ފުރަތަމަ ސަފްޙާ / ޚަބަރު / ސަޅި އިތުރު ހަރަކާތްތަކާއެކު މިޔަޓުން އެއްބައިވަންތަކަމުގެ ދުވުން މިއަދު ބާއްވަނީ
ސަޅި އިތުރު ހަރަކާތްތަކާއެކު މިޔަޓުން އެއްބައިވަންތަކަމުގެ ދުވުން މިއަދު ބާއްވަނީ
ކ. ތުލުސްދޫ. މިޔަޓުން ބާއްވާ އެއްބައިވަންތަކަމުގެ ދުވުން މިއަދު ހަވީރު އެރަށުގައި އޮންނާނެ

ސަޅި އިތުރު ހަރަކާތްތަކާއެކު މިޔަޓުން އެއްބައިވަންތަކަމުގެ ދުވުން މިއަދު ބާއްވަނީ

ފަހުމިނެޓް
ފަހުމިނެޓް
10 ގަޑިއިރު ކުރިން 6 އޮގަސްޓް 2026

މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން ކ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ "މިޔަޓް ސްޕޯޓްސް ފިއެސްޓާ 2026" ގެ ޔުނިޓީ ރަން މިއަދު ބާއްވަން ތައްޔާރުވެއްޖެ އެވެ. 

"މިޔަޓް ޔުނިޓީ ރަން 2026" ގެ ނަމުގައި މިޔަޓް ސްޕޯޓްސް ފިއެސްޓާއިން މި ރަން ބާއްވަނީ، އަތޮޅުގެ ރަށްތަކުގެ މެދުގައި އޮންނަ އެކުވެރިކަމާއި ބަދަހިކަން އިތުރުކުރުމަށާއި، ކ. ތުލުސްދޫ ރައްޔިތުންގެ މެދުގައި އޮތް ގުޅުން ބަދަހިކުރުމުގެ މަގުސަދުގައެވެ. 

މި ފިއެސްޓާގެ ތެރެއިން ބޭއްވުމަށް ހަމަޖެހިފައިވާ ހާއްސަ ދުވުން، "މިޔަޓް ޔުނިޓީ ރަން" ބާއްވަން އެންމެ ފުރަތަމަ ތާވަލުކުރީ 31 ޖުލައި 2026 ވީ ހުކުރު ދުވަހު އެވެ. އެކަމަކު ފަހުން އެ ހަރަކާތް ފަސްކުރީ މިއަދަށެވެ. 

މިޔަޓުން ތުލުސްތޫގައި މި ރަން ފަށާނީ މިއަދު ހަވީރު 4:15 ގައި ފުޓްބޯޅަ ދަނޑުންނެވެ. މި ރަންގައި އެއް ކިލޯމީޓަރު ދުވުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ބައިވެރިއަކަށް މެޑަލް ދޭގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި ރަށުގެ އެކި ޕޮއިންޓްތަކަށް ހުއްޓުވުމާއެކު ތަފާތު އެކި ހަރަކާތްތައް ކުރިއަށްގެންދާ ގޮތަށް ވަނީ ރާވާފަ އެވެ. 

މި ދުވުމަށް ހާއްސަކޮށްގެން ރީތި ޓީޝާޓެއް ފަރުމާކޮށްފައިވާއިރު، މި ޓީޝާޓްތައް ބައިވެރިންނަށް ވަރަށް ހެޔޮ އަގެއްގައި ލިބޭނެ އިންތިޒާމް މިޔަޓުން ހަމަޖެއްސި އެވެ. 

މިޔަޓް ރަން އަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، މިޔަޓް ސްޕޯޓްސް ފިއެސްޓާ މިހާރު ވަނީ ފަށައިފަ އެވެ. 

ސްޕޯޓްސް ފިއެސްޓާގައި ފުޓްސަލް ޗެލެންޖުގެ އިތުރުން އަންހެން ކުޅުންތެރިންނަށް ހާއްސަ މިޔަޓް ފެމީނާ ފުޓްސަލް ޗެލެންޖު ވެސް ހިމެނެ އެވެ. 

މިޔަޓް ސްޕޯޓްސް ފިއެސްޓާގައި މިއަހަރުވެސް ވާދަވެރި މުބާރާތްތަކެއް ކުރިއަށްދާނެ އެވެ. މިގޮތުން މިޔަޓް ފިރިހެން ފުޓްސަލް މުބާރާތާއި، މިޔަޓް ފުޓްސަލް ޗެލެންޖުގެ އިތުރުން، އަންހެން ކުޅުންތެރިންނަށް ހާއްސަކޮށްގެން ބާއްވާ މިޔަޓް ފެމީނާ ފުޓްސަލް ޗެލެންޖް ހިމެނެއެވެ. 

ފުރިހަމަ އިންތިޒާމުތަކާއެކު މިއަހަރުވެސް  ބާއްވަމުން އަންނަ މިޔަޓް ސްޕޯޓްސް ފިއެސްޓާ އަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. 

ކޮމެންޓްސް

Matches
3
Ongoing
2
Upcoming
Predict
Settings