ނ. މިލަދޫގައި މިހާރު ކުރިއަށްދާ އެންއެމްސީ އެމްވައިއެމް ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅުނު ހަމައެކަނި މެޗު ޗިކޯސް އެފްސީން ކާމިޔާބުކޮށްފި އެވެ.
މިލަދޫގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ މިލަދޫ ޔޫތު މޫވްމަންޓުން އިންތިޒާމުކޮށްގެން ބާއްވާ ހަތް ވަނަ ފުޓްސަލް މުބާރާތުގައި މިރޭ މާފަރު ފުޓްސަލް ޓީމުގެ މައްޗަށް ޗިކޯސް ކުރި ހޯދައިފައި ވަނީ 1-3 އިންނެވެ.
މިރޭގެ މެޗަކީ ޗިކޯސް އާއި މާފަރުންވެސް މި މުބާރާތުގައި ކުޅުނު ދެވަނަ މެޗެވެ. މުބާރާތުގައި މާފަރު ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ޑީ ޓެން އެފްސީ އަތުން ބަލިވެފައި އޮތްއިރު، ޗިކޯސް އެފްސީން ވަނީ އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ގޯލްޑަން ފެލްކަންސް ބަލިކޮށްފަ އެވެ.
މިރޭގެ މެޗުގައި ޗިކޯސް އިން ޖެހި ތިން ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު މެޗުގެ ފުރަތަމަ ހާފުގައި ކާމިޔާބުކުރި އިރު މާފަރުން ވަނީ ޗިކޯސްއިން އިތުރު ލަނޑެއް ޖެހިޔަ ނުދީ ފުރަތަމަ ހާފު ނިމެންދެން ހިފަހައްޓައިފަ އެވެ. އެކަމަކު ފަހު ހާފު ފަށައިގެން އަނެއްކާވެސް ލީޑް ނެގީ ޗިކޯސް އިންނެވެ. ޗިކޯސްއިން ލީޑް ފުޅާ ކުރިތާ ހިނދުކޮޅެއްވެސް ނުވަނީސް މާފަރުން ލަނޑެއް ޖަހައި މެޗުގެ ފޯރި ގަދަކޮށްލި އެވެ. އެކަމަކު ޗިކޯސްއިން އެއްވެސް ގޯހެއް ނުހަދައި އެ ޓީމުން އިތުރު ލަނޑެއް ޖަހައި މެޗުން ތިން ޕޮއިންޓް ކަށަވަރުކުރި އެވެ.

މިރޭގެ ނަތީޖާއާއެކު ފަސް ޓީމު ވާދަކުރަމުން އަންނަ މި މުބާރާތުގެ ޕޮއުބްޓް ޓޭބަލްގެ އެއްވަނައިގައި އޮތީ ޗިކޯސް އެވެ. ޗިކޯސްއިން ރޭ ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔުާބުކޮށްދީފައިވަނީ މިރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާފެ މަގާމު ހޯދި ހުސައިން ޝާފީ (ސާއްޕެ) އެވެ.
މިރޭގެ މެޗުގައި ޗިކޯސްއަށް މާފަރު ގެ ގޯލް ހުޅުވައިދިނީ މުބާރާތުގައި ޗިކޯސްއިން ކުޅުނު ފުރަތަމަ މެޗުގައި ހެޓްރިކް ހެދި އަލީ މާއިސް (މައްޓު) އެވެ. މި މެޗުގައި މާފަރުން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަފްރާހް މުހައްމަދެވެ.
https://fahuminet.com/tournaments/miladhoo-mym-futsal-challenge-2026
މުބާރާތުގައި މާދަމާ ރޭ ދެމެޗު ކުޅޭގޮތަށް ހަމަޖެހިފައިވާ އިރު ފުރަތަމަ މެޗުގައި ވާދަކުރާނީ މާފަރާއި، ފެލްކަންސް އެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ގޯލްޑަން ފެލްކަންސް އާއި ޑީ ޓެން އެފްސީ އެވެ.