ފުރަތަމަ ސަފްޙާ / ޚަބަރު / ހެލްތު ކަޕް: ފިރިހެން ޑިވިޝަންގެ ގަދަ އަށެއް ކަށަވަރުވެއްޖެ
ހެލްތު ކަޕް: ފިރިހެން ޑިވިޝަންގެ ގަދަ އަށެއް ކަށަވަރުވެއްޖެ
ރޭ ފައިނޭންސް ރެކްރިއޭޝަނާއި ލިކުއިޑް ނިޓްރޮޖެން ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: ހެލްތު ކަޕް

ހެލްތު ކަޕް: ފިރިހެން ޑިވިޝަންގެ ގަދަ އަށެއް ކަށަވަރުވެއްޖެ

ފަހުމިނެޓް
ފަހުމިނެޓް
8 ގަޑިއިރު ކުރިން 26 އޮގަސްޓް 2026

ހެލްތު ކަޕްގެ ފިރިހެން ޑިވިޝަނުގެ ގްރޫޕް ސްޓޭޖުގެ ކުޅުން ރޭ ނިމި ކުއާޓާ ފައިނަލަށް ޓީމުތައް ހޮވިއްޖެ އެވެ. 

މުބާރާތުގައި ރޭ ވަނީ ފިރިހެން ޑިވިޝަނުގެ ގްރޫޕް ސްޓޭޖުގެ ފަހު ހަ މެޗު ކުޅެފަ އެވެ. 

ގްރޫޕް އޭގައި ރޭ ރައްޔިތުންގެ މަޖިލީހުގެ ޓީމް ޕެމާ އާއި އެމްއެމްއޭ ސޯޝަލް ކްލަބް ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މި ގްރޫޕުގެ އަނެއް މެޗުގައި ޓީމް ދަރުމަވަންތަ ވަނީ 1-10 އިން އޭޑީކީ ސިނާޖީ ބަލިކޮށްފަ އެވެ. 

ޕެމާ އާއި އެމްއެމްއޭ ވާދަކުރި މެޗުގައި އެމްއެމްއޭގެ ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު މާހިން އެވެ. ޕެމާގެ ގޯލަކީ އެމްއެމްއޭގެ އައްފާން މޫސާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. 

ދަރުމަވަންތައިން ހޯދި ބޮޑު މޮޅުގައި، އިސްމާއީލް އަރީޝް ވަނީ ހަތަރު ގޯލު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. އަދި އެޓީމުގެ އަލީ މަފާޒް ރަޝީދު އާއި މުހައްމަދު މުނާޒް، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ. ބާކީ ގޯލުތައް ޖެހީ އަލީ އާލިން އާދިލް އާއި އަހުމަދު އަބްދުއްސައްތާރު އެވެ. އޭޑީކޭ ސިނާޖީގެ ހަމައެކަނި ގޯލު ޖެހީ ތުއާން އިންޒަމާމް ޖަމަލްދިީން އެވެ. 

ގްރޫޕް އޭގެ އެއް ވަނަ 6 ޕޮއިންޓާ އެކު ހޯދީ ދަރުމަވަންތަ އެވެ. ދެ ވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލް ކަށަވަރުކުރީ 5 ޕޮއިންޓް ލިބުނު ޕެމާ އެވެ. އެމްއެމްއޭ އަށް ހަތަރު ޕޮއިންޓް ލިބުނުއިރު ފުލަށް ދިޔަ އޭޑީކޭގެ ޓީމަށް ލިބުނީ ޕޮއިންޓެކެވެ. 

މެޑިކާ ހޮސްޕިޓަލާއި ނޭޝަނަލް ޔުނިވަރސިޓީގެ ޓީމު ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: ހެލްތު ކަޕް
މެޑިކާ ހޮސްޕިޓަލާއި ނޭޝަނަލް ޔުނިވަރސިޓީގެ ޓީމު ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: ހެލްތު ކަޕް

ގްރޫޕް ބީގައި ޓްރޭޑް ކްލަބާ ވާދަކޮށް އެންމެ ފަހުގެ ޗެމްޕިއަން ޓިކާސް ވަނީ 3-1 އިން މޮޅުވެފަ އެވެ. އަދި މެޑިކާ ހޮސްޕިޓަލާ ވާދަކޮށް ނޭޝަނަލް ޔުނިވާސިޓީގެ ޓީމު ވަނީ 5-2 އިން މޮޅުވެފަ އެވެ. 

ޓިކާސް އިން ޓްރޭޑް ކްލަބް ބަލިކުރި މެޗުގައި ގޯލުތައް ޖެހީ އަލީ ނާހިލް އަހުމަދާއި ރައްޒާން އަބްދުއްސަމަދު އެވެ. ނާހިލް ވަނީ ދެ ގޯލު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފަ އެވެ. ޓްރޭޑް ކްލަބުގެ ހަމައެކަނި ގޯލު ޖެހީ މަޒުހަރު އަބްދުﷲ އެވެ. 

މެޑިކާ ހޮސްޕިޓަލް ޓީމު ކޮޅަށް ނޭޝަނަލް ޔުނިވާސިޓީގެ ގޯލުތައް ކާމިޔާބުކޮށްދިނީ ހެޓްރިކް ހެދި އަހުމަދު ލައްމާހު އިބްރާހީމް އާއި އައިކް އަބްދުﷲ ރިފާއުގެ އިތުރުން ވިޝާހް މުހައްމަދެވެ. މެޑިކާގެ ދެ ގޯލު ޖެހީ ޔޫސުފް ޝާން އާއި ސްރީނާތު ވިލައްކަތަލާ ޕްރަމްބިލް އެވެ. މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހެޓްރިކް ހެދި ލައްމާހު އެވެ. 

ގްރޫޕް ބީގެ އެއްވަނަ 9 ޕޮއިންޓާ އެކު ހޯދީ ޗެމްޕިއަން ޓިކާސް އެވެ. ދެ ވަަނަ ލިބުނު ޓްރޭޑް ކްލަބާއި ތިން ވަނަ ލިބުނު ނޭޝަނަލް ޔުނިވާސިޓީގެ ޓީމަށް ވަނީ 4 ޕޮއިންޓް ލިބިފަ އެވެ. ލަނޑުގެ ތަފާތުން ކުއާޓާ ފައިނަލް ކަށަވަރުކުރީ ޓްރޭޑް ކްލަބެވެ. ފުލަށް ދިޔައީ ތިން މެޗުން ވެސް ބަލިވި މެޑިކާ ހޮސްޕިޓަލެވެ. 

ގްރޫޕް ޑީގައި ރޭ ވިލާ ކޮލެޖުގެ ވީސީ ހީލާސްއާ ވާދަކޮށް ހެލްތު ރެކްރިއޭޝަން ކްލަބް ވަނީ 20-0 އިން މޮޅުވެފަ އެވެ. އަދި ފައިނޭންސް ރެކްރިއޭޝަންގެ މައްޗަށް މޯލްޑިވްސް ގޭހުގެ ލިކުއިޑް ނިޓްރޮޖެން އެފްސީ ކުރި ހޯދީ 4-2 އިންނެވެ. 

https://www.fahuminet.com/tournaments/health-cup-2026-mens-division

ހެލްތުން ވީސީ ހީލާސް ކޮޅަށް 20 ގޯލު ޖެހިއިރު، އަލީ އަހުމަދު މަނިކު އަދި އަހުމަދު ނާސިރު، މިއިން ކޮންމެ ކުޅުންތެރިއަކު 7 ގޯލު ޖެހި އެވެ. އަދި އެޓީމުގެ އަބްދުﷲ މުއިއްޒު ހަތަރު ގޯލު ޖެހި އެވެ. ބާކީ ދެ ގޯލު ޖެހީ މުހައްމަދު ޝަހީމް އެވެ. މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އަލީ އަހުމަދު މަނިކެވެ. 

ފިނޭންސް ކޮޅަށް ލިކުއިޑް ނިޓްރޮޖެން އިން ޖެހި ހަތަރު ގޯލުގެ ތެރެއިން، އަހުމަދު ރަޝީދު ވަނީ ތިން ގޯލާއެކު ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ވެސް އޭނާ އެވެ. އަނެއް ގޯލު ޖެހީ އަމާން އާދަމް އެވެ. ފައިނޭސްގެ ދެ ގޯލު ވެސް ޖެހީ އިބްރާހީމް އައުރާފް އެވެ. 

ގްރޫޕް ޑީގެ އެއް ވަނަ 9 ޕޮއިންޓާ އެކު ހޯދީ ލިކުއިޑް ނިޓްރޮޖެން އެވެ. މި ގްރޫޕުގައި ވެސް ދެ ވަނަ އަދި ތިން ވަނަ އަށް ވަނީ 4 ޕޮއިންޓް ލިބިފަ އެވެ. ގޯލުގެ ތަފާތުން ހެލްތަށް ދެ ވަނަ ލިބުނުއިރު ފިނޭންސް އަށް ލިބުނީ ތިން ވަނަ އެވެ. ފުލަށް ދިޔަ ވީސީ ހީލާސް އަށް ޕޮއިންޓެއް ނުލިބެ އެވެ. 

ގްރޫޕް ސްޓޭޖުގެ ކުޅުން ނިމުނުއިރު ހަތަރު ގްރޫޕުން ކުއާޓާ ފައިނަލުގެ ޖާގަތައް ކަށަވަރުކުރީ، ޓީމް ދަރުމަވަންތަ، ޕެމާ، ޓިކާސް، ޓްރޭޑް ކްލަބް، މިބްސާ، އާސަންދަ، ލިކުއިޓް ނިޓްރޮޖެން ހެލްތު ރެކްރިއޭޝަން ކްލަބެވެ. 

ކޮމެންޓްސް

Matches
6
Ongoing
6
Upcoming
Predict
Settings