ފުރަތަމަ ސަފްޙާ / ޚަބަރު / ސެކްޓާ ލީގުގެ ގަދަ އަށެއް ފާޅުވި އިރު ޗެމްޕިއަން ޓީމެއް ނެތް
ސެކްޓާ ލީގުގެ ގަދަ އަށެއް ފާޅުވި އިރު ޗެމްޕިއަން ޓީމެއް ނެތް
މާކޯގެ އިޔާދު ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. އެޓީމުން ވަނީ ޗެމްޕިއަން އެރީނާ ހޮޓެލްސް ކަޓުވާލާފައި. ފޮޓޯ: ކްލަބް މޯލްޑިވްސް

ސެކްޓާ ލީގުގެ ގަދަ އަށެއް ފާޅުވި އިރު ޗެމްޕިއަން ޓީމެއް ނެތް

ފަހުމިނެޓް
ފަހުމިނެޓް
1 ދުވަސް ކުރިން 9 އޮގަސްޓް 2026

ކްލަބް މޯލްޑިވްސް ސީޒަނުގެ ސެކްޓާ ލީގުގެ ކުއާޓާ ފައިނަލަށް ޓީމުތައް ދަތުރުކުރިއިރު، މިދިޔަ އަހަރުގެ ޗެމްޕިއަން އެރީނާ ހޮޓެލްސް މުބާރާތުން ކަޓައިފި އެވެ. 

މާފުއްޓަށް ނިސްބަތްވާ އެރީނާ ހޮޓެލްސް ވަނީ ރޭ ކުޅުނު ގަދަ 16 ގެ މެޗުގައި މާކޯ ރެކްރިއޭޝަން ކްލަބާ ވާދަކޮށް 4-2 އިން ބަލިވެފަ އެވެ. 

ސެކްޓާ ލީގުގެ ފުރަތަމަ ޗެމްޕިއަންކަން މިދިޔަ އަހަރު އެރީނާ އިން ހޯދީ ހޯކްސް ބަލިކޮށްގެންނެވެ. 

ރޭ ކުޅުނު މެޗުގައި މާކޯގެ ގޯލުތައް ކާމިޔާބުކޮށްދިނީ މުހައްމަދު އިޔާދު އަލީ އާއި އަލީ ޔަޒީދުގެ އިތުރުން ޔޫހު ނަސީރު އެވެ. އެރީނާގެ ދެ ގޯލު ޖެހީ ހަސަން އިމްރާން އާއި ހުސައިން ރިފާން އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އިޔާދު އެވެ. 

ރޭ ކުޅުނު އަނެއް ތިން މެޗުން މޮޅުވެ ކުއާޓާ ފައިނަލް ޔަގީންކުރީ ސިލްވާ ސޭންޑްސް އާއި އާރްސީސީގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޓީމް، މިބްސާ އެވެ. 

ސިލްވާ ސޭންޑްސް އިން ބަރޮސް މޯލްޑިވްސް ބަލިކުރީ 0-2 އިންނެވެ. މެޗުގައި ސިލްވާ ސޭންޑްސް އަށް ގޯލު ކާމިޔާބުކޮށްދިނީ އިބްރާހީމް ހާމިދު އާއި އަލީ ނާއިޝް އަހުމަދު ވަހީދު އެވެ. މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހާމިދު އެވެ. 

ސިލްވާ ސޭންޑްސްގެ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފޮޓޯ: ކްލަބް މޯލްޑިވްސް
ސިލްވާ ސޭންޑްސްގެ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފޮޓޯ: ކްލަބް މޯލްޑިވްސް

އާރްސީސީ ކުއާޓާ ފައިނަލް ޔަގީންކުރީ 2-3 އިން މެޑްޓެކް ބަލިކޮށްގެންނެވެ. އާރްސީސީ އަށް ގޯލުތައް ކާމިޔާބުކޮށްދިނީ އަހުމަދު ސަމާހު އާއި މުހައްމަދު އާހިލް ނަޒީރުގެ އިތުރުން އަބްދުﷲ ޒިޔާން އެވެ. މެޑްޓެކްގެ ދެ ގޯލު ޖެހީ އަލީ އަހްލާމް އާއި ހައްފާފް ސިދުގީ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އާރްސީސީގެ އަހުސަން ރަޝީދު އެވެ. 

މިބްސާ އިން މީޑިއާނެޓް ބަލިކުރި މެޗުގައި މުހައްމަދު ނާއިޝް އިބްރާހީމް ވަނީ ދެ ގޯލު ޖަހައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. އަނެއް ގޯލު ޖެހީ ޝިއާން ޝަރީފް އެވެ. 

ކުއާޓާ ފައިނަލްގެ އަނެއް ހަތަރު ޖާގަ ހޯދީ ޓީމް އެމްއޭޑަބްލިއުސީ އާއި ހޯކްސްގެ އިތުރުން ލިއޯ އެފްސީ އަދި ކްލަބް ވެލިގާ އެވެ. 

https://www.fahuminet.com/tournaments/sector-league-2026

ސެކްޓާ ލީގުގެ ކުއާޓާ ފައިނަލް މެޗުތައް ކުޅޭނީ މާދަމާ ރެ އެވެ. އެއަށްފަހު ސެމީ ފައިނަލް ކުޅޭނީ އޮގަސްޓް 12 އަދި 13 ވަނަ ދުވަހު އެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 16 ގަ އެވެ. 

ކޮމެންޓްސް

Matches
4
Ongoing
Upcoming
Predict
Settings