ފުރަތަމަ ސަފްޙާ / ޚަބަރު / ތުލުސްދޫގެ އެންމެ ކާމިޔާބު ދެ ޓީމް މިޔަޓް ފުޓްސަލްގެ ފައިނަލަށް
ތުލުސްދޫގެ އެންމެ ކާމިޔާބު ދެ ޓީމް މިޔަޓް ފުޓްސަލްގެ ފައިނަލަށް
ކަންމަތީގެ ސޮކޭ އަދި ޝާއްޕެ އުފާފާޅުކުރަނީ. ފައިނަލުގައި ވާދަކުރާނީ ތުލުސްދޫގެ އެންމެ ކާމިޔާބު ދެ ޓީމު. ފޮޓޯ: މިޔަޓް

ތުލުސްދޫގެ އެންމެ ކާމިޔާބު ދެ ޓީމް މިޔަޓް ފުޓްސަލްގެ ފައިނަލަށް

ފަހުމިނެޓް
ފަހުމިނެޓް
12 ގަޑިއިރު ކުރިން 9 އޮގަސްޓް 2026

މިޔަޓް ފުޓްސަލް ފިއެސްޓާގެ ފައިނަލަށް އެޕޮކަލިޕްސް ސްޕޯޓްސް ކްލަބާއި ކަންމަތި އެފްސީ ދަތުރުކޮށްފި އެވެ. 

ފޯރިގަދަ ފުޓްސަލް މުބާރާތުގެ ފުރަތަމަ ސެމީން އެޕޮކަލިޕްސް މޮޅުވީ ބްލެކް އީގަލްސްއާ ވާދަކޮށް 4-0 އިންނެވެ. 

މެޗުގައި އެޕޮކަލިޕްސް އަށް ގޯލުތައް ކާމިޔާބުކޮށްދިނީ އަހުމަދު އަފްލާޒް އާއި މުހައްމަދު ވިލްފް އެވެ. މިއިން ކޮންމެ ކުޅުންތެރިއަކު މެޗުގައި ދެ ގޯލު ޖެހި އެވެ. 

އެޕޮކަލިޕްސްގެ ހުރިހާ ގޯލެއްވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ހާފުގައި ބްލެކް އީގަލްސް އިން ވަނީ އެޕޮކަލިޕްސްގެ ކުޅުންތެރިން ހުއްޓުވުމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. 

ބްލެކް އީގަލްސް އަށް އެންމެ ބޮޑު މައްސަލައަކަށްވީ އެޓީމުގެ މުހިންމު ކުޅުންތެރިޔާ މުހައްމަދު އިޝާމް (ޝަންޓޭ) އަށް މެޗުގައި ނުކުޅެވުމެވެ. މައުލޫމާތު ލިބުނު ގޮތުގައި ޝަންޓޭ އަށް މެޗަށް ނުދެވުނީ އާއިލީ ޒިންމާއަކާ ގުޅިގެންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހުނަރުވެރި ފުޓްސަލް ތަރި އަފްލާޒް އެވެ. 

މިޔަޓް ފުޓްސަލް ޗެލެންޖުގެ ފައިނަލުން އެޕޮކަލިޕްސް އަށް ޖާގަ މި ލިބުނީ ހަތަރު އަހަރަށް ފަހު އެވެ. އެންމެ ފަހުން އެޓީމު ފައިނަލުގަައި ކުޅުނީ 2022 އަހަރު އެވެ. އެފަހަރު އެޓީމުން މުބާރާތުގެ ޗެމްޕިއަންކަން ހޯދި އެވެ.  

އެޕޮކަލިޕްސް ކުޅުންތެރިން އުފާފާޅުކުރަނީ. ފައިނަލުގައި ނުކުންނާނީ ކަންމައްޗާ ދެކޮޅަށް. ފޮޓޯ: މިޔަޓް
އެޕޮކަލިޕްސް ކުޅުންތެރިން އުފާފާޅުކުރަނީ. ފައިނަލުގައި ނުކުންނާނީ ކަންމައްޗާ ދެކޮޅަށް. ފޮޓޯ: މިޔަޓް

މިިޔަޓް ފުޓްސަލްގެ ޗެމްޕިއަންކަން ފުރަތަމަ ދެ އަހަރު ހޯދި ކަންމަތި އެފްސީ ފައިނަލުގެ ޖާގަ ކަށަވަރުކުރީ ގާފަރަށް ނިސްބަތްވާ އެކްސް ބޯއީޒް ޕެނަލްޓީގައި ބަލިކޮށްގެންނެވެ. 

މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ދެ ޓީމް 3-3 އިން އެއްވަރުވެގެންނެވެ. ޕެނަލްޓީގައި ކަންމަތި އެފްސީ މޮޅުވީ، 6-4 އިންނެވެ. 

މެޗުގެ ފުރަތަމަ ހާފު ނިމުނީ 3-1 އިން ކަންމަތި ކުރީގައި އޮވެގެންނެވެ. އެޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ހުސަައިން ސުހަައިލް (ސޮކޭ) އެވެ. އެކްސް ބޯއީޒް އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ އިބްރާހީމް ރިމާހު އެވެ. 

ކަންމަތީގެ ދެ ވަނަ ގޯލަކީ އެކްސް ބޯއީޒްގެ ސާމިން މުހައްމަދު ނަސީރު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ކަންމަތީގެ ތިން ވަނަ ގޯލު ކާމިޔާބުކޮށްދިނީ ޝާއްޕެ އެވެ. 

ދެ ގޯލު ފަހަތުގައި އޮތުމާއެކު އެކްސް ބޯއީޒް ދެ ވަނަ ހާފު ފެށީ ކުރިއަށް ޖެހިގެންނެވެ. މޮޅަށް ކުޅެމުން ގޮސް އެކްސް ބޯއީޒް އަށް ދެ ވަނަ ގޯލު ކާމިޔާބުކޮށްދިނީ ޝަނާން ރަޝާދު އެވެ. އަދި މެޗުގެ ފަހުމިނެޓުގައި އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ރިމާހު އެވެ. 

https://fahuminet.com/tournaments/myat-futsal-fiesta-2026

އެއްވަރުވެގެން ޖެހި ޕެނަލްޓީގައި އެކްސް ބޯއީޒްގެ ޝަނާން އާއި ސާމިން އަދި އިސްމާއީލް ވަޖީހް (ވައްޖެ) ޖެހި ޕެނަލްޓީތައް ވައްދައެއްނުލެވުނެވެ. ކަންމަތިން ތިން ޕެނަލްޓީ ވައްދާލިއިރު އެޓީމަށް ކާމިޔާބު ނުކުރެވުނީ އަހުމަދު ހަމީދު (އަައްމަޑޭ) ޖެހި ޕެނަލްޓީ އެވެ. 

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ކަންމަތީގެ ޝާއްޕެ އެވެ. 

މިޔަޓް ފުޓްސަލް ފިއެސްޓާގެ ފައިނަލް މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރެ އެވެ. 

ކޮމެންޓްސް

Matches
4
Ongoing
Upcoming
Predict
Settings