ފުރަތަމަ ސަފްޙާ / ޚަބަރު / އެންމެ ކާމިޔާބު އެއް ރަށުން، ފުޓްސަލްގެ ތާރީހީ ސޮފްހާއެއް ލިޔަން އެފްއޭއެމުން ފަށަނީ
އެންމެ ކާމިޔާބު އެއް ރަށުން، ފުޓްސަލްގެ ތާރީހީ ސޮފްހާއެއް ލިޔަން އެފްއޭއެމުން ފަށަނީ
މިދިޔަ ފިތުރު އީދުގައި އޭދަފުށީގައި ބޭއްވި ފުޓްސަލް ކަޕްގެ ޗެމްޕިއަން ޓްރޮފީއާއެކު ސައްޓު. އެފްއޭއެމް އަތޮޅު ފުޓްސަލް ޗެމްޕިއަންޝިޕް ފަށާނީ އޭދަފުށީގައި. ފޮޓޯ: އޭދަފުށި ކައުންސިލް

އެންމެ ކާމިޔާބު އެއް ރަށުން، ފުޓްސަލްގެ ތާރީހީ ސޮފްހާއެއް ލިޔަން އެފްއޭއެމުން ފަށަނީ

ފަހުމިނެޓް
ފަހުމިނެޓް
1 ގަޑިއިރު ކުރިން 6 އޮގަސްޓް 2026

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް މިއަދު ހަވީރު ބ. އޭދަފުށީގައި ފަށަން ތައްޔާރުވެއްޖެ އެވެ.

ރާއްޖޭގެ ނިސްބަތުން ފުޓްބޯޅައާއި، ފުޓްސަލްގައި އެންމެ ގިނަ ކާމިޔާބީތައް ހޯދާފައިވާ އަދި އެންމެ މަޝްހޫރު އެއް ރަށް ކަމަށްވާ އޭދަފުށީގައި އެފްއޭއެމާއި، ކްލަބް މޯލްޑިވްސް ގުޅިގެން އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕްގެ ނަމުގައި ކުރިއަށްގެންދަން މިއަދު ފަށާ މުބާރާތަކީ މުޅި ރާއްޖެ ޝާމިލްވާ ގޮތަށް ދިވެހި ޕްރިމިއާ ލީގު ކުރިއަށްގެންދިއުމަށްޓަކައި އެފްއޭއެމުން އެކުލަވާލި އަތޮޅު ފުޓްބޯޅައިގެ ފޯމެޓާ ދާދި އެއްގޮތަކަށް ކުރިއަށްގެންދަން ރާވާފައިވާ މުބާރާތެކެވެ.

މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ އަތޮޅަކުން މި މުބާރާތުގައި ބައިވެރިވެފައިވާއިރު މުބާރާތުގައި ބައިވެރިވެފައިވަނީ ޖުމްލަ 59 ރަށަކުންނެވެ. އަތޮޅުތަކުގެ ރަށްތަކުން މި މުބާރާތުގައި ޓީމުތައް ބައިވެރިވެފައިވާ ގޮތަށް ބަލާއިރު އެންމެ ގިނަ އަދަދަކަށް ޓީމުތައް ބައިވެރިވެފައިވަނީ ހދ. އަތޮޅާއި އަދި ބ. އަތޮޅުންނެވެ. މިއިން ކޮންމެ އަތޮޅަކުން ހަ ރަށް މުބާރާތުގައި ބައިވެރިވެފައިވާއިރު މި ދެ އަތޮޅުގެ މެޗުތައް ކުރިއަށްގެންދަން އެފްއޭއެމުން ރާވާފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.

އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފުރަތަމަ މުބާރާތަށް ނިސްބަތުން އެންމެ ބޮޑު ތަރުހީބެއް ލިބިފައިވަނީ މ އަތޮޅާއި ފ އަތޮޅުންނެވެ. ފ. އަތޮޅުގެ ހުރިހާ ރަށަކުން މި މުބާރާތުގައި ވާދަކުރާގޮތަށް ހަމަޖެހިފައިވާއިރު މ. އަތޮޅުގައި ހިމެނޭ އަށް ރަށުގެ ތެރެއިން ފަސް ރަށަކުން މި މުބާރާތުގައި ވަނީ ބައިވެރިވެފަ އެވެ.

އަތޮޅު ފުޓްސަލްގެ ފޯމެޓް އެކުލަވާލައިފައިވާ ގޮތުން މުބާރާތްތައް ކުރިއަށްގެންދަން ރާވާފައިވަނީ އަތޮޅުތައް ތިން ރީޖަނަކަށް ބަހާލައިގެންނެވެ.  ނޯތު، ސެންޓްރަލް އަދި ސައުތު ރީޖަނަށް އަތޮޅުތައް ބަހާލައިފައިވާއިރު ނޯތު ރީޖަންގައި ހިމެނެނީ ހއ، ހދ، ށ، ނ، ރ، ބ އަދި ޅ އަތޮޅެވެ. ސެންޓްރަލް ރީޖަން އއ އަތޮޅުން ފެށިގެން ދ އަތޮޅާ ހަމައަށް ދެމިގެންދާއިރު ސައުތު ރީޖަންގައި ހިމެނެނީ އެންމެ ދެކުނަށް އޮންނަ ހަ އަތޮޅެވެ. ގްރޭޓާ މާލެ ސަރަހައްދަކީ ވަކި ޒޯނެކެވެ. 

މުބާރާތުގެ ފޯމެޓް އޮތް ގޮތުން ކޮންމެ އަތޮޅެއްގެވެސް ޗެމްޕިއަން ޓީމާއި އަދި ރަނަރަޕް ޓީމު ވާދަކުރާނީ ދެ ޒޯނަކަށް ބަހާލައިގެން ކުޅޭ ރީޖަން ލީގު ކޮލިފިކޭޝަންގަ އެވެ. އެއަށްފަހު ކޮންމެ ޒޯނެއްގެ ލީގު ކޮލިފިކޭޝަންގެ ފައިނަލްގައި ވާދަކުރާ ދެ ޓީމު ދެން ވާދަކުރާނީ ރީޖަން ލީގުގަ އެވެ. އޭގެ ފަހުން ދެން ކުރިއަށްދާނީ މާލެ ހިމެނޭހެން ހަތަރު ރީޖަންގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ ފައިނަލް ބުރެވެ.

https://www.fahuminet.com/tournaments/fam-b-atoll-futsal-championship

މިއަދުން ފެށިގެން އަންނަ މަހުގެ 14 އާ ހަމައަށް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕްގެ މެޗުތައް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ އިރު މިއަދު ފަށާ ބ. އަތޮޅުގެ މުބާރާތް ހުޅުވާ މެޗުގައި ހަވީރު ބައްދަލުކުރާނީ އޭދަފުށްޓާއި ގޮއިދޫ އެވެ. މުބާރާތުގައި މިރޭވެސް މެޗެއް ކުޅޭ ގޮތަށް ހަމަޖެހިފައިވާއިރު އެ މެޗުގައި ވާދަކުރާނީ ތުޅާދޫ އާއި ފެހެންދޫ އެވެ.

އެފްއޭއެމް އިން އަންނަނީ އޭދަފުށީގައި އަތޮޅު ފުޓްސަލްގެ ކުޅުން ފެށުމަށް ތައްޔާރުވަމުންނެވެ. އޭދަފުއްޓަކީ ރާއްޖޭގެ ފުޓްސަލްގެ ޗެމްޕިއަންކަމުގެ އިތުރުން ރާއްޖޭގެ ފުޓްބޯޅައިގެ ޗެމްޕިއަންކަންވެސް ހޯދާފައިވާ ރަށެކެވެ. 

 

 

 

 

 

 

 

 

 

 

ކޮމެންޓްސް

Matches
3
Ongoing
2
Upcoming
Predict
Settings