict
Settings