ފުރަތަމަ ސަފްޙާ / ޚަބަރު / ހެލްތު ކަޕް: އަންހެން ޑިވިޝަންގައި ރޭ 46 ގޯލް ޖަހައިފި
ހެލްތު ކަޕް: އަންހެން ޑިވިޝަންގައި ރޭ 46 ގޯލް ޖަހައިފި
ހެލްތު ކަޕްގައި ރޭ ކުޅުނު މެޗެއްގެ ތެރެއިން. ފޮޓޯ: ހެލްތު ކަޕް

ހެލްތު ކަޕް: އަންހެން ޑިވިޝަންގައި ރޭ 46 ގޯލް ޖަހައިފި

ފަހުމިނެޓް
ފަހުމިނެޓް
12 ގަޑިއިރު ކުރިން 21 އޮގަސްޓް 2026

މިހާރު ކުރިއަށްދާ ހެލްތު ކަޕް ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު އަންހެން ޑިވިޝަންގެ ހަތަރު މެޗުގައި 40 ގޯލް ޖަހައިފި އެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ ހެލްތު ކަޕްގެ އަންހެން ޑިވިޝަންގައި ރޭ ފުރަތަމަ ކުޅުނީ ގްރޫޕް ބީގެ ދެ މެޗެވެ.

މި ދެ މެޗުގެ ތެރެއިން ވިލާ ކޮލެޖަށް ނިސްބަތްވާ ވީސީ ހީލާސް އާއި ހުޅުމާލެ ހޮސްޕިޓަލް ބައްދަލުކުރި މެޗު 1-13 އިން ކާމިޔާބުކުރީ ހުޅުމާލެ ހޮސްޕިޓަލެވެ. މި މެޗުގައި ފާތިމަތު ޒިޔާން އާއި، ފާތިމަތު ޝިއުނާގެ އިތުރުން  ފާތިމަތު ހަމްދޫނާ ހެޓްރިކް ހެދިއިރު އެ ޓީމުގެ އައިޝަތު ސައުސަން ވަނީ ދެ ގޯލް ކާމިޔާބުކޮށްފަ އެވެ. މި މެޗުގައި ވީސީ ހީލާސް އިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސުހާ ޖަލީލެވެ.

ހަމަ އެ ގަޑީގައި ކުޅުނު އަނެއް މެޗުގައި ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު (އެޗްޕީއެސްއެން) ގެ މުވައްޒަފުންގެ ޓީމާއި މެޑިކާ ހޮސްޕިޓަލް ވާދަކުރި މެޗު 1-12 އިން ކާމިޔާބުކުރީ އެޗްޕީއެސްއެން އެވެ. މި މެޗުގައި އެޗްޕީއެސްއެންގެ ސާލިހާ މުހައްމަދާއި، ނަދީމާ މުހައްމަދު ހެޓްރިކް ހެދިއިރު އެޓީމުގެ ފާތިމަތު ފަދުވާ ވަނީ ދެ ގޯލް ކާމިޔާބުކޮށްފަ އެވެ. ރޭގެ މެޗުގައި އެޗްޕީއެސްއެން އަށް އިތުރު ގޯލްތައް ކާމިޔާބުކޮށްދީފައިވަނީ މަރިޔަމް ސޫދާ އާއި ސުހައިނާ އަލީގެ އިތުރުން އައިޝަރު ޝާނީ އާއި އާމާލް  އިބްރާހީމެވެ.   

  

ހެލްތު ކަޕްގައި ރޭ ކުޅުނު މެޗެއްގެ ތެރެއިން. ފޮޓޯ: ހެލްތު ކަޕް
ހެލްތު ކަޕްގައި ރޭ ކުޅުނު މެޗެއްގެ ތެރެއިން. ފޮޓޯ: ހެލްތު ކަޕް

އަންހެން ޑިވިޝަންގެ ގްރޫޕް އޭގައި ރޭ ކުޅުނު ދެ މެޗުގެ ތެރެއިން އެންމެ ތަފާތު ބޮޑު ނަތީޖާއެއް ނުކުތީ ޓީމު ދަރުމަވަންތަ އާއި އައި ކެއާ ހޮސްޕިޓަލްގެ ފަރާތުން ނުކުތް ދި އައިކޮނިކްސް ވާދަކުރި މެޗުގަ އެވެ. މި މެޗު 1-12 އިން ދަރުމަވަންތަ ހޮސްޕިޓަލްގެ ޓީމު ކާމިޔާބުކުރި އިރު އެ ޓީމުގެ އައިޝަތު ލައިޒާ ވަނީ ދެ ހެޓްރިކް ހަދައިފަ އެވެ. މީގެ އިތުރުން ޓީމް ދަރުމަވަންތައިގެ މަލާހާ ނިޔާޒާއި، ސަންފާ ރިޝްމީ ވެސް ވަނީ ހެޓްރިކް ހަދައިފަ އެވެ. މި މެޗުގައި ދި އައިކޮނިކްސްއިން ޖެހި ހަމައެކަނި ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ  ނަހްލާ އަބްދުލްމަޖީދެވެ.

އަންހެން ޑިވިޝަންގައި އެންމެ ބޮޑު ވާދަވެރިކަމެއް ރޭ ފެނުނީ  މޯލްޑިވިއަން އެއާ އެމްބިއުލަންސްގެ ޓީމާއި، ކްލަބް އާސަންދަ ބައްދަލުކުރި މެޗުގަ އެވެ. މުބާރާތުގައި މި ދެ ޓީމުން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފައިވާ އިރު ރޭ މި ދެ ޓީމު ބައްދަލުކުރި މެޗު ނިމިފައިވަނީ  3-3 އިން އެއްވަރުވެގެންނެވެ. މި މެޗުގައި ދަރުމަވަންތައިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު އެ ޓީމުގެ ރޫނާ އިބްރާހިމް ކާމިޔާބުކުރި އިރު އަނެއް ގޯލް ކާމިޔާބުކޮށްފައިވަނީ  ފާތިމަތު ދިމްޝާއެވެ. މި މެޗުގައި ކްލަބް އާސަންދައިން ޖެހި ތިން ގޯލްވެސް ކާމިޔާބުކޮށްދީފައިވަނީ  އާމިނަތު މައިހާ މޫސާ އެވެ.

https://fahuminet.com/tournaments/health-cup-2026-womens-division

ސްޕޯޓްސް ފިއުޝަން މޯލްޑިވްސް އާއި ހެލްތު ރިކްރިއޭޝަން ކްލަބް ގުޅިގެން ކުރިއަށްގެންދާ ހެލްތު ކަޕް ގައި ރޭ ވަނީ ފިރިހެން ޑިވިޝަންގެ މެޗުތައްވެސް ފަށައިފަ އެވެ. ހަތަރު ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ  ފިރިހެން ޑިވިޝަންގައި ރޭ ހުޅުމާލެ ހޮސްޕިޓަލާއި، ޓީމް ބަދަހި ވާދަކުރި މެޗު 1-9 އިން ކާމިޔާބުކުރީ ހުޅުމާލެ ހޮސްޕިޓަލެވެ. މި މެޗުގައި ހުޅުމާލެ ހޮސްޕިޓަލްގެ ހުސައިން ސޮލާހް ހެޓްރިކް ހެދި އިރު ހަސަން ނާއިފް އާއި އަހްމަދު އިމާދު ވަނީ ދެ ގޯލް ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން މި މެޗުގައި ހުޅުމާލެ ހޮސްޕިޓަލްގެ އިބްރާހިމް ސޯލިހާއި، އަހްމަދު ފުއާދުވެސް ލަނޑު ޖަހައިފާވެއެވެ. ޓީމު ބަދަހިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޒާދު މުހައްމަދެވެ.

ފިރިހެން ޑިވިޝަންގައި ރޭ އެންމެ ފޯރިގަދަ ކުޅުމެއް ފެނުނީ މޯލްޑިވްސް އިސްލާމިކް ބޭންކްގެ މިބްސާ އާއި ކްލަބް އާސަންދަ ބައްދަލުކުރި މެޗުގަ އެވެ. މި މެޗު 3-4 އިން މިބްސާ ކާމިޔާބު ކުރިއިރު އެޓީމަށް ގޯލްތައް ކާމިޔާބުކޮށްދީފައިވަނީ މުހައްމަދު ސަމީ އާއި މުހައްމަދު ނާއިފްގެ އިތުރުން އިޔާން އަހްމަދު ރަޝީދެވެ. މިބްސާއިން ޖެހި ހަތަރު ގޯލްގެ ތެރެއިން އެއް ގޯލަކީ ކްލަބް އާސަންދައިގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ލަނޑެލެވެ.  މި މެޗުގައި ކްލަބް އާސަންދައިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު އެ ޓީމުގެ އަހްމަދު އަބްދުﷲ (ލިލީ) ކާމިޔާބުކުރި އިރު އަނެއް ގޯލް ކާމިޔާބުކޮށްދީފައިވަނީ އަލީ ހަމްދާނެވެ.

ކޮމެންޓްސް

Matches
6
Ongoing
3
Upcoming
Predict
Settings