ފުރަތަމަ ސަފްޙާ / ޚަބަރު / މިލަދޫ ފުޓްސަލް މުބާރާތުގެ ފައިނަލުން ޗިކޯސް އާއި ޑީ ޓެން ޖާގަ ހޯދައިފި
މިލަދޫ ފުޓްސަލް މުބާރާތުގެ ފައިނަލުން ޗިކޯސް އާއި ޑީ ޓެން ޖާގަ ހޯދައިފި
ޑީ ޓެންގެ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފައިނަލް މެޗު އޮންނާނީ އާދީއްތަ ދުވަހުގެ ރޭ. ފޮޓޯ: މިލަދޫ ޔޫތު މޫވްމަންޓް

މިލަދޫ ފުޓްސަލް މުބާރާތުގެ ފައިނަލުން ޗިކޯސް އާއި ޑީ ޓެން ޖާގަ ހޯދައިފި

ފަހުމިނެޓް
ފަހުމިނެޓް
10 ގަޑިއިރު ކުރިން 28 އޮގަސްޓް 2026

ނ. މިލަދޫގައި މިހާރު ކުރިއަށްދާ އެމްވައިއެމް ފުޓްސަލް ޗެލެންޖުގެ ފައިނަލުން ޗިކޯސް އެފްސީ އާއި ޑީ ޓެން އެފްސީ ޖާގަ ހޯދައިފި އެވެ.

މިލަދޫ ޔޫތު މޫވްމަންޓުން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ ހަތް ވަނަ ފުޓްސަލް މުބާރާތުގެ ފައިނަލުން ޗިކޯސް އެފްސީ ޖާގަ ހޯދައިފައިވަނީ މިރޭ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މަގޫދޫއަށް ނިސްބަތްވާ ގޯލްޑަން ފެލްކަންސްއާ ވާދަކޮށް 1-3 އިން މޮޅުވެގެންނެވެ.

މުބާރާތުގެ ލީގު އުސޫލުން ކުޅުނު ބުރުގެ އެއް ވަނަ ހޯދައިގެން ސެމީ ފައިނަލަށް އައި ޗިކޯސް އާއި ހަތަރު ވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ލިބުނު ގޯލްޑަން ފެލްކަންސް މިރޭ ވާދަކުރި މެޗުގައި ފެނުނު ހަތަރު ލަނޑުވެސް ޖަހައިފައިވަނީ ފަހު ހާފުގަ އެވެ.

ފުރަތަމަ ލަނޑު މެޗުގެ 22 ވަނަ މިނެޓްގައި ގޯލްޑަން ފެލްކަންސް ކޮޅަށް ވައްދާލައިގެން މެޗުގެ ލީޑު ނެގީ ޗިކޯސް އިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަލީ މާއިސް (މައްޓު) އެވެ.

މުބާރާތުގައި މައްޓު ޖަހައިދިން ހަ ވަނަ ގޯލާއެކު ޗިކޯސް އިން ކުރި ހޯދިތާ ދެ މިނެޓް ފަހުން ގޯލްޑަން ފެލްކަންސްގެ ސައުދު މުހައްމަދު ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރި އެވެ. އެކަމަކު އޭގެ މިނެޓެއް ފަހުން ޗިކޯސްގެ ހުސައިން ޝާފީ ލަނޑެއް ޖަހައި ދެވަނަ ފަހަރަށް އެ ޓީމަށް ލީޑު ނަގައިދިނެވެ. ޗިކޯސްއިން ޖެހި ތިންވަނަ ލަނޑު މެޗުގެ 33 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެ ޓީމުގެ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިން ޝާފީ އެވެ. 

ޗިކޯސް މޮޅުވި މެޗުގެ ތެރެއިން. ފައިނަލުގައި ނުކުންނާނީ ޑީ ޓެންއާ ދެކޮޅަށް. ފޮޓޯ: މިލަދޫ ޔޫތު މޫވްމަންޓް
ޗިކޯސް މޮޅުވި މެޗުގެ ތެރެއިން. ފައިނަލުގައި ނުކުންނާނީ ޑީ ޓެންއާ ދެކޮޅަށް. ފޮޓޯ: މިލަދޫ ޔޫތު މޫވްމަންޓް

މުބާރާތުގެ ފައިނަލްގެ ދެވަނަ ޖާގަ ޑީ ޓެން އެފްސީން ހޯދީ މިރޭ ކުޅުނު ސެމީ ފައިނަލްގެ ފަހު މެޗުގައި ފެލްކަންސްއާ ވާދަކޮށް 1-6 އިން ކުރި ހޯދައިގެންނެވެ. މި މެޗު ފަށައިގެން ފުރަތަމަ ދިހަ މިނެޓް ތެރޭގައި ޑީ ޓެން އިން ދެ ގޯލް ކާމިޔާބުކުރިއިރު މި ދެ ގޯލްވެސް ޖަހައިދީފައިވަނީ މި މުބާރާތުގައި ޑީ ޓެންއަށް މުހިންމު ގޯލްތަކެއް ކާމިޔާބުކޮށްދީފައިވާ އަހްމަދު އިނަފް އަބްދުﷲ އެވެ.

ޑީ ޓެންއިން ޖެހި ދެ ލަނޑާއެކު ފެލްކަންސްއަށް ރައްދު ނުދެވި އުޅެނިކޮށް އަނެއްކާވެސް ފެނުނީ  އަލީ ހާފިޒް (ހާއްޕެ) ލަނޑެއް ޖަހައި ޑީ ޓެންގެ ލީޑު ފުޅާކޮށްދިން ތަނެވެ. މި މެޗުގައި ފެލްކަންސްއިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ  ފުރަޔަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ޔޫސުފް އަޒާނެވެ.

މި މެޗުގައި ޑީ ޓެންއިން ޖެހި އަނެއް ތިން ގޯލް ފަހު ހާފުގައި ކާމިޔާބުކުރި އިރު އޭގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްފައިވަނީ ކައިސަން ބިން ހިސާނެވެ. އަނެއް ގޯލް ކާމިޔާބުކޮށްދިނީ އަހްމަދު ރާހިލް ރަޝީދު (ރާއްކޮ) އެވެ.

https://fahuminet.com/tournaments/miladhoo-mym-futsal-challenge-2026

މުބާރާތުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އޮތް ޗިކޯސް އާއި ޑީ ޓެން ވާދަކުރާ ފައިނަލް މެޗު ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުގެ ރެ އެވެ.

 

ކޮމެންޓްސް

Matches
7
Ongoing
4
Upcoming
Predict
Settings