ފުރަތަމަ ސަފްޙާ / ޚަބަރު / ސެކްޓާ ލީގުގެ ގްރޫޕް ސްޓޭޖް ނިމި ގަދަ 16 ގެ މެޗުތައް ތަރުތީބުކޮށްފި
ސެކްޓާ ލީގުގެ ގްރޫޕް ސްޓޭޖް ނިމި ގަދަ 16 ގެ މެޗުތައް ތަރުތީބުކޮށްފި
ޗެމްޕިއަން އެރީނާ ހޮޓެލްސް އިން ރާއްޖެ އޮންލައިން ބަލިކުރި މެޗުގެ ތެރެއިން. ގަދަ 16 ގެ ޓީމުތައް ވަނީ ކަށަވަރުވެފަ. ފޮޓޯ: ކްލަބް މޯލްޑިވްސް

ސެކްޓާ ލީގުގެ ގްރޫޕް ސްޓޭޖް ނިމި ގަދަ 16 ގެ މެޗުތައް ތަރުތީބުކޮށްފި

ފަހުމިނެޓް
ފަހުމިނެޓް
1 ގަޑިއިރު ކުރިން 6 އޮގަސްޓް 2026

ކްލަބް މޯލްޑިވްސް ސީޒަނުގެ އެންމެ ފަހު މުބާރާތްކަމަށްވާ، ސެކްޓާ ލީގުގެ ގްރޫޕް ސްޓޭޖުގެ ކުޅުން ރޭ ނިމި ގަދަ 16 ގެ މެޗުތައް ތަރުތީބުކޮށްފި އެވެ. 

މިދިޔަ އަހަރު މުޅިން އަލަށް ފެށި ސެކްޓާ ލީގުގައި މިއަހަރު ވަނީ 20 ޓީމު ބައިވެރިވެފަ އެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްދިޔައީ ފަސް ގްރޫޕަކަށް ބަހާލައިގެންނެވެ. އަދި އެތަނުން 16 ޓީމު މިހާރު ވަނީ ކޮލިފައިވެފަ އެވެ. 

ސެކްޓާ ލީގުގައި ރޭ ކުޅުނީ ގްރޫޕް ޑީ އަދި ގްރޫޕް އީގެ ފަހު މެޗުތަކެވެ. 

ގްރޫޕް ޑީގައި މިދިޔަ އަހަރުގެ ޗެމްޕިއަން އެރީނާ އިން ރޭ ވަނީ 3-5 އިން ރާއްޖެ އޮންލައިން (އާރުއޯއެލް) ބަލިކޮށްފަ އެވެ. މި މެޗުގައި އެރީނާގެ ގޯލުތައް ކާމިޔާބުކޮށްދިނީ ހަސަން ނަހުވާޝް އާއި އިބްރާހީމް އަމީރުގެ އިތުރުން އަހުމަދު ހާފިޒް މުހައްމަދު އަދި އިސްމާއީލް ނަޒީހާއި ޒުލްކިފުލް ޒާހިރު އެވެ. ރާއްޖެ އޮންލައިންގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ނާސިފް ހުސައިން ޖެހިއިރު އަނެއް ގޯލު ޖެހީ އަހުމަދު މާދިހު އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އެރީނާގެ އިސްމާއީލް ޒަރީރު އެވެ. 

އެ ގްރޫޕުގެ އަނެއް މެޗުގައި ސިލްވާ ސޭންޑްސް އާއި ޔޫރޯ މާކެޓިން ވާދަކުރި މެޗު ނިމުނީ 2-2 އިން އެއްވަރުުވެގެންނެވެ. މެޗުގައި ސިލްވާ ސޭންޑްސްގެ ދެ ގޯލު ކާމިޔާބުކޮށްދިނީ ޝާމިލް އަބްދުއްރަޝީދު އާއި އަހުމަދު ރަފާހު އެވެ. ޔޫރޯގެ ދެ ގޯލު ޖެހީ އަލީ އިޒްވާން އާއި އިސްމާއީލް މަޚްތޫމް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސިލްވާ ސޭންޑްސްގެ ރަފާހު އެވެ. 

ގްރޫޕް ޑީގެ އެއް ވަނަ ހޯދީ 7 ޕޮއިންޓާ އެކު ސިލްވާ ސޭންޑްސް އެވެ. ދެ ވަނަ ލިބުނީ 6 ޕޮއިންޓާ އެކު އެރީނާ އަށެވެ. ރާއްޖެ އޮންލައިން އަށް 3 ޕޮއިންޓް ލިބުނުއިރު ޔޫރޯ ފުލަށް ދިޔައީ 1 ޕޮއިންޓާ އެކު އެވެ.

 

ކްލަބް މޯލްޑިވްސްގައި ރޭ ކުޅުނު މެޗެއްގެ ތެރެއިން. ގަދަ 16 ގެ މެޗުތައް ހުކުރު އަދި ހޮނިހިރުގައި ކުރިއަށްދާނެ. ފޮޓޯ: ކްލަބް މޯލްޑިވްސް
ކްލަބް މޯލްޑިވްސްގައި ރޭ ކުޅުނު މެޗެއްގެ ތެރެއިން. ގަދަ 16 ގެ މެޗުތައް ހުކުރު އަދި ހޮނިހިރުގައި ކުރިއަށްދާނެ. ފޮޓޯ: ކްލަބް މޯލްޑިވްސް

ފަހު ގްރޫޕް މެޗުތަކުގައި ރޭ އާރްއާރްސީ ވަނީ 1-3 އިން މީޑިއާނެޓް ބަލިކޮށްފަ އެވެ. މެޗުގައި އާރްއާރްސީގެ މުހައްމަދު އާހިލް ނަޒީރު ދެ ގޯލު ޖަހައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އެވެ. އަނެއް ގޯލު ޖެހީ އަބްދުﷲ ޒިޔާން އެވެ. މީޑިއާނެޓްގެ ހަމައެކަނި ގޯލު ޖެހީ މުހައްމަދު ޒައިދު އެވެ. 

ޓީމް ވިލާ އާއި މެޑްޓެކް ވާދަކުރި މެޗު 1-0 އިން ކާމިޔާބުކުރީ މެޑްޓެކް އެވެ. މެޗުގައި މެޑްޓެކްގެ ހަމައެކަނި ގޯލު އަލީ އިރުފާދު ޖެހިއިރު މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މެޑްޓެކްގެ ހައްފާފް ސިދުގީ އެވެ. 

ގްރޫޕް އީގެ އެއް ވަނަ ހޯދީ ހުރިހާ މެޗަކުން މޮޅުވެ 9 ޕޮއިންޓް ހޯދި އާރްއާރްސީ އެވެ. ދެ ވަނަ ލިބުނީ 6 ޕޮއިންޓާ އެކު މީޑިއާނެޓަށެވެ. މެޑްޓެކް ތިން ވަނަ އަށް ދިޔައީ 3 ޕޮއިންޓާ އެކު އެވެ. ފުލަށް ދިޔައީ ޕޮއިންޓެއް  ނުލިބުނު ޓީމް ވިލާ އެވެ. 

ގްރޫޕް ސްޓޭޖުގައި މުބާރާތުން ކެޓީ ބިއޯންޑް ރެކްރިއޭޝަނާއި، ކްލަބް އެޕޯލޯގެ އިތުރުން ހެޕީ މާކެޓް އަދި ޓީމް ވިލާ އެވެ. 

https://www.fahuminet.com/tournaments/sector-league-2026

ގަދަ 16 ގެ މެޗުތައް މިހާރު ތަރުތީބުކޮށްފައިވާއިރު މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ހުކުރު އަދި ހޮނިހިރު ދުވަހު އެވެ. ކުއާޓާ ފައިނަލް މެޗުތައް އޮގަސްޓް 10 ވަނަ ދުވަހަށް ތާވަލުކޮށްފައިވާއިރު ސެމީ ފައިނަލް ކުޅޭނީ އޮގަސްޓް 12 އަދި 13 ވަނަ ދުވަހު އެވެ. ސެކްޓާ ލީގުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 16 ވަނަ ދުވަހު އެވެ. 

ކޮމެންޓްސް

Matches
3
Ongoing
2
Upcoming
Predict
Settings