ފުރަތަމަ ސަފްޙާ / ޚަބަރު / ޗިކޯސް އެއް ވަނަ ހޯދިއިރު ގޯލްޑަން ފެލްކަންސް ޔަގީންކުރީ ސެމީ ފައިނަލް
ޗިކޯސް އެއް ވަނަ ހޯދިއިރު ގޯލްޑަން ފެލްކަންސް ޔަގީންކުރީ ސެމީ ފައިނަލް
ޗިކޯސް މޮޅުވި މެޗުގައި އެޓީމުގެ އައްޒާމް ބޯޅަ ހިފައިގެން. ލީގު ބުރުގެ އެއް ވަނަ ހޯދީ ޗިކޯސް. ފޮޓޯ: މިލަދޫ ޔޫތު މޫވްމަންޓް

ޗިކޯސް އެއް ވަނަ ހޯދިއިރު ގޯލްޑަން ފެލްކަންސް ޔަގީންކުރީ ސެމީ ފައިނަލް

ފަހުމިނެޓް
ފަހުމިނެޓް
12 ގަޑިއިރު ކުރިން 26 އޮގަސްޓް 2026

މިލަދޫގައި މިހާރު ކުރިއަށް އެމްވައިއެމް ފުޓްސަލް ޗެލެންޖުގެ ލީގު ބުރުގެ ކުޅުން ނިމި ސެމީ ފައިނަލުގެ ޖާގަތައް ޔަގީންވެއްޖެ އެވެ. 

މުބާރާތުގައި މިރޭ ވަނީ ލީގު ބުރުގެ ފަހު ދެ މެޗު ކުޅެފަ އެވެ. ފުރަތަމަ މެޗުގައި ޗިކޯސް އިން ވަނީ ފެލްކަންސްއާ ވާދަކޮށް 0-2 އިން މޮޅުވެފަ އެވެ. އަނެއް މެޗުގައި ގޯލްޑަން ފެލްކަންސްއާ ވާދަކޮށް މާފަރު މޮޅުވީ 3-2 އިންނެވެ. 

ލީގު ބުރުގެ އެއް ވަނަ ހޯދީ 10 ޕޮއިންޓާ އެކު ޗިކޯސް އެވެ. ދެ ވަނަ ލިބުނީ 8 ޕޮއިންޓް ހޯދި ޑީ ޓެން އެފްސީ އަށެވެ. ފެލްކަންސް ތިން ވަނަ އަށް ދިޔައީ 4 ޕޮއިންޓާ އެކު އެވެ. ލީގު ބުރުގެ ހަތަރު ވަނަ ހޯދި ގޯލްޑަން ފެލްކަންސް އާއި ފަސް ވަނަ ލިބުނު މާފަރަށް ވެސް 3 ޕޮއިންޓް ލިބުނެވެ. އެކަމަކު ގޯލުގެ ތަފާތުން ހަތަރު ވަނަ ލިބުނީ ގޯލްޑަން ފެލްކަންސް އަށެވެ. އެހެންވެ މާފަރަށް ޖެހުނީ ފަސް ޓީމު ވާދަކުރާ މުބާރާތާ އަލްވަދާއު ކިޔާށެވެ. 

ޗިކޯސް އިން މިރޭ ފެލްކަންސް ބަލިކުރި މެޗުގައި ގޯލުތައް ކާމިޔާބުކޮށްދިނީ ފުޓްސަލްގެ ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު އައްޒާމު އާއި އަލީ މާއިސް (މައްޓު) އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މައްޓު އެވެ. 

މާފަރުން ގޯލްޑަން ފެލްކަންސް ބަލިކުރި މެޗުގެ ތެރެއިން. ގޯލުގެ ތަފާތުން މާފަރު ވަނީ މުބާރާތުން ކަޓާފަ. ފޮޓޯ: މިލަދޫ ޔޫތު މޫވްމަންޓް
މާފަރުން ގޯލްޑަން ފެލްކަންސް ބަލިކުރި މެޗުގެ ތެރެއިން. ގޯލުގެ ތަފާތުން މާފަރު ވަނީ މުބާރާތުން ކަޓާފަ. ފޮޓޯ: މިލަދޫ ޔޫތު މޫވްމަންޓް

ސެމީގެ ފަހު ޖާގަ ހޯދަން ނުކުން ދެ ޓީމު ކަމަށްވާ ގޯލްޑަން ފެލްކަންސް އާއި މާފަރުގެ މެޗު ފެނުނީ ވާދަވެރިކޮށެވެ. މި މެޗުގައި މާފަރަށް ގޯލުތައް ކާމިޔާބުކޮށްދިނީ، ދެ ގޯލު ޖެހި އިރުޝާދު އަދުނާންގެ އިތުރުން އިބްރާހީމް ޒަކަރިއްޔާ އެވެ. ގޯލްޑަން ފެލްކަންސްގެ ދެ ގޯލު ޖެހީ ސައުދު މުހައްމަދު އާއި މުހައްމަދު އިރުޝާދު އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މާފަރުގެ އިރުޝާދު އެވެ. 

https://fahuminet.com/tournaments/miladhoo-mym-futsal-challenge-2026

މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު އޮންނާނީ ހުކުރު ދުވަހުގެ ރެ އެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުގެ ރެ އެވެ. 

އެމްވައިއެމް ފުޓްސަލް ޗެލެންޖުގެ މިއަހަރުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ފަހުމިނެޓެވެ. 

ކޮމެންޓްސް

Matches
7
Ongoing
5
Upcoming
Predict
Settings