ފުރަތަމަ ސަފްޙާ / ޚަބަރު / ހެލްތު ކަޕް: ފިރިހެން ފައިނަލުގައި ޓިކާސް އާއި ދަރުމަވަންތަ، އަންހެން ފައިނަލުގައި ހެލްތާއި މޯލްޑިވިއަން
ހެލްތު ކަޕް: ފިރިހެން ފައިނަލުގައި ޓިކާސް އާއި ދަރުމަވަންތަ، އަންހެން ފައިނަލުގައި ހެލްތާއި މޯލްޑިވިއަން
ސެމީގައި ދަރުމަވަންތަ އާއި މިބްސާ ވާދަކުރި މެޗުގެ ތެރެއިން. ވާދަވެރި ސެމީ ފައިނަލް މެޗުތަކަށް ފަހު ދެ ޑިވިޝަނުގެ ފައިނަލުގެ ޖާގަތައް ވެސް ވަނީ ކަށަވަރުވެފަ. ފޮޓޯ: ހެލްތު ކަޕް

ހެލްތު ކަޕް: ފިރިހެން ފައިނަލުގައި ޓިކާސް އާއި ދަރުމަވަންތަ، އަންހެން ފައިނަލުގައި ހެލްތާއި މޯލްޑިވިއަން

ފަހުމިނެޓް
ފަހުމިނެޓް
3 ގަޑިއިރު ކުރިން 31 އޮގަސްޓް 2026

ހެލްތު ކަޕްގެ ސެމީ ފައިނަލް މެޗުތައް ނިމި ފައިނަލުގައި ވާދަކުރާ ޓީމުތައް ކަށަވަރުވެއްޖެ އެވެ، 

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ އެންމެ ފުރަތަމަ ކުޅުނީ އަންހެން ޑިވިޝަނުގެ ދެ ސެމީ އެވެ. ފުރަތަމަ ސެމީގައި ހެލްތު ރެކްރިއޭޝަން ކްލަބުން ވަނީ ވިލާ ކޮލެޖުގެ ވީސީ ހީލާސް 0-8 ގެ ތަފާތަކުން ބަލިކޮށްފަ އެވެ. 

ގްރޫޕް ސްޓޭޖުގެ ކުޅުން ނިމުނުއިރު ވީސީ ހީލާސް އަށް ސެމީގެ ޖާގައެއް ނުލިބުނެވެ. އެކަމަކު ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގައި ޖެހުނު މައްސަލައެއްގައި ހުޅުމާލެ ހޮސްޕިޓަލުގެ ނަތީޖާތައް ބަދަލުވުމުން ވީސީ ހީލާސް އަށް ގްރޫޕުގެ ދެ ވަނަ ލިބި ސެމީ ފައިނަލުން ފުރުސަތު ލިބުނީ އެވެ. 

މެޗުގައި ހެލްތު ޓީމުގެ ސިންވާ އަބްދުއްލަތީފާއި އާއިޝަރު ސާމިޔާގެ އިތުރުން އާއިޝަތު ޒުހާ، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ. އަނެއް ދެ ގޯލު ޖެހީ އާމިނަތު ހާރިސް އާއި ފާތިމަތު ޖަޒްލީ ޖާދުﷲ އެވެ. 

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހެލްތު ޓީމުގެ ސާމިޔާ އެވެ. މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ސާމިޔާ ވަނީ މިހާތަނަށް ހަތަރު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. 

އަންހެން ޑިވިޝަނުގެ ދެ ވަނަ ސެމީ ފައިނަލް ފެނުނީ ވަރަށް ވާދަވެރިކޮށެވެ. މި މެޗުގައި ވާދަކުރީ ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، އެޗްޕީއެސްއެން އާއި މޯލްޑިވިއަން އެއާ އެމްބިއުލާންސްގެ ޓީމެވެ. މި މެޗު 2-1 އިން ކާމިޔާބުކުރީ މޯލްޑިވިއަންގެ ޓީމެވެ. 

މެޗުގައި އެޗްޕީއެސްއެންގެ ހަމައެކަނި ގޯލު ޖެހީ ނަދީމާ މުހައްމަދެވެ. އެއާ އެމްބިއުލާންސްގެ ދެ ގޯލު ވެސް ޖެހީ އާތިކާ މުމްތާޒް އެވެ. އާތިކާ ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފަ އެވެ. 

ސެމީ ފައިނަލުގައި ވީސީ ހީލާސް އާއި ހެލްތު ރެކްރިއޭޝަން ކްލަބް ވާދަކުރި މެޗުގެ ތެރެއިން. އަންހެން ފައިނަލުގައި ވާދަކުރާނީ ހެލްތާއި މޯލްޑިވިއަން އެއާ އެމްބިއުލާންސް. ފޮޓޯ: ހެލްތު ކަޕް
ސެމީ ފައިނަލުގައި ވީސީ ހީލާސް އާއި ހެލްތު ރެކްރިއޭޝަން ކްލަބް ވާދަކުރި މެޗުގެ ތެރެއިން. އަންހެން ފައިނަލުގައި ވާދަކުރާނީ ހެލްތާއި މޯލްޑިވިއަން އެއާ އެމްބިއުލާންސް. ފޮޓޯ: ހެލްތު ކަޕް

ފިރިހެން ޑިވިޝަނުގެ ސެމީ ފައިނަލް މެޗުތަކުން މޮޅުވެ ފައިނަލުގެ ޖާގަ ހޯދީ ޓީމް ދަރުމަވަންތަ އާއި ޓިކާސް މޯލްޑިވިއަން އެއާ އެމްބިއުލާންސް އެވެ. 

ފުރަތަމަ ސެމީގައި ދަރުމަވަންތަ އިން ވަނީ ވާދަވެރި ކުޅުމަކަށް ފަހު މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޓީމު، މިބްސާ 2-3 އިން ބަލިކޮށްފަ އެވެ. މެޗުގައި ދަރުމަވަންތައިގެ ހަސަން ހަލީމް ވަނީ ދެ ގޯލު ޖަހައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. އަނެއް ގޯލު ޖެހީ އަލީ މަފާޒް ރަޝީދު އެވެ. މިބްސާގެ އެއް ގޯލަކީ ދަރުމަވަންތައިގެ އިސްމާއީލް އަރީޝް އަތުން ބައިކޮޅަށް ވަން ގޯލެވެ. މިބްސާގެ އަނެއް ގޯލު ޖެހީ އަލީ އަޖުމަލް އެވެ. 

ދެ ވަނަ ސެމީގައި މިދިޔަ އަހަރުގެ ޗެމްޕިއަން ޓިކާސް އިން ހުޅުމާލެ ހޮސްޕިޓަލް ބަލިކުރީ 2-6 އިންނެވެ. މި މެޗުގެ ތަރިއަކަށްވީ ހެޓްރިކް ހަދައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަލީ ނާހިލް އަހުމަދެވެ. ޓިކާސް އަށް ދެން ގޯލުތައް ޖަހައިދިނީ ދެ ގޯލާ އެކު ހަސަން ނާސިހު އާދަމް އާއި އެއް ގޯލު ޖެހި އަހުމަދު ޒައިން އައްސަދު އެވެ. ހުޅުމާލެ ހޮސްޕިޓަލުގެ ދެ ގޯލު ޖެހީ ހަސަން ނާއިފް އާއި މޫސާ ކަލީމް ގާސިމް އެވެ. 

ދެ ޑިވިޝަނުގެ ފައިނަލް މެޗު ވެސް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރެ އެވެ. ފުރަތަމަ ފައިނަލުގައި ވާދަކުރާނީ އަންހެން ޑިވިޝަނުގެ އެންމެ ފަހުގެ ޗެމްޕިއަން ހެލްތާއި މޯލްޑިވިއަން އެއާ އެމްބިއުލާންސް އެވެ. މި މެޗު ފަށާނީ މާދަމާ ރޭ 8:45 ގަ އެވެ. 

https://www.fahuminet.com/tournaments/health-cup-2026-mens-division

ފިރިހެން ފުޓްސަލްގެ ފައިނަލުގައި ދަރުމަވަންތަ އާއި އެންމެ ފަހުގެ ޗެމްޕިއަން ޓިކާސް ވާދަކުރާ މެޗު ފަށާނީ ރޭގަނޑު 9:45 ގަ އެވެ. 

https://www.fahuminet.com/tournaments/health-cup-2026-mens-division

މި ދެ މެޗުގެ ލައިވް ސްކޯ ފަހުމިނެޓް ނޫހުން ފެންނާނެ އެވެ. 

ކޮމެންޓްސް

Matches
6
Ongoing
6
Upcoming
Predict
Settings