ފުރަތަމަ ސަފްޙާ / ޚަބަރު / ހެލްތު ކަޕް: އާސަންދަ އިން އަންހެން ޗެމްޕިއަންގެ ދަތުރަށް ހުރަސް އަޅައިފި
ހެލްތު ކަޕް: އާސަންދަ އިން އަންހެން ޗެމްޕިއަންގެ ދަތުރަށް ހުރަސް އަޅައިފި
ހެލްތު ކޮޅަށް ދެ ގޯލު ޖެހި އާސަންދައިގެ މައިހާ ބޯޅަ ހިފައިގެން. ހެލްތު ކަޕްގެ ކުޅުން މިރޭ ފެށީ އަންހެން ޑިވިޝަނުގެ މެޗުތަކުން. ފޮޓޯ: ޒުވާނުން ބާރުވެރކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ހެލްތު ކަޕް: އާސަންދަ އިން އަންހެން ޗެމްޕިއަންގެ ދަތުރަށް ހުރަސް އަޅައިފި

ފަހުމިނެޓް
ފަހުމިނެޓް
17 ގަޑިއިރު ކުރިން 20 އޮގަސްޓް 2026

ސިއްހީ ދާއިރާގައި ހިމެނޭ ސަރުކާރާއި އަދި އަމިއްލަ މުއައްސަސާތަކާއި، ސިއްހީ ދާއިރާގެ ކުރިއެރުމަށް އެހީތެރިވެދޭ އިދާރާތަކަށް ހާއްސަކޮށްގެން ބާއްވާ ހެލްތު ކަޕްގެ އަންހެން ޑިވިޝަނުގެ ކުޅުން މިރޭ ފެށިއިރު، ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ހެލްތު ރެކްރިއޭޝަން ކްލަބް އަތުން ކްލަބް އާސަންދަ މޮޅުވެއްޖެ އެވެ. 

ހެލްތު ކަޕްގެ ދެ ޑިވިޝަނުގެ މެޗުތައް ވެސް ކުރިއަށްދާނީ ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑުތަކުގަ އެވެ. މިރޭ މުބާރާތުގެ އަންހެން ޑިވިޝަނުގެ ކުޅުންފެށިއިރު ހެލްތު ޓީމާ ވާދަކޮށް އާސަންދަ މޮޅުވީ 1-3 އިންނެވެ. 

ދެ ވަނަ މެޗުގައި މޯލްޑިވިއަންގެ އެއާ އެމްބިއުލާންސް ޓީމު ވަނީ އައިކެއާގެ ދި އައިކޮނިކްސް ޓީމު 1-6 އިން ބަލިކޮށްފަ އެވެ. 

އާސަންދައިން ހެލްތު ބަލިކުރީ ފަހަތުން އަރަ އެވެ. މެޗު ފަށައިގެން ފުރަތަމަ މިނެޓުގައި ހެލްތު ޓީމަށް ގޯލު ކާމިޔާބުކޮށްދިނީ އައިޝަތު ސުހާ އެވެ. އާސަންދަ އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ގޯލު ކާމިޔާބުކޮށްދިނީ އާމިނަތު ސައުދިއްޔާ އެވެ. މެޗުން އާސަންދަ މޮޅުވީ، އެޓީމުގައި މޮޅު ކުޅުމެއް ދެއްކި އާމިނަތު މައިހާ މޫސާ ޖެހި ދެ ގޯލުންނެވެ. 

މައިހާ ފުރަތަމަ ގޯލު 10 ވަނަ މިނެޓުގައި ޖެހިއިރު ފަހު ގޯލު ޖެހީ މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ މައިހާ އެވެ. 

ހެލްތު ކަޕް ހުޅުވުމުގެ ރަސްމިއްޔާތު ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް ޝަރަފްވެރިކޮށްދެއްވަނީ. ފޮޓޯ: ޒުވާނުން ބާރުވެރކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ހެލްތު ކަޕް ހުޅުވުމުގެ ރަސްމިއްޔާތު ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް ޝަރަފްވެރިކޮށްދެއްވަނީ. ފޮޓޯ: ޒުވާނުން ބާރުވެރކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ފަސޭހަކަމާ އެކު މޯލްޑިވިއަން އެއާ އެމްބިއުލާންސް ހޯދި މޮޅުގައި އާތިކާ މުމްތާޒް ދެ ގޯލު ޖެހި އެވެ. ބާކީ ހަތަރު ގޯލު ޖެހީ އައިޝަތު މަޒީނާ އާއި ފާތިމަތު ދިމްޝާ އާތިފްގެ އިތުރުން އިޝާލް އަބްދުﷲ ޖަމީލް އަދި ރޫނާ އިބްރާހީމް އެވެ. މެޗުގައި އައިކޮނިކްސް ޓީމުގެ ހަމައެކަނި ގޯލު ޖެހީ ގުލްމާ އަހުމަދު އެވެ. 

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މޯލްޑިވިއަން އެއާ އެމްބިއުލާންސް ޓީމުގެ ދިމްޝާ އެވެ. 

އަންހެން ޑިވިޝަނުގެ ގްރޫޕް އޭގެ ދެ މެޗު މިރޭ ކުޅުނުއިރު، މި ގްރޫޕުގައި ދެން ހިމެނެނީ ޓީމް ދަރުމަވަންތަ އެވެ. 

އަންހެން ޑިވިޝަނުގައި 9 ޓީމު ވާދަކުރެ އެވެ. ގްރޫޕް ބީގައި ހިމެނެނީ ހުޅުމާލެ ހޮސްޕިޓަލާއި، ވީސީ ހީލާސްގެ ޓީމުގެ އިތުރުން އެޗްޕީއެސްއެން އަދި މެޑިކާ ހޮސްޕިޓަލެވެ. 

މުބާރާތުގެ ފިރިހެން ޑިވިޝަނުގައި 16 ޓީމު ވާދަކުރާނެ އެވެ. ފިރިހެން ޑިވިޝަނުގެ މެޗުތައް ކުޅޭނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. 

ހެލްތު ކަޕް ބާއްވަނީ ސްޕޯޓްސް ފިއުޝަން މޯލްޑިވްސް އާއި ހެލްތު މިނިސްޓްރީގެ ރެކްރިއޭޝަން ކްލަބް ގުޅިގެންނެވެ. 

މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެވީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް އެވެ. 

https://fahuminet.com/tournaments/health-cup-2026-womens-division

ހެލްތު ކަޕްގެ މެޗުތައް މާދަމާ  ވެސް ކުޅޭނެ އެވެ. މިގޮތުން އަންހެން ޑިވިޝަނުގެ ބައެއް މެޗުތަކުގެ އިތުރުން ފިރިހެން ޑިވިޝަނުގެ ކުޅުން ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. 

ހެލްތު ކަޕްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ފަހުމިނެޓެވެ. މި ނޫސް މެދުވެރިކޮށް މުބާރާތުގެ ލައިވް ސްކޯއާއި އެންމެ ފަހުގެ މައުލޫމާތުތައް ލިބޭނެ އެވެ. އަދި ބެލުންތެރިން ޝައުގުވެރިވާ ސްކޯ ޕްރިޑިކްޓާ ވެސް މި މުބާރާތަށް ވަނީ ހުޅުވާލާފަ އެވެ. 

ކޮމެންޓްސް

Matches
6
Ongoing
5
Upcoming
Predict
Settings