ފުރަތަމަ ސަފްޙާ / ޚަބަރު / މައްޓުގެ ހެޓްރިކާއެކު ޗިކޯސް ގަދަކޮށް ފެށިއިރު، ޑީ ޓެންގެ ގިޔަރު މައްޗަށް ޖައްސައިފި
މައްޓުގެ ހެޓްރިކާއެކު ޗިކޯސް ގަދަކޮށް ފެށިއިރު، ޑީ ޓެންގެ ގިޔަރު މައްޗަށް ޖައްސައިފި
ހެޓްރިކް ހެދި މައްޓު (ކ) ގޯލު ޖެހުމަށް ފަހު އެޓީމުގެ ކުޅުންތެރިޔަކާ އެކު. ފޮޓޯ: މިލަދޫ ޔޫތު މޫވްމަންޓް

މައްޓުގެ ހެޓްރިކާއެކު ޗިކޯސް ގަދަކޮށް ފެށިއިރު، ޑީ ޓެންގެ ގިޔަރު މައްޗަށް ޖައްސައިފި

ފަހުމިނެޓް
ފަހުމިނެޓް
22 ގަޑިއިރު ކުރިން 23 އޮގަސްޓް 2026

ނ. މިލަދޫގައި މިހާރު ކުރިއަށްދާ އެމްވައިއެމް ފުޓްސަލް ޗެލެންޖް 2026 ގައި ރޭ ޑީ ޓެން އެފްސީން ފުރަތަމަ މޮޅު ހޯދިއިރު އަލީ މާއިސް (މައްޓު)ގެ ހެޓްރިކާއެކު ޗިކޯސް އެފްސީން ފެށުން ރަގަޅުކޮށްފި އެވެ.

މުބާރާތް ހުޅުވި މެޗުގައި ފެލްކަންސްއާ ވާދަކޮށް ޕޮއިންޓަކުން ފުއްދާލި ޑީ ޓެން ރޭ ވާދަކޮށްފައިވަނީ މި މުބާރާތުގައި މުޅިން އަލަށް ވާދަކުރަމުން އަންނަ މާފަރު ފުޓްސަލް ޓީމާ އެވެ. ރޭގެ މެޗުގައި މާފަރުން ގޯލެއް ޖަހައި ކުރި ހޯދައިފައި ވަނިކޮށް ޑީ ޓެންއިން މެޗު ކާމިޔާބުކުރީ ފަހަތުން އަރައި ހަތަރު ގޯލް ޖަހައިގެންނެވެ.

ރޭ ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި މާފަރަށް ލީޑް ނަގައިދިނީ މެޗުގެ 14 ވަނަ މިނމެޓްގައި އިރުޝާދު އާދަމެވެ. މާފަރުން ނެގި ލީޑް އެ ޓީމަށް ދެމެހެއްޓޭ ވަރުވީ އެންމެ ދެ މިނެޓަށެވެ. ޑީ ޓެންއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކުރީ މުބާރާތް ހުޅުވި ރޭ ފެލްކަންސް އާ ދެކޮޅަށް ޑީ ޓެންއިން ކުޅުނު މެޗުގައިވެސް ގޯލްޖެހި އަހްމަދު އިނަފް އަބްދުﷲ އެވެ.

ފުރަތަމަ ލަނޑާއެކު ޑީ ޓެން އިން އިތުރަށް ކުޅުން ރަގަޅުކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑްވެސް ނެގި އެވެ. ޑީ ޓެންގެ ދެވަނަ ލަނޑު ފުރަތަމަ ހާފުގެ ފަހުމިނެޓްގައި ކާމިޔާބުކުރީ އަލީ ހާފިޒް (ހާއްޕެ) އެވެ. ރޭގެ މެޗުގައި ޑީ ޓެންއިން ފަހު ހާފުގައި ޖެހި ދެ ގޯލްގެ ތެރެއިން ފުރަތަމަ ގޯލް ކައިސަން ބިން ހިސާން ކާމިޔާބުކުރި އިރު ދެވަނަ ގޯލް ޖަހައިފައިވަނީ މިއަހަރުގެ ޖެނުއަރީ މަހު ތައިލެންޑްގައި އޮތް ސާފް ފުޓްސަލް ޗެމްޕިއަންޝިޕުން ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ގައުމީ ޓީމުގައި ހިމެނުނު އަހްމަދު ރާހިލް ރަޝީދު (ރާއްކޮ) އެވެ.

ޑީޓެންގެ ރާއްކޮ ރޭ ކުޅުނު މެޗުގައި ބޯޅަ ހިފައިގެން. ފޮޓޯ: މިލަދޫ ޔޫތު މޫވްމަންޓް
ޑީޓެންގެ ރާއްކޮ ރޭ ކުޅުނު މެޗުގައި ބޯޅަ ހިފައިގެން. ފޮޓޯ: މިލަދޫ ޔޫތު މޫވްމަންޓް

ލީގު އުސޫލުން ކުރިއަށްގެންދާ ގޮތަށް ރާވާފައިވާ އެމްވައިއެމް ފުޓްސަލް ޗެލެންޖުގައި ރޭ ކުޅުނު ދެވަނަ މެޗުގައި މުބާރާތް ދެފަހަރު ކާމިޔާބުކޮށްފައިވާ ޗިކޯސް އެފްސީން މަގޫދޫއަށް ނިސްބަތްވާ ގޯލްޑަން ފެލްކަންސްގެ މައްޗަށް ކުރި ހޯދީ 1-4 އިންނެވެ.

ޗިކޯސް އެފްސީން ރޭގެ މެޗުގައި ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ގޯލްޑަން ފެލްކަންސްގެ ސައުދު މުހައްމަދު ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް ފަހު ހާފުގހައި އެ ޓީމަށް ޗިކޯސް އެފްސީގެ ގޯލް ފޫއަޅުވާލެވޭ ގޮތެއް ނުވި އެވެ.

https://www.fahuminet.com/tournaments/miladhoo-mym-futsal-challenge-2026

ރޭގެ މެޗުގައި ޗިކޯސް އެފްސީގެ އަލީ މާއިސް (މައްޓު) ހެދި ހެޓްރިކާއެކު އޭނާ ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފަ އެވެ. މި މެޗުގައި ދެން ޗިކޯސްއަށް ގޯލް ކާމިޔާބުކޮށްދިނީ ހުސައިން ސައިފް މޫސާ އެވެ.

މިލަދޫ ކައުންސިލް އިދާރާގެ ވަރަށް ބޮޑު އެހީތެރިކަމާއެކު ކުރިއަށްގެންދާ މި މުބާރާތުގައި މިރޭ ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ އެންމެ މެޗެކެވެ. މިރޭ 9 ޖަހާއިރު ކުޅޭގޮތަށް ހަމަޖެހިފައިވާ މި މެޗުގައި ބައްދަލުކުރާނީ ޗިކޯސް އާއި މާފަރެވެ.

ކޮމެންޓްސް

Matches
6
Ongoing
2
Upcoming
Predict
Settings