ފުރަތަމަ ސަފްޙާ / ޚަބަރު / ތަފާތު ބޮޑު މޮޅަކާއެކު އެޕޮކަލިޕްސް ވޯމްއަޕް ކޮށްލީ އެކްސް ބޯއީޒް މެޗަށް
ތަފާތު ބޮޑު މޮޅަކާއެކު އެޕޮކަލިޕްސް ވޯމްއަޕް ކޮށްލީ އެކްސް ބޯއީޒް މެޗަށް
އެޕޮކަލިޕްސްގެ ދެ ޓީމު ވާދަކުރި މެޗުގެ ތެރެއިން. ގިނަ ގޯލުތަކެއް ޖަހައި އެޕޮކަލިޕްސް ސްޕޯޓްސް ކްލަބް ވަނީ ގްރޫޕްގެ އެއް ވަނަ އަށް އަރާފައި. ފޮޓޯ: މިޔަޓް

ތަފާތު ބޮޑު މޮޅަކާއެކު އެޕޮކަލިޕްސް ވޯމްއަޕް ކޮށްލީ އެކްސް ބޯއީޒް މެޗަށް

ފަހުމިނެޓް
ފަހުމިނެޓް
6 ގަޑިއިރު ކުރިން 5 އޮގަސްޓް 2026

މިހާރު ތުލުސްދޫގައި ކުރިއަށްދާ މިޔަޓް ފުޓްސަލް ފިއެސްޓާގެ ގްރޫޕް އޭގައި މިރޭ އެޕޮކަލިޕްސްގެ ދެ ޓީމު ވާދަކުރި މެޗު ބޮޑު ތަފާތަކުން ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނަ ހޯދާނެ ބަޔަކު ކަށަވަރުކުރަން މާދަމާ ރޭ ކުޅޭ މެޗަށް އެޕޮކަލިޕްސް ސްޕޯޓްސް ކްލަބް ތައްޔާރުވެއްޖެ އެވެ.

މިރޭ އެޕޮކަލިޕްސް އެފްސީގެ މައްޗަށް މުބާރާތުގެ ތަށި އެއްފަހަރު އުފުލާލައިފައިވާ އެޕޮކަލިޕްސް ސްޕޯޓްސް ކްލަބުން ކުރި ހޯދީ 4-14 އިންނެވެ. މި ނަތީޖާއާއެކު އެޕޮކަލިޕްސް އަށް، ކުޅުނު ތިން މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު ގްރޫޕް އޭގައި ވާދަކުރަމުން އަންނަ އެކްސް ބޯއީޒްއިން ވެސް ވަނީ މިހާތަނަށް މުބާރާތުގައި އެ ޓީމު ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް އެޕޮކަލިޕްސްއާ އެއްވަރަށް  ޕޮއިންޓް ހޯދައިފަ އެވެ.

ފަސް ޓީމު ވާދަކުރަމުން އަންނަ ގްރޫޕް އޭ އިން ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފައިވާ އެޕޮކަލިޕްސް ސްޕޯޓްސް ކްލަބާއި، އެކްސް ބޯއީޒްއަށް ވެސް އެއްވަރަކަށް ޕޮއިންޓް ލިބިފައި އޮތްއިރު މި ދެ ޓީމު ގްރޫޕް ސްޓޭޖުގައި ކުޅޭ އެންމެ ފަހު މެޗަށް މާދަމާ ރޭ އެއް ޓީމު އަނެއް ޓީމާ ދެކޮޅަށް ނުކުންނައިރު ގޯލްގެ ތަފާތުން މިވަގުތު ކުރީގައި އޮތީ އެޕޮކަލިޕްސް އެވެ.

މުބާރާތުގެ ގްރޫޕް ބީ އިން ސެމީގެ ޖާގަ ކަށަވަރުކޮށްފައިވާ ދެ ޓީމުގެ ތެރެއިން އެއް ވަނައިގައި ގްރޫޕް ސްޓޭޖު ނިންމާލި ކަންމަތި އެފްސީއާ ސެމީ ފައިނަލްގައި ކުރިމަތިލާން ނުޖެހި ސަލާމަތްވުމަށްޓަކައި ގްރޫޕްގެ އެއް ވަނަ ހޯދަން އެކްސް ބޯއީޒް އާއި އެޕޮކަލިޕްސް އިން މާދަމާ ރޭ މަސައްކަތްކުރާނެ ކަމަށް ބެލެވެ އެވެ.   

އެޕޮކަލިޕްސް ސްޕޯޓްސް ކްލަބުން ޖެހި 14 ލަނޑުގެ ތެރެއިން އެއް ލަނޑު އެޕޮކަލިޕްސް އެފްސީގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަންއިރު މި މެޗުގައި އެޕޮކަލިޕްސް ސްޕޯޓްސް ކްލަބަށް ކުޅެމުން އަންނަ ހުސައިން ޝަރީފް (އޮންލީ) އާއި އަހްމަދު އަފްލާޒްގެ އިތުރުން އަބްދުﷲ ޝައްފާން (ޝާކާ) ވަނީ ހެޓްރިކް ހަދައިފައެވެ. މި ކުޅުންތެރިންގެ އިތުރުން މިރޭ އެޕޮކަލިޕްސް ސްޕޯޓްސް ކްލަބަށް ގޯލްތައް ކާމިޔާބުކޮށްދީފައިވަނީ އިބްރާހިމް މުބީން (މުއްކި) ގެ އިތުރުން މިރޭގެ މެޗުގައި ދެ ގޯލް ޖެހި އަހްމަދު މަޒީން އެވެ.

މި މެޗުގައި އެޕޮކަލިޕްސް އެފްސީއަށް ގޯލްތައް ކާމިޔާބުކޮށްދިނީ މުހައްމަދު މިދުހަތާއި މުހައްމަދު ނިޝާހްގެ އިތުރުން އިބްރާހީމް ރަސްލާން އާއި އައިހަމް ސައީދެވެ.

ކަންމަތި ޓީމަށް ހަތަރު ގޯލު ކާމިޔާބުކޮށްދިން ބައްކު ބޯޅަ ހިފައިގެން. ފޮޓޯ: މިޔަޓް
ކަންމަތި ޓީމަށް ހަތަރު ގޯލު ކާމިޔާބުކޮށްދިން ބައްކު ބޯޅަ ހިފައިގެން. ފޮޓޯ: މިޔަޓް

މިރޭ ކުޅުނު ދެވަނަ މެޗުގައި ގްރޫޕް ބީގެ ކަންމަތި އެފްސީ އާއި ކަންމަތި ނިއު ޖެނެރޭޝަން ވާދަކުރި މެޗު 3-11 އިން ކާމިޔާބުކޮށްފައިވަނީ ކަންމަތި އެފްސީ އެވެ. މި ނަތީޖާއާއެކު މުބާރާތުގައި ކަންމަތި އެފްސީއިން ކުޅުނު ތިން މެޗުން ހޯދި ނުވަ ޕޮއިންޓާއެކު އެ ޓީމު އޮތީ ގްރޫޕް ބީގެ އެއްވަނައިގަ އެވެ.

ގްރޫޕް ބީގެ ފަހު މެޗުގައި މުބާރާތުގެ ޗެމްޕިއަންކަން މިހާތަނަށް ދެފަހަރު ހޯދާފައިވާ ކަންމަތި އެފްސީގެ އަހްމަދު ބައްސާމް އަހުމަދު ނައީމް (ބައްކު) ހަތަރު ގޯލް ކާމިޔާބުކޮށްފައިވާ އިރު އެ ޓީމުގެ އަހްމަދު ހަމީދުވެސް ވަނީ ހެޓްރިކެއް ހަދައިފަ އެވެ. މީގެ އިތުރުން ހުސައިން ސުހައިލް (ސޮކޭ) އާއި އަބްދުﷲ ޝާފިއު (ޝާއްޕެ) ވަނީ މިރޭގެ މެޗުގައި ދެ ގޯލް ކާމިޔާބުކޮށްފަ އެވެ.

https://fahuminet.com/tournaments/myat-futsal-fiesta-2026

މި މެޗުގައި ކަންމަތި ނިއު ޖެނެރޭޝަނުން ޖެހި ތިން ގޯލްގެ ތެރެއިން ދެ ގޯލް އަލީ އަރްޝަމް ކާމިޔާބުކުރި އިރު އަނެއް ގޯލް ކާމިޔާބުކޮށްދީފައިވަނީ އަހްމަދު ޝައްފާނެވެ. ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލުން ޖާގަ ހޯދައިފައިވަނީ ބްލެކް އީގަލްސް އެވެ.

 

 

ކޮމެންޓްސް

Matches
3
Ongoing
2
Upcoming
Predict
Settings