ފުރަތަމަ ސަފްޙާ / ޚަބަރު / މިޔަޓް ސްޕޯޓްސް ފިއެސްޓާގައި ފޯރިގަދަ އަންހެން ފުޓްސަލް މުބާރާތެއް
މިޔަޓް ސްޕޯޓްސް ފިއެސްޓާގައި ފޯރިގަދަ އަންހެން ފުޓްސަލް މުބާރާތެއް
މާފުށި ކައުންސިލް ޓީމަށް ތުލުސްދޫ އިން މިއަދު މަރުހަބާ ކިޔަނީ. އަންހެން ފުޓްސަލް މުބާރާތް މިއަދު ކުޅޭނެ. ފޮޓޯ: މިޔަޓް

މިޔަޓް ސްޕޯޓްސް ފިއެސްޓާގައި ފޯރިގަދަ އަންހެން ފުޓްސަލް މުބާރާތެއް

ފަހުމިނެޓް
ފަހުމިނެޓް
22 ގަޑިއިރު ކުރިން 7 އޮގަސްޓް 2026

ތުލުސްދޫގައި އުފައްދާފައިވާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މިޔަޓް ސްޕޯޓްސް ފިއެސްޓާ 2026 ގައި ހިމެނޭ އަންހެނުންގެ ފުޓްސަލް މުބާރާތުގެ މެޗުތައް މިއަދު ކުޅެން ތައްޔާރުވެއްޖެ އެވެ.

މިޔަޓް ފެމިނާ ފުޓްސަލްގެ ނަމުގައި ކުރިއަށްގެންދާ މި މުބާރާތަކީ އެއް ދުވަހުން ނިންމާ ގޮތަށް އިންތިޒާމުކޮށްފައިވާ މުބާރާތެކެވެ. ޖުމްލަ ހަތަރު ޓީމަކުން ވާދަކުރާ މި މުބާރާތުގެ މެޗުތައް ކުރިއަށްދާނީ މިއަދު ހަވީރާއި، މިރެ އެވެ.

ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ރަގަޅު ނަތީޖާ ހޯދާ ދެ ޓީމު ފައިނަލްގައި ވާދަކުރާ ގޮތަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވެފައިވަނީ ތުލުސްދޫއަށް ނިސްބަތްވާ ކަންމަތި ލޮޑީސް އާއި ދިއްފުށި އަދި ހިންމަފުށި ގެ އިތުރުން މާފުށި ކައުންސިލް ޓީމެވެ.

ޗެމްޕިއަން ޓީމަށް ފަސް ހާސް ރުފިޔާ އަދި ރަނަރަޕް ޓީމަށް ތިން ހާސް ރުފިޔާ ހުށަހަޅާފައިވާ މިޔަޓް ފެމިނާ ފުޓްސަލްގެ މެޗުތަކުގައި ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ 10 މިނެޓްގެ ދެ ހާފެވެ. މިއީ 2018 ވަނަ އަހަރުން ފެށިގެމް ބާއްވަމުން އަންނަ މިޔަޓް ސްޕޯޓްސް ފިއެސްޓާގައި އަންހެނުންގެ ފުޓްސަލް މުބާރާތް ކުރިއަށްދާ ތިން ވަނަ އަހަރެވެ.

މިޔަޓް ފުޓްސަލް ފިއެސްޓާގައި ހިމެނޭ އެންމެ ފޯރިގަދަ އެއް ހަރަކާތަކީ މިޔަޓް ފުޓްސަލް ފިއެސްޓާގެ ނަމުގައި ކުރިއަށްދާ ފިރިހެމުންގެ ފުޓްސަލް މުބާރާތެވެ. މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާ މި މުބާރާތުގައި މިހާރު ވަނީ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމި ސެމީ ފައިނަލަށް ޓީމުތައް ހޮވިފަ އެވެ.

https://fahuminet.com/tournaments/myat-femina-futsal

މިޔަޓް ފުޓްސަލް ފިއެސްޓާގައި ހިމެނޭ އެންމެ މުހިންމު އެއް ހަރަކާތްކަމަށްވާ މިޔަޓް ޔުނިޓީ ރަން އިއްޔެ ވަނީ ކުރިއަށްގެންގޮސްފަ އެވެ. މުޅި ކ. އަތޮޅަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި ދުވުމުގައި ގިނަ އަދަދެއްގެ ކުދިންނާއި، މީހުން ވަނީ ބައިވެރިވެފަ އެވެ.

މިޔަޓް ސްޕޯޓްސް ފިއެސްޓާގައި ހިމަނައިގެން މާދަމާ ރޭ ވެޓަރަންސް ފުޓްސަލް މެޗެއް ވެސް ކުޅޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މިޔަޓުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ހަ ވަނަ ސްޕޯޓްސް ފިއެސްޓާ މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެ އެވެ.

ކުލަގަދަ ރަސްމިއްޔާތަކާއެކު ފެށި މި ސްޕޯޓްސް ފިއެސްޓާ ގުޅުއްވައިދެއްވީ ފިޝަރީޒް މިނިސްޓާ އަހްމަދު ޝިޔާމެވެ.

 

  

ކޮމެންޓްސް

Matches
5
Ongoing
Upcoming
Predict
Settings