ފުރަތަމަ ސަފްޙާ / ޚަބަރު / ފުޓްސަލް އާއި ހޭންޑްބޯލް ހިމަނައިގެން މާޅެންދޫގައި ކުޅިވަރުގެ އުފާވެެރި ހަރަކާތެއް ފަށަނީ
ފުޓްސަލް އާއި ހޭންޑްބޯލް ހިމަނައިގެން މާޅެންދޫގައި ކުޅިވަރުގެ އުފާވެެރި ހަރަކާތެއް ފަށަނީ
މާޅެންދޫގައި މިދިޔަ އަހަރު ބޭއްވި ހޭންޑްބޯލް ޗެލެންޖުގެ ޗެމްޕިއަން ޓީމު. ފުޓްސަލް އާއި ހޭންޑްބޯލް ހިމެނޭ ކުޅިވަރުގެ ބޮޑު ހަރަކާތް މާދަމާ އެރަށުގައި ފަށާނެ. ފޮޓޯ: މާޅެންދޫ ކައުންސިލް

ފުޓްސަލް އާއި ހޭންޑްބޯލް ހިމަނައިގެން މާޅެންދޫގައި ކުޅިވަރުގެ އުފާވެެރި ހަރަކާތެއް ފަށަނީ

ފަހުމިނެޓް
ފަހުމިނެޓް
7 ގަޑިއިރު ކުރިން 31 އޮގަސްޓް 2026

ނ. މާޅެންދޫ ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން ބާއްވާ ހަތަރު ވަނަ ފުޓްސަލް މުބާރާތާއި، ދެވަނަ ހޭންޑްބޯލް މުބާރާތް މާދަމާ ފަށަން ތައްޔާރުވެއްޖެ އެވެ.

ސެޕްޓެމްބަރު މަހުގެ 1 އިން 5 އަށް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ ފުޓްސަލް މުބާރާތުގައި ޖުމްލަ ތިން ޓީމަކުން ބައިވެރިވެފައިވާ އިރު މުބާރާތް ކުރިއަށްގެންދަން ރާވާފައިވަނީ ލީގު އުސޫލުން ބުރެއް ކުޅުމަށްފަހު އެންމެ ރަގަޅު ނަތީޖާ ހޯދާ ދެ ޓީމު މުބާރާތުގެ ފައިނަލްގައި ވާދަކުރާ ގޮތަށެވެ.

މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ އެންމެ ފަހުގެ ޗެމްޕިއަން ކަބަޓާން އެސްސީ އާއި ރަނަރަޕް މަގާމު ހޯދި ކަބަޓާން އެފްޓީގެ އިތުރުން ޓެމަރާރިއޯސް އެވެ. މުބާރާތް ހުޅުވާ މެޗުގައި މާދަމާ ހަވީރު ވާދަކުރާނީ ކަބަޓާން އެސްސީ އާއި ކަބަޓާން އެފްޓީ އެވެ.

މާޅެންދޫ ކައުންސިލް އިދާރާގެ ހަތަރު ވަނަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ޓީމަށް 35,000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 23,000 ރުފިޔާ ދޭގޮތަށް ހަމަޖެހިފައިވާ އިރު މި މުބާރާތުގައި ރާއްޖޭގެ ފުޓްސަލްގައި އެންމެ ނަން ހިނގާ ބައެއް ތަރިން ކުޅޭނެ އެވެ. އޭގެ ތެރޭގައި ސާފް ފުޓްސަލް ޗެމްޕިއަންޝިޕުން ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ގައުމީ ޓީމުގައި ހިމެނުނު ރާހިލް އަހްމަދު ރަޝީދާ (ރާއްކޮ) އާއި މިއަހަރު އޮތް ކްލަބް މޯލްޑިވްސް ކަޕްގެ ޓޮޕް ސްކޯރާގެ މަގާމު ހޯދި މުހައްމަދު އިސާމް (ޝަންޓޭ) ހިމެނެ އެވެ.

މާޅެންދޫ ފުޓްސަލް މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދި ޓީމުން ތަށި އުފުލާލަނީ. ފުޓްސަލް މުބާރާތް ވެސް މާދަމާ ފެށުމަށް ވަނީ ހަމަޖެހިފައި. ފޮޓޯ: މާޅެންދޫ ކައުންސިލް
މާޅެންދޫ ފުޓްސަލް މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދި ޓީމުން ތަށި އުފުލާލަނީ. ފުޓްސަލް މުބާރާތް ވެސް މާދަމާ ފެށުމަށް ވަނީ ހަމަޖެހިފައި. ފޮޓޯ: މާޅެންދޫ ކައުންސިލް

މާދަމާއިން ފެށިގެން އަންނަ ހަފްތާގެ އާދިއްތަ ދުވަހާ ހަމައަށް ކުރިއަށްގެންދަން ރާވާފައިވާ ހޭންޑް ބޯލް މުބާރާތުގައި ބައިވެރިވެފައިވަނީ ހަތަރު ޓީމެވެ. ފުޓްސަލް މުބާރާތެކޭ އެއްގޮތަށް މި މުބާރާތް ވެސް ކުރިއަށްގެންދަން ރާވާފައިވަނީ ލީގު އުސޫލުން ބުރެއް ކުޅުމަށްފަހު އެންމެ ރަގަޅު ނަތީޖާ ހޯދާ ދެ ޓީމު ފައިނަލްގައި ކުޅޭ ގޮތަށެވެ.

https://www.fahuminet.com/tournaments/maalhendhoo-council-futsal-tournament-2026

ޗެމްޕިއަން ޓީމަށް 30,000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 18,000 ރުފިޔާ ދޭ ގޮތަށް ހަމަޖެހިފައިވާ ހޭންޑްބޯލް މުބާރާތުގައި މިފަހަރު ބައިވެރިވެފައިވަނީ  އެންމެ ފަހުގެ ޗެމްޕިއަން ކަމަނަ އާއި ރަނަރަޕް މަގާމު ހޯދި ޗެލެންޖާސްގެ އިތުރުން ގުޒެލް އާއި މުޅިން އަލަށް މި މުބާރާތުގައި ބައިވެރިވާ އެމެރަލްޑެވެ.

https://www.fahuminet.com/tournaments/maalhendhoo-council-handball-tournament%202026

އާބާދީގައި ހާހަކާ ގާތްކުރާ އަދަދަކަށް މީހުން ދިރިއުޅޭ މާޅެންދޫ ގައި މާދަމާ ފަށާ ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ "ފަހުމިނެޓް" އެވެ. މި ދެ މުބާރާތުގެ ލައިވް ސްކޯ އާއި މުބާރާތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު މި ނޫހުގެ ވެބްސައިޓް މެދުވެރިކޮށް ގެނެސްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

 

 

 

 

 

 

ކޮމެންޓްސް

Matches
6
Ongoing
6
Upcoming
Predict
Settings