ފުރަތަމަ ސަފްޙާ / ޚަބަރު / ދަރުމަވަންތައިން އެމްއެމްއޭ ބަލިކުރުމާ އެކު މަޖިލިސް ޓީމު އޮތް ގްރޫޕްގެ ވާދަވެރިކަން ބޮޑުވެއްޖެ
ދަރުމަވަންތައިން އެމްއެމްއޭ ބަލިކުރުމާ އެކު މަޖިލިސް ޓީމު އޮތް ގްރޫޕްގެ ވާދަވެރިކަން ބޮޑުވެއްޖެ
ގްރޫޕް ސްޓޭޖުގައި ޕެމާއާ ވާދަކުރި މެޗުގައި ދަރުމަވަންތަ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ. ރޭ އެޓީމުން އެމްއެމްއޭ ބަލިކުރުމުން ގްރޫޕް އޭގެ ފޯރި ވަނީ ގަދަވެފަ. ފޮޓޯ: ހެލްތު ކަޕް

ދަރުމަވަންތައިން އެމްއެމްއޭ ބަލިކުރުމާ އެކު މަޖިލިސް ޓީމު އޮތް ގްރޫޕްގެ ވާދަވެރިކަން ބޮޑުވެއްޖެ

ފަހުމިނެޓް
ފަހުމިނެޓް
2 ގަޑިއިރު ކުރިން 24 އޮގަސްޓް 2026

މިހާރު ކުރިއަށްދާ ހެލްތު ކަޕްގެ ފިރިހެން ޑިވިޝަނުގައި ރޭ ޓީމް ދަރުމަވަންތަ އިން އެމްއެމްއޭ ސޯޝަލް ކްލަބް ބަލިކުރިއިރު، ރައްޔިތުންގެ މަޖިލިސް ޓީމު، ޕެމާ އާއި އޭޑީކޭ ސިނާޖީ އެއްވަރުވެ ގްރޫޕް އޭގެ ފޯރި ގަދަވެއްޖެ އެވެ. 

ރޭ ދަރުމަވަންތަ އިން އެމްއެމްއޭ ބަލިކުރީ 3-4 އިންނެވެ. ޕެމާ އާއި އޭޑީކޭ ވާދަކުރި މެޗު އެއްވަރުވީ 4-4 އިންނެވެ. 

މި ގްރޫޕުގެ އެއް ވަނައިގައި އޮތީ ހަތަރު ޕޮއިންޓް ހޯދާފައިވާ ޕެމާ އެވެ. ދެ ވަނައިގައި އޮތް އެމްއެމްއޭ އާއި ތިން ވަނައިގައި އޮތް ދަރުމަވަންތަ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތީ ޕޮއިންޓެއް ލިބިފައިވާ އޭޑީކޭގެ ޓީމެވެ. 

މި ގްރޫޕުގެ ފަހު މެޗުތަކުން މޮޅުވެގެން ކޮންމެ ޓީމަކަށް ވެސް ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު ވަނީ ހުޅުވިފަ އެވެ. 

ދަރުމަވަންތަ އިން އެމްއެމްއޭ ބަލިކުރި މެޗުގައި ހަސަން ހަލީމް ވަނީ ދެ ގޯލު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. އަދި އެމްއެމްއޭގެ ސަލާމް އަހުމަދު އަތުން ބައިކޮޅަށް ގޯލެއް ވަނެވެ. އަނެއް ގޯލު ޖެހީ އަލީ މަފާޒް ރަޝީދު އެވެ. އެމްއެމްއޭގެ ތިން ގޯލު ޖެހީ މުހައްމަދު ރަފްހާން ހަސަން އާއި މުހައްމަދު އައްފާންގެ އިތުރުން މުހައްމަދު ފައިޒަމް އެވެ.

ޕެމާ އާއި އޭޑީކޭ އެއްވަރުވި މެޗުގައި، ރާއްޖެ ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ވަނީ ދެ ގޯލު ޖަހައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. އެޓީމުގެ އަނެއް ދެ ގޯލު ޖެހީ ހަސަން އަދުހަމް އާއި އަލީ ސާޖިދު އެވެ. އޭޑީކޭގެ ހަތަރު ގޯލު ކާމިޔާބުކޮށްދިނީ އާނަންދު ސަންކަރް އާއި ތުއާން އިންޒަމާމް ޖަމަލްދީން އާއި މުހައްމަދު ފައުޒާން ޕަކީރުގެ އިތުރުން މުހައްމަދު ސަލީމް މުހައްމަދު އިޒާމް އެވެ. 

ރޭ ގްރޫޕް ޑީގައި ފައިނޭންސް ރެކްރިއޭޝަން ކްލަބާއި ހެލްތު ރެކްރިއޭޝަން ކްލަބް ކުޅުނު މެޗު 2-2 އިން އެއްވަރުވިއިރު އެ ގްރޫޕުގެ އަނެއް މެޗުގައި މޯލްޑިވްސް ގޭހުގެ، ލިކުއިޑް ނިޓްރޮޖެން އިން ވަނީ 17-2 އިން ވިލާ ކޮލެޖުގެ ޓީމު، ވީސީ ހީލާސް ބަލިކޮށްފަ އެވެ. 

ރޭގެ މެޗުގައި ފިނޭންސްގެ ދެ ގޯލު ޖެހީ އިބްރާހީމް އައުރާފް އާއި ހުސައިން ފައިސަލް އެވެ. ހެލްތުގެ ދެ ގޯލު ޖެހީ އަހުމަދު ނާސިރު އާއި އަބްދުﷲ މުއިއްޒު އެވެ. މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ފިނޭންސްގެ އަހުމަދު ވިޝާމް އެވެ. 

ނިޓްރޮޖެން ޖެހި 17 ގޯލުގައި، މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަހުމަދު ރަޝީދު ފަސް ގޯލު އަދި އަބްދުﷲ ހަމްދޫން ހަސަން ހެޓްރިކް ހެދި އެވެ. އަދި މިފްޒާލް އާދަމް އާއި ހުސައިން އަހުސަމް މޫސާ އާއި ހަސަން ސިފާއުގެ އިތުރުން އަހުމަދު ރާއިފް، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ. އެޓީމަށް ދެން ގޯލު ކާމިޔާބުކޮށްދިނީ އަބްދުﷲ ހަމީޝް މުހައްމަދު ހަމީދު އެވެ. ވީސީ ހީލާސްގެ ދެ ގޯލު ވެސް ޖެހީ ޑރ. ފޯ ޔަމްބީ އެވެ. 

ގްރޫޕް ބީގައި ރޭ، އެންމެ ފަހުގެ ޗެމްޕިއަން ޓިކާސް އިން ވަނީ 13-1 އިން މެޑިކާ ހޮސްޕިޓަލް ބަލިކޮށްފަ އެވެ. މި މެޗުގައި ޓިކާސްގެ އަލީ ނާހިލް އަހުމަދު ހަ ގޯލު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އެވެ. އަދި އެޓީމުގެ އަލީ ގައިޝް އާމިރު ވަނީ ހެޓްރިކް ހަދައިފަ އެވެ. އެޓީމުގެ އަނެއް ގޯލުތައް ކާމިޔާބުކޮށްދިނީ، ދެ ގޯލު ޖެހި މުހައްމަދު ޔައިޝް އާއި އާދަމް އަޒްމީންގެ އިތުރުން އަބްދުﷲ މުއްސަބް ހަސަން އެވެ. މެޑިކާގެ ހަމައެކަނި ގޯލު ޖެހީ ސްރީނަތު ވިލައްކަތަލާ ޕްރަމްބިލް އެވެ. 

https://www.fahuminet.com/tournaments/health-cup-2026-mens-division

ޓްރޭޑް ކްލަބާއި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ޓީމު އެއްވަރުވިއިރު ޓްރޭޑް ކްލަބުގެ ގޯލު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަހުމަދު އާލިމް އެވެ. އެމްއެންޔޫ ޓީމުގެ ގޯލު ޖެހީ އަބްދުޝައްކޫރު އަބްދުއްސައްތާރު އެވެ. 

ހެލްތު ކަޕްގައި މިރޭ އަންހެން ޑިވިޝަނުގެ ހަތަރު މެޗު އަދި ފިރިހެން ޑިވިޝަނުގެ ދެ މެޗު ކުޅޭނެ އެވެ. 

ފޯރިއާއެކު ކުރިއަށްދާ ހެލްތު ކަޕްގެ ދެ ޑިވިޝަނުގައި 25 ޓީމު އަންނަނީ ވާދަކުރަމުންނެވެ. 

 

ކޮމެންޓްސް

Matches
6
Ongoing
2
Upcoming
Predict
Settings