ފުރަތަމަ ސަފްޙާ / ޚަބަރު / ހެލްތު ކަޕް: މޯލްޑިވިއަންގެ އަންހެން ޓީމުން ސެމީގެ ފަހު ޖާގަ އަތުލައިފި
ހެލްތު ކަޕް: މޯލްޑިވިއަންގެ އަންހެން ޓީމުން ސެމީގެ ފަހު ޖާގަ އަތުލައިފި
ހެލްތު ކަޕްގައި މޯލްޑިވިއަން އެއާ އެމްބިއުލާންސާއި ދަރުމަވަންތަ ވާދަކުރި މެޗުގެ ތެރެއިން. މި މެޗު އެއްވަރުކޮށް ސެމީގެ ޖާގަ ހޯދީ މޯލްޑިވިއަން. ފޮޓޯ: ހެލްތު ކަޕް

ހެލްތު ކަޕް: މޯލްޑިވިއަންގެ އަންހެން ޓީމުން ސެމީގެ ފަހު ޖާގަ އަތުލައިފި

ފަހުމިނެޓް
ފަހުމިނެޓް
3 ގަޑިއިރު ކުރިން 27 އޮގަސްޓް 2026

މިހާރު ކުރިއަށްދާ ހެލްތު ކަޕްގެ އަންހެން ޑިވިޝަނުގެ ގްރޫޕް ސްޓޭޖުގެ ކުޅުން ރޭ ނިމި، ސެމީ ފައިނަލުގެ ފަހު ޖާގަ މޯލްޑިވިއަން އެއާ އެމްބިއުލާންސްގެ ޓީމުން ހޯދައިފި އެވެ. 

މޯލްޑިވިއަނުން މި ޖާގަ ޔަގީންކުރީ ރޭ ކުޅުނު ގްރޫޕް އޭގެ ފަހު މެޗުގައި ޓީމު ދަރުމަވަންތައާ ވާދަކޮށް 1-1 އިން އެއްވަރުކޮށްގެންނެވެ. މި ގްރޫޕުގެ އަނެއް މެޗުގައި ރޭ ހެލްތު ރެކްރިއޭޝަން ކްލަބް ވަނީ ދި އައިކޮނިކްސް ޓީމު 0-7 އިން ބަލިކޮށްފަ އެވެ. 

ގްރޫޕް އޭގެ އެއް ވަނަ 12 ޕޮއިންޓާ އެކު ހޯދީ ހެލްތުންނެވެ. ދެ ވަނަ މޯލްޑިވިއަނަށް ލިބުނީ 7 ޕޮއިންޓާ އެކު އެވެ. ދަރުމަވަންތަ އަށް 5 ޕޮއިންޓާ އެކު ތިން ވަނަ ލިބުނުއިރު ހަތަރު ވަނަ އަށް ދިޔައީ 4 ޕޮއިންޓް ލިބުނު ކްލަބް އާސަންދަ އެވެ. ގްރޫޕުގެ ފުލަށް ދިޔައީ ހަތަރު މެޗުން ވެސް ބަލިވި އައިކެއާގެ އައިކޮނިކްސް އެވެ. 

ރޭގެ މެޗަށް ނުކުތްއިރު، އެއްވަރުކޮށްލައިގެން ސެމީގެ ޖާގައެއް މޯލްޑިވިއަނަށް އޮތީ ކަށަވަރުވާށެވެ. މެޗުގައި މޯލްޑިވިއަންގެ ހަމައެކަނި ގޯލު 24 ވަނަ މިނެޓުގައި ޖެހީ ހަސްމާ ޔޫސުފް އެވެ. ދަރުމަވަންތަ އިން ނަތީޖާ ހަމަހަމަކުރީ މެޗުގެ ފަހުމިނެޓުގައި ލީނާ އައްބާސް ޖެހި ގޯލުންނެވެ. އެކަމަކު އެންމެ ގޯލަކުން ދަރުމަވަންތަ އަށް ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރެއްނުވި އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ދަރުމަވަންތަ އަށް ގޯލު ޖަހައިދިން ލީނާ އެވެ. 

ހެލްތުން އައިކޮނިކްސް ބަލިކުރި މެޗުގެ ތެރެއިން. ސެމީ ފައިނަލުގެ ޖާގަތައް ވަނީ ކަށަވަރުވެފަ. ފޮޓޯ: ހެލްތު ކަޕް
ހެލްތުން އައިކޮނިކްސް ބަލިކުރި މެޗުގެ ތެރެއިން. ސެމީ ފައިނަލުގެ ޖާގަތައް ވަނީ ކަށަވަރުވެފަ. ފޮޓޯ: ހެލްތު ކަޕް

ހެލްތުން ހޯދި ބޮޑު މޮޅުގައި ސިންވާ އަބްދުއްލަތީފާއި ސަލާހާ ހުސައިން ފުޅު އަދި އާއިޝަތު ސާމިޔާ، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ. އަނެއް ގޯލު ކާމިޔާބުކޮށްދިނީ އާމިނަތު ހާރިސް އެވެ. މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ސާމިޔާ އެވެ. 

އަންހެން ޑިވިޝަނުގެ ސެމީ ފައިނަލް މެޗުތައް އޮންނާނީ އަންނަ އާދީއްތަ ދުވަހުގެ ރެ އެވެ. ފުރަތަމަ ސެމީގައި ބައްދަލުކުރާނީ ހެލްތާއި، ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުން މަރުކަޒު، އެޗްޕީއެސްއެންގެ ޓީމެވެ. ދެ ވަނަ ސެމީގައި ބައްދަލުކުރާނީ ހުޅުމާލެ ހޮސްޕިޓަލާއި މޯލްޑިވިއަން އެއާ އެމްބިއުލާންސް އެވެ. 

https://www.fahuminet.com/tournaments/health-cup-2026-womens-division

އަންހެން ޑިވިޝަނާއި ފިރިހެން ޑިވިޝަނުގެ ފައިނަލް މެޗު ވެސް ކުޅޭނީ ސެޕްޓެމްބަރު އެއް ވަނަ ދުވަހު އެވެ. 

ހެލްތު ކަޕްގެ ދެ ވަނަ އެޑިޝަންގައި އަންހެން އަދި ފިރިހެން މުބާރާތް ހިމެނޭހެން 25 ޓީމު ވަނީ ބައިވެރިވެފަ އެވެ. އެއީ ފިރިހެން ޑިވިޝަނުގައި 16 ޓީމު އަދި އަންހެން ޑިވިޝަނުގައި 9 ޓީމެވެ. 

ހެލްތު ކަޕަކީ، ސިއްހީ ދާއިރާގައި ހިމެނޭ ސަރުކާރާއި އަދި އަމިއްލަ މުއައްސަސާތަކާއި، ސިއްހީ ދާއިރާގެ ކުރިއެރުމަށް އެހީތެރިވެދޭ އިދާރާތަކަށް ހާއްސަކޮށްގެން ބާއްވާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތް ބާއްވަނީ، ސްޕޯޓްސް ފިއުޝަން މޯލްޑިވްސް އާއި ހެލްތު މިނިސްޓްރީގެ ރިކްރިއޭޝަން ކްލަބް ގުޅިގެންނެވެ. 

މުބާރާތުގެ ލައިވްސްކޯ ޕާޓްނަރަކީ ފަހުމިނެޓެވެ. 

ކޮމެންޓްސް

Matches
7
Ongoing
5
Upcoming
Predict
Settings